Roadha Mihaaru
ކުރެދިވަރު ރިސޯޓުން "ވެލްނެސް" ޗުއްޓީއެއް!

ކުރެދިވަރު ރިސޯޓުން "ވެލްނެސް" ޗުއްޓީއެއްގެ ފުރުސަތު

12 ފެބުރުއަރީ 2022

ނ. އަތޮޅުގައި އޮންނަ ކުރެދިވަރު މޯލްޑިވްސް ރިސޯޓުގައި ހަފްތާއަކު ހުރެގެން "ވެލްނެސް ހޮލިޑޭ"އެއް ހަދައިލެވޭނެ ހާއްސަ ޕެކޭޖެއް ތައާރަފްކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ނ. އަތޮޅުގައި އޮންނަ ކުރެދިވަރު މޯލްޑިވްސް ރިސޯޓުގައި ހަފްތާއަކު ހުރެގެން "ވެލްނެސް ހޮލިޑޭ"އެއް ހަދައިލެވޭނެ ހާއްސަ ޕެކޭޖެއް ތައާރަފްކޮށްފި އެވެ.

އެއީ، ސިއްހީ ގޮތުން ދުޅަހެޔޮކޮށް ހުންނަން ބޭނުންވާ މީހުންނަށާއި ބަރުދަން ލުއިކޮށްލުމަށް ބޭނުންވާ މީހުންނަށް އަމާޒުކުރާ ވެލްނެސް ޕްރޮގްރާމެކެވެ. ފަސް ތަރީގެ މި ރިސޯޓުން ހިންގާ "ގޯ ފިޓް އެންޑް ހެލްދީ" ޕްރޮގްރާމުގެ ދަށުން ވޯޓާ ވިލާ އާއި ބީޗް ވިލާތަކުގައި ވެސް ތިބެވޭނެ އެވެ.

އެ ރިސޯޓުގެ ލައިފްސްޓައިލް ޓީމުން ތައާރަފްކޮށްފައިވާ މި ޕްރޮގްރާމުގެ ދަށުން ސްޕާގެ ހިދުމަތާއި ކަސްރަތު ކުރުމާއި އެކްޓިވް ގިނަ ހަރަކާތްތަކެއް ކޮންމެ ދުވަހަކަށް ވެސް ރޭވިފައިވެ އެވެ.

މި ޗުއްޓީއަށް އަންނަ ޓޫރިސްޓުންގެ ސިއްހީކަންކަން އެނަލައިޒްކޮށް އެ މީހަކަށް އެންމެ ރަނގަޅުވާނެ ގޮތަށް ޑައިޓް ޕްލޭންތަކާއި ޑިޝްތައް ވެސް ތައްޔާރު ކުރާނެ އެވެ. އަދި ކަސްރަތު ކުރުމަށް އެހީވުމަށް ޕާސަނަލް ޓްރެއިނާ އަކާއި އެމީހެއްގެ ޓާގެޓަށް ދިއުމަަށްޓަކާއި ކުރަން ޖެހޭނެ ކަންކަން ކިޔާދޭނެ ކޯޗުން ތިބޭނެ އެވެ.

މި ކަންކަމުގެ އިތުރުން ވޯޓާ ސްޕޯޓްސް ކުޅިވަރާއި ސްނޯކްލިން އާއި އެނޫން އެކްޓިވް ހަރަކާތްތައް ރޭވިފައިވާނެ އެވެ.

ވެލްނެސް ޕެކޭޖުގައި ހިމެނޭ ކަންކަން

- 6 ސްޕާ ޓްރީޓްމެންޓް

- 6 ފިޓްނަސް ސެޝަން

- ބޭނުން އިރަކު ބައިވެރިވެވޭ ގްރޫޕް ފިޓްނަސް ކްލާސްތައް

- ޑައިޓް ޕްލޭނެއް

- ސިއްހަތަށް ރަނގަޅު ބުއިންތައް

ހަފްތާއަކަށް ދެމިގެންދާ މި ޕްލޭންގެ އަގަކީ 1،355 ޑޮލަރެވެ. އަދި އަންނަ އޭޕްރީލްގެ ކުރިން ބުކިން ހައްދައިފި ނަމަ 999 ޑޮލަރަށް މި ޕްލޭންގެ ދަށުން އެ ރިސޯޓުގައި ޗުއްޓީ ހޭދަކުރެވޭނެ އެވެ.