Roadha Mihaaru
ސައި ގަޑީގައި ދުރުވާން ޖެހޭ ބައެއް ކާނާ

ސައި ގަޑީގައި ދުރުވާން ޖެހޭ ބައެއް ކާނާ

26 ޖޫން 2024

ސަޔަކީ ކޮންމެ ގަޑިއަކަށް ވެސް ކަމުދާ ބުއިމެކެވެ. ސައިތައްޓެއް އެކަނި ބުއިމުގެ ބަދަލުގައި އެއާ އެކު އިތުރު ބިސްކޯދެއް ކަހަލަ ލުއި އެއްޗެއް ކާން ބައެއް މީހުން ހިޔާރުކުރެ އެވެ. އެކަމަކު، ސަޔާ އެކު އެއްޗެއް ކާ ނަމަ، އަހަރެމެން ވިސްނާލަން ޖެހޭ ބައެއް ކަންކަން އެބަހުއްޓެވެ. ސަޔާ އެކު ކެއުން ރަނގަޅު ނޫން ބައެއް އެއްޗެހި އެބަހުއްޓެވެ.

ހަފީޒާ އަހުމަދު ހަފީޒާ އަހުމަދު

ސަޔަކީ ކޮންމެ ގަޑިއަކަށް ވެސް ކަމުދާ ބުއިމެކެވެ. ސައިތައްޓެއް އެކަނި ބުއިމުގެ ބަދަލުގައި އެއާ އެކު އިތުރު ބިސްކޯދެއް ކަހަލަ ލުއި އެއްޗެއް ކާން ބައެއް މީހުން ހިޔާރުކުރެ އެވެ. އެކަމަކު، ސަޔާ އެކު އެއްޗެއް ކާ ނަމަ، އަހަރެމެން ވިސްނާލަން ޖެހޭ ބައެއް ކަންކަން އެބަހުއްޓެވެ. ސަޔާ އެކު ކެއުން ރަނގަޅު ނޫން ބައެއް އެއްޗެހި އެބަހުއްޓެވެ.

ސިޓްރަސް ފުރުޓްސް (ހުތް އެއްޗިހި)

ސަޔާ އެކު ލުނބޯ ބޭނުންކުރުމަކީ ފައިދާ ހުރި ކަމަކަށް ވިޔަސް، ގިނަ އަދަދަކަށް ހުތް ގަދަ މޭވާ ބޭނުންކުރުމުން ހަޖަމުކުރުމުގެ މައްސަލަތައް ކުރިމަތިވެ އެވެ.

ދަގަނޑުގެ މާއްދާ ގިނައިން ހުންނަ ކާނާ

ސްޕިނެޗް، ރެޑް މީޓް އަދި ލެގިއުމްސް ކަހަލަ ކާނާ އަކީ ހަށިގަނޑަށް ކޮންމެހެން ބޭނުންވާ ދަގަނޑުގެ މާއްދާތައް ގިނައިން އެކުލެވޭ އެއްޗެއްސެވެ. ނަމަވެސް ސައިގައި އެކުލެވޭ ޓޭނިންސް އާއި އޮކްސެލެޓްސް ކަހަލަ މާއްދާތަކުން ދަގަނޑުގެ ބައި ދަށްކޮށްލަ އެވެ. އެހެންވެ، ދަގަނޑުގެ މާއްދާ އެކުލެވޭ ކާނާ ކާއިރު، އެއާ އެކު ސައި ބުއިން ރަނގަޅެއް ނޫނެވެ.

ކުޅި ކާނާ

ސަޔާ އެކު ކުޅި އެއްޗިހި ކެއުމުން ގޭހުގެ މައްސަލަތައް ކުރިމަތިވެ އެވެ. އަދި ސައިގައި ހިމެނޭ ޓޭނިންސް މާއްދާއިން ގޭސްވެ، ހަޖަމުކުރަން އުނދަގޫވެ އަދި މޭ އަންދާގޮތްވެ އެވެ.

ކެލްޝިއަމް ގިނައިން ހުންނަ ކާނާ

ވަކި ކަހަލަ ފަތްތަކުގައި (ކެލޭ، ކޮލާޑް ގްރީންސް) ހުންނަ ކާނާ އިން ކެޓެޗިންސް އެބްޒޯބްވުމަށް ހުރަސް އެޅެ އެވެ. މި ކަހަލަ އެންޓިއޮކްސިޑެންޓްތަކާއި ކެލްޝިއަމް އެކުވެގެން ސައިގައި ހުންނަ ސިއްހީ ފައިދާތައް ކުޑަކޮށްލަ އެވެ.

ޕްރޮސެސްޑް ފުޑް

ޕްރޮސެސްޑް ފުޑް ނުވަތަ އުފައްދާ ކާނާގެ ތެރެއިން ހަކުރު ގިނައިން ހުންނަ ކާނާގެ ސަބަބުން ގްލައިސެމިކް ލޯޑު މަތިވެ، ލޭގައި ހުންނަ ހަކުރުގެ މިންވަރު އިތުރުވެ އެވެ. މީގެ އިތުރުން ހަކުރު މާ ގިނައިން ބޭނުންކުރުމުގެ ސަބަބުން މެޓަބޮލިކް ސިންޑްރޯމް އާއި ފަލަވުމުގެ ފުރުސަތު ބޮޑުވެ އެވެ.

ފިނިކޮށްފައި ހުންނަ ކާއެއްޗިހި

ފިނިކޮށްފައި ހުންނަ ކާ އެއްޗިއްސާއި ސައި އެއް ނުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ސަބަބަކަށް ވަނީ ފިނިހޫނުމިނުގެ މިންވަރު ތަފާތުވުމުގެ ސަބަބުން ހަޖަމުކުރުމަށް ހުރަސް އެޅިދާނެތީ އެވެ. އަދި މޭ ނުބައި ކުރުން ކަހަލަ ކަންކަން ކުރިމަތި ވެދާނެތީ އެވެ. މި ސަބަބަށްޓަކައި ހޫނު ސައިތައްޓެއް ބުއިމަށް ފަހު ފިނި އެއްޗެއް ކެއިންބުމާއި ދެމެދުގައި މަދުވެގެން 30 މިނެޓުގެ ވަގުތުކޮޅެއް ދިނުން ރަނގަޅެވެ.