23 ފެބުރުއަރީ 2017
މޯލްޑިވިސް ފިލްމް އެސިސިއޭޝަން (އެމްއެފްއޭ) ގެ ބޯޑާ ގުޅިގެން، ފިލްމީ ދާއިރާ ކުރިއަރުވައި ތަރައްގީކޮށް، އެހީތެރިކަން ފޯރުކޮށް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ތިން މެމްބަރަކު ހިމެނޭ ކޮމިޓީއެއް އެމްއެފްއޭ އިން އެކުލަވާލައިފި އެވެ.
މޯލްޑިވިސް ފިލްމް އެސިސިއޭޝަން (އެމްއެފްއޭ) ގެ ބޯޑާ ގުޅިގެން، ފިލްމީ ދާއިރާ ކުރިއަރުވައި ތަރައްގީކޮށް، އެހީތެރިކަން ފޯރުކޮށް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ތިން މެމްބަރަކު ހިމެނޭ ކޮމިޓީއެއް އެމްއެފްއޭ އިން އެކުލަވާލައިފި އެވެ.
އެމްއެފްއޭގެ ވައިސް ޗެއާޕަސަންގެ މަގާމުގައި ހުންނެވި ޔޫތު މިނިސްޓްރީގެ އެކްޒެކެޓިވް އަބްދުﷲ މުއާޒް (މުއާ) މިއަދު ވިދާޅުވީ ތިން މެމްބަރުން ހިމެނޭ އެ ކޮމިޓީއަކީ، އެސޯސިއޭޝަންގެ ބޯޑްގައި މަޝްވަރާ ކުރުމަށް ފަހު، ހުރިހާ މެމްބަރުންގެ އިއްތިފާގުން އައްޔަން ކުރި ކޮމިޓީއެއް ކަމަށެވެ.
ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ތިން މެމްބަރުންނަކީ ޕީޕީއެމްގެ ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލާއި ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު މުބީނެވެ.
މުއާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ރައީސްގެ މަގާމުގައި ހުންނެވި އެމްއެފްއޭ އަށް، ވަރަށް ގިނަ ގޮތްގޮތުން އެހީތެރިކަން ފޯރުކޮށް ދެއްވަން އެ ތިން މެމްބަރުން ބޭނުންފުޅުވެވަޑައި ގަންނަވާ ކަމަށެވެ.
އިލްހާމް: ކުރިން މުނިފޫހި ފިލުވުމުގެ ދާއިރާގައި މަަސައްކަތް ކުރެއްވި.
"އެ ބޭފުޅުން ތިއްބެވީ ފިލްމީ ދާއިރާ ކުރިއަރުވަން އަޅުގަނޑުމެން ކުރާ މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ކޮންމެ ކަމެއްގައި އެއްބާރުލުން ދެއްވައި، އެހީތެރިވެވަޑައިގަންނަވަން ތައްޔާރަށް. އަދި ތިން ބޭފުޅުންނަކީ މި ދާއިރާ އަށް ވަަރަށް ބޮޑަށް ޝައުގުވެރިކަން ހުންނެވި ތިން ބޭފުޅުން،" މުއާ ވިދާޅުވި އެވެ. "އެހެންވީމާ އެ ބޭފުޅުންނާ އެކު ކުރިއަށް އޮތް ތަނުގައި ރަނގަޅު މަސައްކަތްތަކެއް ކުރެވޭ ތަން ފެނިގެން ދާނެ."
އޭނާ ވިދާޅުވީ އުންމީދަކީ ފިލްމީ ދާއިރާ ކުރިއަރުވަން ކުރާ މަސައްކަތްތަށް ސަރުކާރުގެ ތެރެއިން ވެސް އެ މެމްބަރުން މަދުވެރިގެން އެހީތެރިކަން ލިބުން ކަމަށެވެ.
"އެހެންވީމަ އަޅުގަނޑުމެން ގަބޫލު ކުރަނީ އެ މަސައްކަތް ވަރަށް ރަނގަޅަށް ކުރިއަށް ދާނެ ކަމަށް،" މުއާ ވިދާޅުވި އެވެ. "އަންނަ އާދީއްތަ ދުވަހު އެ ބޭފުޅުންނާ އެކު އަޅުގަނޑުމެންގެ މަސައްކަތްތައް ރޭވިފައި ހުރިހާ ގޮތާ ގުޅޭ ގޮތުން މައުލޫމާތު ދޭން ޕްރެސްއެއް ވެސް ބާއްވާނަން."
މުބީން: އެމްއެފްއޭ އިން އެކުލަވާލި ކޮމިޓީގައި ހިމެނިވަޑައިގަންނަވާ.
އޭނާ ވިދާޅުވީ މިހާރު ތިން މެމްބަރުންގެ ކޮމިޓީއެއް އެކުލަވައިލި ނަމަވެސް، ކޮމިޓީގެ މެމްބަރުންގެ އަދަދު ފަހަކަށް އިތުރު ކުރުމަށް ވެސް މަޝްވަރާތަކެއް ކުރަމުން އަންނަ ކަމަށެވެ.
"މިއީ އެއްގޮތަކަށް ވެސް އެމްއެފްއޭގެ ތެރެއަށް ސިޔާސީ ނުފޫޒު ވައްދަން ކުރާ ކަމެއް ނޫން. އަދި މިއީ އެސޯސިއޭޝަންގެ ތެރެއިން ސިޔާސީ ހަރަކާތްތަކެއް ހިންގަން ކުރާ ކަމެއް ވެސް ނޫން،" މުއާ ވިދާޅުވި އެވެ.
"ކޮންމެހެން ސިޔާސީ މީހުންގެ ބައިވެރިވުމެއް ނޫންކަން ނޭނގޭ އިޝޫއަކީ. ބޭނުން ވަނީ ކަންކަން ކުރެވޭނެ ގޮތް ހެދުން. ފިލްމީ ދާއިރާ ކުރިއެރުވުމުގައި އެހީތެރިކަން ފޯރުކޮށް ދޭނެ ބަޔަކު ތިބުން މުހިއްމީ. އެ މަސައްކަޔް ކުރަން އަޅުގަނޑުމެން މި އުޅެނީ."
މެމްބަރު މުހައްމަދު އިސްމާއީލް: އެމްއެފްއޭ އިން އެކުލަވާލި ކޮމިޓީގެ މެމްބަރެއް.
ހަތް މެމްބަރުން ހިމެނޭ އެމްއެފްއޭގެ މެމްބަރުންގެ ގޮތުގައި މުހައްމާ އާއި މުއާއާ އެކު ދެން ތިބެނީ ޕްރޮޑިއުސަރު ހުސައިން ނޫރައްދީން (ނޫރު) އާއި އެކްޓަރު މުހައްމަދު މަނިކާއި ނެށުންތެރިޔާ ޖާދުﷲ އިސްމާއީލް (ޖާދު) އާއި އެކްޓަރު އަބްދުﷲ މާހިރު (މައްޓޭ) ގެ އިތުރުން އެކްޓަރު އިބްރާހީމް ރިޔާޒެވެ.
ފިލްމު އެސޯސިއޭޝަންގެ ޗެއާއަކަށް މުއާ
"އިންދިރާސް" އަލުން ހަދަން ނިންމައިފި
އެމްއެފްއޭގެ ޗެއާއަކަށް ވާދަކުރަނީ ސީޒަނާއި މާސްކޭ
އެމްއެފްއޭގެ ވައިސް ޗެއާއަކަށް މުއާ
ނަހުލާ އާއި މުއާ، އެމްއެފްއޭގެ މަގާމަށް ވާދަކުރަނީ
ފިލްމު އެސޯސިއޭޝަންގެ ބައި-އިލެކްޝަން އަންނަ މަހު
ފިލްމު އެސޯސިއޭޝަން ނުހިނގާތީ ޕެޓިޝަނެއް ހުށަހަޅައިފި
އެމްއެފްއޭ އިން މާދަމާ މަހަށް؛ ފައިސާ ފަލަސްތީނަށް
ސެޕްޓެމްބަރު މަހު އޮލިމްޕަސް ހުޅުވޭތޯ މަސައްކަތް ކުރަނީ
ޔާރާ ފެމިލީގެ ހުރިހާ ތަރިން އެކީގައި ސީރީޒަކަށް!