22 ޖެނުއަރީ 2017
މޯލްޑިވްސް ފިލްމް އެސޯސިއޭޝަން (އެމްއެފްއޭ) ގެ ވައިސް ޗެއާޕާސަންއަކަށް ޔޫތު މިނިސްޓްރީގެ އެގްޒެކެޓިކް ކޯޑިނޭޓަރަކަށް ހުންނެވި އެކްޓަރު އަބްދުﷲ މުއާޒް (މުއާ) ހޮވިއްޖެ އެވެ.
މޯލްޑިވްސް ފިލްމް އެސޯސިއޭޝަން (އެމްއެފްއޭ) ގެ ވައިސް ޗެއާޕާސަންއަކަށް ޔޫތު މިނިސްޓްރީގެ އެގްޒެކެޓިކް ކޯޑިނޭޓަރަކަށް ހުންނެވި އެކްޓަރު އަބްދުﷲ މުއާޒް (މުއާ) ހޮވިއްޖެ އެވެ.
އެ މަގާމު ހުސްވުމާ ގުޅިގެން، ކުރިމަތިލާން ހުޅުވާލުމުން މުއާގެ އިތުރުން ޑައިރެކްޓަރު/ޕްރޮޑިއުސަރު ފާތުމަތު ނަހުލާ ވެސް ވައިސް ޗެއާޕާސަންގެ މަގާމަށް ކުރިމަތިލި އެވެ. ނަމަވެސް މުއާ ހޮވުނީ ނަހުލާ ނަން އަނބުރާ ގެންދިއުމުން އިންތިހާބަކާ ނުލަ އެވެ.
ނަހުލާ ބުނީ ނަން ނެގީ އިތުރު މީހަކާ ވާދަ ކުރަން ބޭނުން ނުވުމުގެ އިތުރަށް، އިންތިހާބު ވެސް ނުބޭއްވި ވަރަށް ބޮޑަށް ދިގުލައިގެން ދިއުމުން ކަމަށެވެ.
ވައިސް ޗެއާއަކަށް މެމްބަރަކު ހޮވަން ބައި-އިލެކްޝަން ބާއްވަން އޮތީ މިދިޔަ ޑިސެމްބަރު މަހުގެ 15 ގަ އެވެ. ނަމަވެސް ކެންޑިޑޭސީއާ ގުޅޭ މައްސަލަތަކެއް ދިމާވުމުން އިންތިހާބު ނުބޭއްވި ދިގުލައިގެން ދިޔައީ އެވެ.
"އެހާ ބޮޑަށް ދިގުލައިގެން ދިޔައިމަ އަހަރެންގެ އެހެން މަސައްކަތްތަކެއް ވެސް ހުރުމާ އެކު، ވަގުތު ދެވެން ނެތުމާ އެކު ނަން އަނބުރާ ނަގަން ނިންމީ،" ފިލްމަކަށް ތައްޔާރުވަމުން އަންނަ ނަހުލާ ބުންޏެވެ. "އަދި އިތުރު މީހަކާ ވާދަ ކުރަން ވެސް އަހަރެން ބޭނުން ނުވީ. ކުރިއަކުން ނޭނގޭ މުއާ ވާދަކުރާ ކަމެއް. ފަހުން އެކަން އެނގުނީ."
ވައިސް ޗެއާއަކަށް ހޮވުނު މުއާ މިއަދު ވިދާޅުވީ އޭނާ އެ މަގާމަށް ހޮވުމާ އެކު، އެސޯސިއޭޝަންގެ މެމްބަރުން މިހާރު ހަމަވީ ކަމަށާއި ދެން މަސައްކަތްތައް ކުރިއަށް ދާނެ ކަމަށެވެ.
ނަހުލާ: އޭނާ ވަނީ ނަން އަނބުރާ ނަގާފައި.
"އެހެންވެ ދެން މީގެ މަސައްކަތް ވަރަށް ބާރަށް ހިނގައި ގަންނާނެ. ކުރަން ޖެހިފައި ހުރި ވަރަށް ގިނަ ކަންކަން އެބަހުރި،" އޭނާ ވިދާޅުވި އެވެ. "އަހަރެންގެ އަމާޒަކީ ފިލްމީ ދާއިރާ ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރުން."
މުއާ ވިދާޅުވީ އޭނާ މިހާރު ހުންނެވި ޔޫތު މިނިސްޓްރީގެ ސިޔާސީ މަގާމަކީ ވެސް ފިލްމީ ދާއިރާގެ މަސައްކަތްތަކާ ވަރަށް ބޮޑަށް ގުޅިފައި އޮތް މަގާމަކަށްވުމުން އެމްއެފްއޭގެ ވައިސް ޗެއާއަށް ވަޑައިގެންނުވުމުން ފިލްމީ ދާއިރާގެ ކުރިއެރުމަށް، އޭނާގެ ހިއްސާ ވަރަށް ބޮޑަށް ލިބޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
"ޔަގީނުން ވެސް ކުރިއަށް ވުރެ މާ ރަނގަޅަށް ދެން އެސޯސިއޭޝަންގެ މަސައްކަތްތައް ކުރިއަށް ދާނެ،" އޭނާ ވިދާޅުވި އެވެ.
އެމްއެފްއޭފެ ވައިސް ޗެއާގެ މަގާމު ހުސްވީ، އެ މަގާމުގައި ކުރިން ހުރި މަޝްހޫރު ބަތަލާ ނިއުމާ މުހައްމަދަށް ވަގުތު ދެވެން ނެތިގެން އިސްތިއުފާ ދިނުމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ޕީޕީއެމް މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ރައީސްގެ މަގާމުގައި ހުންނެވި އެމްއެފްއޭގައި މުއާއާ އެކު ދެން ތިބޭނީ ހުސައިން ނޫރައްދީ (ނޫރު) އާއި އެކްޓަރު މުހައްމަދު މަނިކާއި ނެށުންތެރިޔާ ޖާދުﷲ އިސްމާއީލް (ޖާދު) އާއި އެކްޓަރު އަބްދުﷲ މާހިރު (މައްޓޭ) ގެ އިތުރުން އެކްޓަރު އިބްރާހީމް ރިޔާސް (ރިޔާ) އެވެ.
އެމްއެފްއޭ އިން މި އަހަރަށް ރާވައިފައި ހުރި ކަންކަމުގެ ތެރެއިން އެންމެ މުހިއްމު އެއް ކަމަކީ މިދިޔަ އަހަރު ނުބޭއްވުނު އެމްއެފްއޭ ފިލްމް އެވޯޑްސް މި އަހަރު ބޭއްވުމެވެ.
ފިލްމު އެސޯސިއޭޝަންގެ ޗެއާއަކަށް މުއާ
އެމްއެފްއޭގެ ޗެއާއަކަށް ވާދަކުރަނީ ސީޒަނާއި މާސްކޭ
އެމްއެފްއޭއަށް މަޖިލީހުގެ ތިން މެންބަރުންގެ ކޮމިޓީއެއް
ނަހުލާ އާއި މުއާ، އެމްއެފްއޭގެ މަގާމަށް ވާދަކުރަނީ
އެމްއެފްއޭ އިން މާދަމާ މަހަށް؛ ފައިސާ ފަލަސްތީނަށް
ސެޕްޓެމްބަރު މަހު އޮލިމްޕަސް ހުޅުވޭތޯ މަސައްކަތް ކުރަނީ
ޔާރާ ފެމިލީގެ ހުރިހާ ތަރިން އެކީގައި ސީރީޒަކަށް!
މުއާ އަނެއްކާވެސް އެންސީއޭގެ ސިޔާސީ މަގާމަކަށް
ފިލްމު އެސޯސިއޭޝަން ވެސް ރޭޕާ ދެކޮޅަށް ނުކުމެއްޖެ
އެމްއެފްއޭ ފިލްމު އެވޯޑްސް އަށް ހުޅުވާލައިފި