28 ޑިސެމްބަރ 2018
މޯލްޑިވްސް ފިލްމް އެސޯސިއޭޝަން (އެމްއެފްއޭ) ގެ ޗެއާޕާސަންއަކަށް ކެމެރާމަން ޝިވާޒް (މާސްކޭ) އަބްދުﷲ އާއި ނައިބަކަށް ބަތަލާ ނިއުމާ މުހައްމަދު އިންތިހާބުކޮށްފި އެވެ.
މޯލްޑިވްސް ފިލްމް އެސޯސިއޭޝަން (އެމްއެފްއޭ) ގެ ޗެއާޕާސަންއަކަށް ކެމެރާމަން ޝިވާޒް (މާސްކޭ) އަބްދުﷲ އާއި ނައިބަކަށް ބަތަލާ ނިއުމާ މުހައްމަދު އިންތިހާބުކޮށްފި އެވެ.
އެމްއެފްއޭގެ ބޯޑަށް މެމްބަރުން ހޮވަން ރޭ އޮލިމްޕަހުގައި ބޭއްވި އިންތިހާބުގައި "ހާދަރު" ފަދަ ފިލްމުތަކުގެ ކެމެރާމަން އަދި ރިލީޒް ނުވާ ފިލްމު "ޕްލޭން ބީ" ގެ ޕްރޮޑިއުސަރު މާސްކޭ ޗެއާޕާސަންގެ މަގާމު ކާމިޔާބު ކުރީ އޭނާއާ އެކު އެ މަގާމަށް ވާދަ ކުރި، މަޝްހޫރު ފިލްމީ ތަރި އަލީ ސީޒަން ބަލިކުރުމަށް ފަހު އެވެ. ފަންސާސް ފަސް މެމްބަރުން ވޯޓްލި އިންތިހާބުގައި މާސްކޭ އަށް 32 ވޯޓް ލިބުނެވެ. ސީޒަނަށް ލިބުނީ 22 ވޯޓެވެ.
ވައިސް ޗެއާޕާސަންގެ މަގާމު ނިއުމާ ކާމިޔާބު ކުރީ އެކްޓަރު އަބްދުﷲ (މުއާ) މުއާޒްއާ ވާދަކޮށްގެންނެވެ. އޭނާ އަށް 51 ވޯޓް ލިބުނު އިރު، މުއާ އަށް ލިބުނީ އެންމެ 4 ވޯޓެވެ. ނިއުމާއަކީ އެމްއެފްއޭގެ ކުރީގެ ބޯޑްގެ ވައިސް ޗެއާގެ މަގާމު އަދާކޮށްފައިވާ މީހެކެވެ.
ރޭ ބޭއްވި އެމްއެފްއޭގެ އިންތިހާބުގެ ތެރެއިން.
ވަގުތު ދެވެން ނެތް ކަމަށް ބުނެ އޭނާ މިދިޔަ އަހަރު އެ މަގާމުން އިސްތިއުފާ ދިނުމުން، ބައި އިލެކްޝަނަށް ބާއްވަން ނިންމައި، އެކަމަކު އިންތިހާބަކާ ނުލައި މި އަހަރުގެ ކުރީކޮޅު އެ މަގާމު ލިބުނީ މުއާށެވެ.
އެމްއެފްއޭގެ އާ ބޯޑްގެ ޖެނެރެލް ސެކްރެޓަރަކީ މަޝްހޫރު އެކްޓަރު ޔޫސުފް (ޔޫއްޕެ) ޝަފީއު އެވެ. އޭނާ އެ މަގާމަށް އިންތިހާބުވީ ވޯޓަކާ ނުލަ އެވެ. އެއީ އެސްޖީގެ މަގާމަށް ޔޫއްޕެ އެކަނި ކުރިމަތިލުމުންނެވެ. ހަޒާންދާރަކަށް ހޮވުނީ ފެޝަން ޑިޒައިނަރު އަދި އެކްޓަރު ޖާދުﷲ (ޖާދު) އިސްމާއީލް (40 ވޯޓް) އެވެ.
ބޯޑްގެ މެމްބަރުގެ ގޮތުގައި ހޮވުނީ އެކްޓަރު މުހައްމަދު މަނިކު (49 ވޯޓް) އާއި އަހުމަދު ޒިޔާ (42 ވޯޓް) ގެ އިތުރުން އަލީ ޝާނީޒް (46 ވޯޓް) އެވެ.
ރޭ ބޭއްވި އެމްއެފްއޭގެ އިންތިހާބުގެ ތެރެއިން.
އެމްއެފްއޭގެ އިންތިހާބު މި ފަހަރު ބޭއްވީ އެކަމަށް އެކުލަވައިލި ފަސް މެމްބަރުންގެ ކޮމިޓީއެއްގެ ބެލުމުގެ ދަށުންނެވެ. އެ ކޮމިޓީގައި ހިމެނެނީ ފިލްމީ ތަރި މުހައްމަދު (ދަރާ) ރަޝީދު އާއި މަޝްހޫރު ކެމެރާމަން ހަސަން (ކޮކޯ) ހަލީމާއި އިބްރާހީމް (ބުރޯ) ރަޝީދު އާއި މަޝްހޫރު ފޮޓޯގްރާފަރު ނިޝާން (މިލްޒީރޯ) އަދި ކަޅުއޮށް ނަސީރެވެ.
އެމްއެފްއޭގެ ޗެއާއަކަށް ވާދަކުރަނީ ސީޒަނާއި މާސްކޭ
ނިއުމާގެ ބިރުވެރި ފިލްމު "ކަޅަކި" ޕްރިމިއާކޮށްފި
އެންމެ ރީތީ ނަހުލާގެ ކޮން ފިލްމެއް؟
އެންމެ ބިރުވެރި ދިވެހި ފިލްމަކީ ކޮބާ؟
"ކަޅަކި" ގެ ޓީޒާއެއް ދައްކާލައިފި
ނިއުމާގެ "ކަޅަކި" ގެ ހުރިހާ މަންޒަރެއް ލަންކާގާއި
"ކަޅަކި" ގެ ޓީމް ޝޫޓިން އަށް ލަންކާ އަށް
މި އަހަރަށް ކިތައް ދިވެހި ފިލްމު؟
ދިވެހި ސިނަމާގެ ސުރުހީތައް
ސަޕްރައިޒަކާ އެކު "ނިވައިރޯޅި" ގެ ޕްރިމިއާ މިރޭ