Roadha Mihaaru
އައިޔޫއެމްގައި އިސްލާމިކް ފައިނޭންސްގެ ލައިބްރަރީއެއް

އައިޔޫއެމްގައި އިސްލާމިކް ފައިނޭންސަށް ހާއްސަ ލައިބްރަރީއެއް ހުޅުވައިފި

23 ފެބުރުއަރީ 2017

އިސްލާމިކް ފައިނޭންސަށް ހާއްސަ ލައިބްރަރީއަކާއި އޮންލައިން ލައިބްރަރީއެއް އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގައި މިއަދު ހުޅުވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އިސްލާމިކް ފައިނޭންސަށް ހާއްސަ ލައިބްރަރީއަކާއި އޮންލައިން ލައިބްރަރީއެއް އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގައި މިއަދު ހުޅުވައިފި އެވެ.

އެ ޔުނިވާސިޓީގެ އެތެރޭގައި ހަދާފައިވާ ލައިބްރަރީގައި އިސްލާމީ އިގުތިސޯދާއި ބޭންކިން އަދި ފައިނޭންސާ ގުޅޭ ދާއިރާތަކުގެ 500 އަށް ވުރެ ގިނަ ފޮތ ބަހައްޓާފައިވެ އެވެ. އެއީ ބޭރުގެ އެކި ފަރާތްތަކުން ހަދިޔާކޮށްފައިވާ ފޮތްތަކެއް ކަމަށް އައިޔޫއެމް އިން ބުންޏެވެ.

އިސްލާމިކް ފައިނޭންސްގެ އޮންލައިން ލައިބްރަރީ ލޯންޗުކުރުމުގެ ރަސްމިއްޔާތު

އިސްލާމިކް ފައިނޭންސްގެ އޮންލައިން ލައިބްރަރީ ލޯންޗުކުރުމުގެ ރަސްމިއްޔާތު

އައިޔޫއެމުން އަލަށް ފެށި އިސްލާމިކް ފައިނޭންސްގެ ޑިޕްލޮމަ، ބެޗްލާސް އަދި މާސްޓާސް ކޯސްތަކަށް ބޭނުންވާ ޓެކްސްޓް ފޮތްތަކާއި އިތުރު ޕަބްލިކޭޝަންްތައް ވެސް ލައިބްރަރީގައި ހުންނާނެ ކަމަށް ޔުނިވަސިޓީގެ ޗާންސެލާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވި އެވެ.

އޮންލައިން ލައިބްރަރީ ލޯންޗުކޮށްދެއްވުމަށް ފަހު ވާހަކަދައްކަވަމުން ޝަހީމް ވިދާޅުވީ އެ އިން އެއްފަހަރާ 20 މީހުންނަށް ބޭނުންކުރެވޭނެ ކަމަށެވެ. އަދި އެއީ އިސްލާމީ އިގުތިސޯދާއި ފައިނޭންސާ ގުޅޭ އެންމެ ގިނަ ފޮތްތައް ހުރި މަރުކަޒުކަން އޭނާ ފާހަގަކުރެއްވި އެވެ.

އަގު ދީގެން އެ އޮންލައިން ޚިދުމަތް ހޯދަނީ އިންޓަނޭޝަނަލް ސެންޓާ ފޯ އެޑިއުކޭޝަން އިން އިސްލާމިކް ފައިނޭންސް (އިިންސެފް) މެދުވެރިކޮށެވެ.