07 ޑިސެމްބަރ 2016
މޯލްޑިވްސް ފިލްމު އެސޯސިއޭޝަން (އެމްއެފްއޭ) ގެ ހުސްވެފައިވާ ވައިސް ޗެއާޕާސަންގެ މަގާމަށް ޑައިރެކްޓަރު/ޕްރޮޑިއުސަރު ފާތުމަތު ނަހުލާ އާއި ޔޫތު މިނިސްޓްރީގެ އެގްޒެކެޓިކް ކޯޑިނޭޓަރު އަދި އެކްޓަރު އަބްދުﷲ މުއާޒް (މުއާ) ކުރިމަތިލައިފި އެވެ.
މޯލްޑިވްސް ފިލްމު އެސޯސިއޭޝަން (އެމްއެފްއޭ) ގެ ހުސްވެފައިވާ ވައިސް ޗެއާޕާސަންގެ މަގާމަށް ޑައިރެކްޓަރު/ޕްރޮޑިއުސަރު ފާތުމަތު ނަހުލާ އާއި ޔޫތު މިނިސްޓްރީގެ އެގްޒެކެޓިކް ކޯޑިނޭޓަރު އަދި އެކްޓަރު އަބްދުﷲ މުއާޒް (މުއާ) ކުރިމަތިލައިފި އެވެ.
އެމްއެފްއޭގެ ތިން މަގާމެއް ހުސްވުމުން، ބައި-އިލެކްޝަނެއް ބާއްވަން ނިންމައި، އެ ތިން މަގާމަށް ކުރިމަތިލާން ހުޅުވާލީ މިދިޔަ މަހު އެވެ. އިންތިހާބު ބާއްވަނީ ވައިސް ޗެއާޕާސަންގެ މަގާމުގެ އިތުރުން ސެކްރެޓަރީ ޖެނެރަލް އާއި ހަޒާންދާރުގެ މަގާމަށް މީހުން ހޮވާށެވެ.
ހަޒާންދާރާއި އެސްޖީގެ މަގާމަށް އެންމެ މީހަކު ކުރިމަތިލުމުން، އިންތިހާބަކާ ނުލައި އެ މީހުން ވަނީ ހޮވިފަ އެވެ. އެގޮތުން އެސްޖީއަކަށް ހޮވުނީ ޕްރޮޑިއުސަރު/އެކްޓަރު ހުސައިން ނޫރައްދީން (ނޫރު) އާއި އެކްޓަރު މުހައްމަދު މަނިކެވެ.
ކުރިން މި މަހު 10 ގައި ބާއްވަން އޮތް އިންތިހާބު މިހާރު އޮންނާނީ މި މަހު 15 ގަ އެވެ. މުއްދަތު އިތުރުކުރީ ކެމްޕޭން ކުރަން ވަގުތު ދޭން ކަމަށް، އެމްއެފްއޭ އިން ބުނެ އެވެ.
ނަހުލާ އާއި ނޫރު ބައްދަލުވުމެއްގައި: ނޫރަކީ މިހާރު އެމްއެފްއޭގެ އެސްޖީ
ކުރިން ވެސް އެމްއެފްއޭގެ ވައިސް ޗެއާޕާސަންގެ މަގާމު އަދާކުރި ނަހުލާ ބުނީ އަލުން އިންތިހާބަށް ކުރިމަތިލީ އެސޯސިއޭޝަންގެ ގިނަ މެމްބަރުންނާއި ފިލްމީ ދާއިރާގެ ގިނަ ބައެއްގެ އެދުމުގެ މަތިން ކަމަށެވެ.
"މި ދާއިރާގެ ވަރަށް ގިނަ ބަޔަކު އަހަރެން ކުރިމަތިލާން އެދުނީމަ ވެސް ނުލާން ކުރިން ނިންމައިގެން ހުރީ. އެކަމަކު ފިލްމީ ދާއިރާ ކުރިއަރުވަން ބޭނުންވާތީ އާއި އެސޯސިއޭޝަނަކީ ވެސް ފިލްމީ ދާއިރާގެ ކުރިއެރުވުމަށް މުހިއްމު ޖަމިއްޔާއެއް ކަމަށް ދެކޭތީ ކުރިމަތިލާން ނިންމީ،" ނަހުލާ ބުންޏެވެ.
"ފިލްމީ ދާއިރާ އާއި އެސޯސިއޭޝަންގެ މަސައްކަތްތައް ވަރަށް ބޮޑަށް ވަޅުޖެހިފައި އޮތް ކަމަށް ގަބޫލު ކުރަނީ. އެހެންވެ އެބަ ޖެހޭ މަސައްކަތްތަކެއް ކުރަން."
މުއާ ބުނީ އޭނާ ވެސް ވާދަކުރަނީ ވަރަށް ގިނަ ބައެއްގެ އެދުމުގެ މަތިން ކަމަށެވެ. ފިލްމީ ދާއިރާގެ މުސްތަގުބަލު ވެސް އޮތީ އެމްއެފްއޭ މިހާރަށް ވުރެ ރަނގަޅަށް ހިންގައިގެން ކަމަށް ވެސް އޭނާ ބުންޏެވެ.
"މިހާރު ހުރި މަގާމުގެ ގޮތުންނާ އެކު ވެސް އަހަންނަކީ ފިލްމީ ދާއިރާގެ ކުރިއެރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރާ މީހެއް. ކުރިން ވެސް ހަމަ އެގޮތަށް މަސައްކަތްކޮށްފައި އޮންނާނީ،" މުއާ ބުންޏެވެ.
"އެކަން މި ދާއިރާގެ ވަރަށް ގިނަ ބަޔަކު ގަބޫލު ވެސް ކުރާނެ."
އެމްއެފްއޭގެ ވައިސް ޗެއާޕާސަންގެ މަގާމު ހުސްވީ ބަތަލާ ނިއުމާ މުހައްމަދު އިސްތިއުފާ ދިނުމުންނެވެ.
ހަތް މެމްބަރުން ހިމެނޭ އެމްއެފްއޭގެ ރައީސަކީ ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ޕީޕީއެމް މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އެވެ. ބޯޑްގައި ދެން ހިމެނެނީ ނެށުންތެރިޔާ ޖާދުﷲ އިސްމާއީލް (ޖާދު)، އާއި އެކްޓަރު އަބްދުﷲ މާހިރު (މައްޓޭ) އަދި އެކްޓަރު އިބްރާހީމް ރިޔާސެވެ.
ފިލްމު އެސޯސިއޭޝަންގެ ޗެއާއަކަށް މުއާ
"ހުވާ 2" ގެ ޓީޒާ ދައްކާލައިފި
އެމްއެފްއޭގެ ޗެއާއަކަށް ވާދަކުރަނީ ސީޒަނާއި މާސްކޭ
އެމްއެފްއޭއަށް މަޖިލީހުގެ ތިން މެންބަރުންގެ ކޮމިޓީއެއް
އެމްއެފްއޭގެ ވައިސް ޗެއާއަކަށް މުއާ
"ބީ" ގެ މައްސަލާގައި ނަހުލާ 100،000ރ. ދެނީ
އެމްއެފްއޭ އިން މާދަމާ މަހަށް؛ ފައިސާ ފަލަސްތީނަށް
ސެޕްޓެމްބަރު މަހު އޮލިމްޕަސް ހުޅުވޭތޯ މަސައްކަތް ކުރަނީ
ޔާރާ ފެމިލީގެ ހުރިހާ ތަރިން އެކީގައި ސީރީޒަކަށް!
ނަހުލާގެ ޗުއްޓީ ކޮވިޑް "ހަރާބުކޮށްލައިފި"