10 މާޗް 2020
މޯލްޑިވްސް ފިލްމު އެސޯސިއޭޝަން (އެމްއެފްއޭ) ގެ ހަތަރު ވަނަ އެވޯޑްސް އަށް ފިލްމުތައް ބައިވެރިކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މޯލްޑިވްސް ފިލްމު އެސޯސިއޭޝަން (އެމްއެފްއޭ) ގެ ހަތަރު ވަނަ އެވޯޑްސް އަށް ފިލްމުތައް ބައިވެރިކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ހަ އަހަރުގެ މެދުކެނޑުމަކަށް ފަހު، އަލުން އެވޯޑް ހަފުލާ ބާއްވަން ނިންމިކަން އިއުލާނުކުރީ މި މަހުގެ 1 ވަނަ ދުވަހު އެވެ. އެވޯޑްސްގައި ފިލްމުތައް ބައިވެރިކުރަން ދިން ސުންގަޑި އަކީ މި މަހުގެ 27 ވަނަ ދުވަހެވެ.
އެމްއެފްއޭ އިން ބުނި ގޮތުގައި މި ފަހަރު ފިލްމުތަކަށް އެވޯޑްދޭނީ ދެ ބަޔަކަށް ބަހާލައިގެންނެވެ. އެއް ބަޔަކީ 2014-2016 އަށް ރިލީޒްކުރި ފިލްމުތަކެވެ. އަނެއް ބަޔަކީ 2017-2018 އަށް ރިލީޒްކުރި ފިލްމުތަކެވެ.
ފިލްމުތަކަށް މި ފަހަރު 28 ކެޓަގަރީއަކުން އެވޯޑް ދޭނެ އެވެ.
އެމްއެފްއޭ ފިލްމްސް އެވޯޑްސް އަށް ފިލްމުތައް ބައިވެރިކުރަން ހުޅުވައިލި އިރު، އަމާޒު ހިފާފައި އޮތީ އަންނަ މަހުގެ ތެރޭގައި އެވޯޑް ހަފުލާ ބޭއްވޭތޯ އެވެ. އެގޮތުން މި ފަހަރުގެ އެވޯޑް ހަފުލާ އިންތިޒާމުކުރަން ހަވާލުކޮށްފައި ވަނީ އަ ބިޒްނަސް ކޮންސެޕްޓް ޕްރައިވެޓް ލިމިޓެޑް (އޭބީސީ) އާ އެވެ.
އެމްއެފްއޭ ފިލްމު އެވޯޑްސް އެންމެ ފަހުން ބާއްވާފައި ވަނީ 2014 ގަ އެވެ.
ފިލްމު އެސޯސިއޭޝަންގެ ޗެއާއަކަށް މުއާ
އެމްއެފްއޭ އިން މާދަމާ މަހަށް؛ ފައިސާ ފަލަސްތީނަށް
ސެޕްޓެމްބަރު މަހު އޮލިމްޕަސް ހުޅުވޭތޯ މަސައްކަތް ކުރަނީ
ފިލްމު އެސޯސިއޭޝަން ވެސް ރޭޕާ ދެކޮޅަށް ނުކުމެއްޖެ
ހަ އަހަރަށް ފަހު އެމްއެފްއޭ އެވޯޑްސް ބާއްވަނީ
"ޕްލޭން ބީ" މި އަހަރު ސިނަމާ އަށް
އެމްއެފްއޭގެ ޗެއާއަކަށް މާސްކޭ، ނައިބަކަށް ނިއުމާ
އެމްއެފްއޭގެ ޗެއާއަކަށް ވާދަކުރަނީ ސީޒަނާއި މާސްކޭ
ފިލްމު އެސޯސިއޭޝަންގެ އިންތިހާބު ބާއްވަނީ
އެމްއެފްއޭ ފިލްމް އެވޯޑްސް ނުބޭއްވި އަހަރު ނިމެނީ