23 ސެޕްޓެމްބަރ 2017
ސައުތު އޭޝިއާގައި އިގްތިސޯދީ ގޮތުން އެންމެ ބާރަށް ކުރިއަރަމުން އަންނަ ގައުމުގެ ގޮތުގައި ރާއްޖޭން މިސާލު ދައްކަމުން އަންނަ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ސައުތު އޭޝިއާގައި އިގްތިސޯދީ ގޮތުން އެންމެ ބާރަށް ކުރިއަރަމުން އަންނަ ގައުމުގެ ގޮތުގައި ރާއްޖޭން މިސާލު ދައްކަމުން އަންނަ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް އިސްލާމިކް ޔުނިވަސިޓީ (އައިޔޫއެމް) އިން އިންތިޒާމުކޮށްގެން، މިއަދު އެތަނުގައި ފެށި އިސްލާމިކް ފައިނޭންސް އަދި ލީޑާޝިޕާއި މެނޭޖްމެންޓުގެ ބައިނަލްއަގްވާމީ ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ އިލްމުގެ ކުރީ ސަފު ހޯދަން ބޮޑު ގައުމަކަށް ވާން ނުޖެހޭ ކަމަށާއި އިގްތިސޯދީ ގޮތުން ރާއްޖޭން އޭގެ މިސާލު ދައްކަމުން އަންނަ ކަމަށެވެ.
އޭނާ ވަނީ މުސްލިމް ގައުމެއްގެ ގޮތުގައި ރާއްޖެ އޮންނައިރު، އާ އީޖާދާއި އިސްލާމިކް ފައިނޭންސްގެ ދައުރު ފުޅާކުރުމަށް މަސައްކަތް ކުރަން ޖެހޭކަން ފާހަގަ ކުރައްވާފަ އެވެ. އަދި އިގްތިސޯދީ ގޮތުން ރާއްޖެ އަށް މިހާ ބޮޑު ކުރިއެރުންތަކެއް ލިބެނީ ރައީސް އަބްދުﷲ ޔާމީންގެ ވިޒަނަރީ އާއި ސިޔާސަތުތައް ތަންފީޒު ކުރުމުގައި ޕްރައިވެޓް ސެކްޓާ އާއި ފައިނޭންޝަލް ސެކްޓާ ހިމަނުއްވާތީ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އައިޔޫއެމް އިން ނެރޭ ރިސާޗް މައުލޫމާތު ހިމެނޭ މަޖައްލާ، އަލް މަންހަޖު މިނިސްޓަރު ސައީދު ނެރެދެއްވަނީ-- މިހާރު ފޮޓޯ/ ހުސެން ވަހީދު
ސައީދު ވިދާޅުވީ މި ދާއިރާއިން އިލްމީ ދިރާސާތައް ކުރައްވާ ބޭފުޅުން، މިހާ އޮއިބާރު ގަދަ ކަނޑުތަކުގައި، އަދި ބަވަނަވެފައިވާ ދުނިޔެއެއްގައި ފައިތިލަ ސާބިތުކޮށްގެން، ހުވަފެންތައް ހާސިލް ކުރުމަށް މަސައްކަތް ކޮށްފިނަމަ އެކަން ކާމިޔާބު ވާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މި ފަދަ ކޮންފަރެންސްތަކުން ތިލަކުރާ ދިރާސާ ކަރުދާސްތަކަކީ، ތަރައްގީގެ މަސައްކަތްތަކަށް ވަރަށް މުހިއްމު އެއްޗެއް ކަމަށެވެ. އަދި އެ އިލްމާއި މައުލޫމާތު، ތަރައްގީގެ މަސައްކަތްތައް ކުރާއިރު ލިބޭ ނަމަ، ހުވަފެންތައް ކާމިޔާބު ކުރުމުގެ ފުރުސަތު ފަހިވެގެން ދާނެ ކަމަށް ވިދާޅުވި އެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ދާ މި ކޮންފަރެންސްގައި ރާއްޖޭގެ އިލްމުވެރިންގެ އިތުރުން، ތުރުކީ އާއި އިނގިރޭސި ވިލާތާއި މެލޭޝިޔާ އާއި ޖަޕާނާއި ޖޯޑަން އަދި މިސްރާއި ފަލަސްތީނުން ކަރުދާސް ހުށަހަޅާފައި ވެ އެވެ.
ކޮންފަރެންސްގެ ބައެއް ބައިވެރިން: ރާއްޖޭގެ އިތުރުން ހަތް ގައުމަކުން ކޮންފަރެންސަށް ކަރުދާސް ހުށަހަޅާފައިވޭ-- މިހާރު ފޮޓޯ/ ހުސެން ވަހީދު
ކޮންފަރެންސް ތައާރަފްކޮށްދެއްވަމުން، އިސްލާމިކް ޔުނިވަސިޓީގެ ޗާންސެލަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ 300 މީހުން ބައިވެރިވާ މި ކޮންފަރެންސްގައި މެނޭޖްމެންޓާއި ލީޑާޝިޕް އަދި އާ އީޖާދުގެ ތެރެއިން އިިސްލާމީ މާލީ ސަނާއަތުގެ ސާބިތުކަމާއި ދެމެހެއްޓެނިވި ތަރައްގީއާ ގުޅޭގޮތުން މަޝްވަރާކުރާނެ އެވެ.
ޝަހީމް ވިދާޅުވީ އިސްލާމީ މާލީ ނިޒާމަށް ހުރި އިދާރީ ގޮންޖެހުންތައް އިލްމީ ގޮތުން ދިރާސާކޮށް، ހައްލު ހޯދަން ޖެހޭ ކަމަށެވެ. އަދި ކޮންފަރެންސްގައި މަޝްވަރާ ކުރާ މި މައުލޫއަށް، މުސްލިމް އަދި ޣައިރު މުސްލިމުން ގިނަ ކަރުދާސްތަކެއް ހުށަހަޅާފައިވާކަން އޭނާ ފާހަގަ ކުރެއްވި އެވެ.
ޝަހީމް ވިދާޅުވީ ބޭންކިންގެ އިތުރުން ހައްޖު މެނޭޖްމެންޓާއި ޒަކާތު މެނޭޖްމެންޓާއި މާލިއްޔަތާ ގުޅުން ހުރި ތަފާތު ދާއިރާތަކުން، ޝަރީއާގެ އަލީގައި އިދާރީ އަދި މާލީ އީޖާދުތަކަށް ދިޔުމަށް މި ޒަމާނުގައި މަސައްކަތްކުރަން ޖެހޭ ކަމަށެވެ.
މިއަދުގެ ރަސްމިއްޔާތުގައި ޗާންސެލަރު ޝަހީމް ވާހަކަ ދައްކަވަނީ-- މިހާރު ފޮޓޯ/ ހުސެން ވަހީދު
މި ރަސްމިއްޔާތުގައި ވަނީ އެކި ދާއިރާތަކުން އިލްމީ ދިރާސާތައް ޝާއިއުކޮށްގެން އެތަނުން ތައްޔާރުކޮށްފައިވާ ބައިނަލްއަގްވާމީ މަޖައްލާ، އަލް މަންހަޖު މިއަދު ނެރެފަ އެވެ.
އައިޔޫއެމްގެ ރިސާޗް އެންޑް ޕަބްލިކޭޭޝަންގެ ޑީން ޑރ. ދީބާ މޫސާ ކުރިން ވިދާޅުވެފައިވާ ގޮތުގައި މިފަދަ ފޯރަމްތައް ބޭއްވުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ދިރާސާ ކުރުމަކީ ކޮބައިކަން އަންގައިދިނުމާއި އެކަމާ ގުޅޭ މަޝްވަރާތައް ކުރުމެވެ.
އައިޔޫއެމް އިން މިދިޔަ އަހަރު ވެސް މި ފަދަ ކޮންފަރެންސެއް ބާއްވާފައިވާ އިރު، އަންނަ އަހަރު ވެސް ހަމަ މި ފަދަ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ނިންމާފަ އެވެ.
އިބޫގެ ވެރިކަމެއްގައި ޑޮލަރުގެ އަގު މައްޗަށް ދާނެ
ފްރީޓްރޭޑަށް ރާއްޖޭގެ ދައުވަތު ޔޫއެސް، ޔޫކޭ، ޖަޕާނަށް
"ޑިޖިޓަލް އިގުތިސާދެއް އުފެއްދުމަކީ މުހިއްމު ވައުދެއް"
"ބަންކަރިންއަށް 20 މިލިއަން ޑޮލަރު އިންވެސްޓްކުރި"
"ރާއްޖޭގައި 400 އޮންލައިން ވިޔަފާރިވެރިން އެބަތިބި"
އުޅުނީ ގަސްތުގައި މާލީ ނިޒާމް އިނދަޖައްސާލަން: ސައީދު
ބީއެމްއެލް އިން ނިންމީ މަޝްވަރާއާ ޚިލާފަށް: ސަރުކާރު
އިންޑިއާގެ ޔޫޕީއައި ރާއްޖެއަށް ތައާރަފުކުރަނީ
ޑިވެލޮޕްމަންޓް ބޭންކު އުފެއްދުމުގެ ލައިސަންސަށް އެދިއްޖެ
ޑިވެލޮޕްމެންޓް ބޭންކް ޖުލައި މަހު ހުޅުވަނީ