25 އޮކްޓޯބަރ 2016
މޯލްޑިވްސް ފިލްމު އެސޯސިއޭޝަން (އެމްއެފްއޭ) ނުހިނގާތީ އާއި އެސޯސިއޭޝަންގެ އެއްވެސް ބައްދަލުވުމެއް ނުބޭއްވި ގިނަ ދުވަސްތަކެއް ވުމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް، އެ ޖަމިއްޔާގެ 23 މެމްބަރަކު ސޮއިކޮށް އެމްއެފްއޭގެ ރައީސް އަދި ރައްޔިތުންގެ މަޖިލީޖުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އަށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ.
މޯލްޑިވްސް ފިލްމު އެސޯސިއޭޝަން (އެމްއެފްއޭ) ނުހިނގާތީ އާއި އެސޯސިއޭޝަންގެ އެއްވެސް ބައްދަލުވުމެއް ނުބޭއްވި ގިނަ ދުވަސްތަކެއް ވުމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް، އެ ޖަމިއްޔާގެ 23 މެމްބަރަކު ސޮއިކޮށް އެމްއެފްއޭގެ ރައީސް އަދި ރައްޔިތުންގެ މަޖިލީޖުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އަށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ.
ޕެޓިޝަނުގައި އެދިފައި ވަނީ ޖަމިއްޔާގެ ހަރަކާތްތައް އެކަށީގެންވާ ގޮތަކަށް ނުހިނގައި، ބައްދަލުވުންތައް ނުބާއްވާތީ ޖަމިއްޔާގެ ގަވައިދުގައި ވާ ގޮތުގެ މަތިން 20 މެމްބަރުންގެ ހާއްސަ ޖަލްސާއެއް ބާއްވައިދޭށެވެ.
ޕެޓިޝަނުގައި ބުނެފައިވާ ގޮތުގައި އެހިސާބަށް ކަންތައް ދިޔައީ ކޮންމެ ހަ މަހަކުން އެއް ފަހަރު ބާއްވަން ޖެހޭ އާންމު ޖަލްސާ ނުބާއްވާތީ އެވެ.
އެސޯސިއޭޝަންގެ ހަރަކާތްތައް މި އަހަރު މަދުކަން ފާހަގަކުރެވޭ ކަމަށާއި ކަންކަން ނުކުރެވެނީ ކީއްވެގެންތޯ އާއި އަހަރީ ޖަލްސާގައި ފާސްކުރި ކަންކަން ކުރިއަށްދާ ގޮތް ސާފުކުރަން ބޭނުންވާ ކަމަށް ވެސް ޕެޓިޝަނުގައި ބުނެފައިވެ އެވެ.
"ވީމާ ގަވައިދުގައި ބުނެފައިވާ ފަދައިން ޖަލްސާއެއް ވީހާ ވެސް އަވަހަކަށް ބާއްވައި ދިނުމަށް އެދި ދެންނެވީމެވެ،" ޕެޓިޝަނުގައިވެ އެވެ.
ޕެޓިޝަނުގައި ސޮއިކުރި މީހުންގެ ތެރޭގައި ހިމެނޭ ޑައިރެކްޓަރު އަބްދުލް ފައްތާހު ބުނީ "މުހައްހަމާ އަށް ސިޔާސީ ކަންކަމާ ހުރެ އެސޯސިއޭޝަނަށް މިހާރު ވަގުތު ދެއްވޭ ކަމަށް ގަބޫލުނުކުރޭ" ކަމަށެވެ.
އެހެންވެ ރައީސަށް ޒިންމާ ނުނެންގެވޭ ޖަމިއްޔާއެއްގައި ހުންނެވުމުގެ ބަދަލުގައި މުހައްމާ އިސްތިއުފާ ދެއްވުން ވެސް މާ ރަނގަޅު ކަމަށް ފައްތާހު ބުންޏެވެ.
އެމްއެފްއޭ އާއި ޕީއެސްއެމުން އެމްއޯޔޫގައި ސޮއިކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.
"މި ވާހަކަ މުހައްމާ ކައިރީ ވެސް އަޅުގަނޑުމެން ދައްކައިފިން. ޖަމިއްޔާގެ ރައީސްގެ ހައިސިއްޔަތުން މުހައްމާ އަށް ޒިންމާ ނުނެންގެވި ޖަމިއްޔާ ހުއްޓިފައި އޮންނަ ކަަމަށް ވަންޏާ މިއީ ވަރަށް ބޮޑު މައްސަލައެއް،" އޭނާ ބުންޏެވެ.
"އެތައް ބަޔަކަށް ލިބޭ ވަރަށް ބޮޑު ދެރައެއް. މިކަމަށް މުހައްމާ އަށް ވަގުތު ދެއްވެން ނެތިއްޔާ އިސްތިއުފާ ދެއްވުމަކީ ވެސް އޮތް އިހުތިޔާރެއް. އެކަމަކު އެކަމެއް ކުރައްވާކަށް ނޫޅުއްވާ. އިސްތިއުފާ ދެއްވުމަކީ އެއްގޮތަކަށް ވެސް ހަޑި ކަމެއް ނޫން. އަދި މީހާގެ އިއްޒަތަށް ލިބޭނެ ހުތުރެއް ވެސް ނޫން."
ފައްތާހު ބުނީ އާ އެމްއެފްއޭ އިން މި އަހަރު ފުޓްސަލް މުބާރާތެއް ބޭއްވުން ފިޔަވައި އެއްވެސް ކަމެއް ކޮށްފައި ނެތް ކަމަށެވެ.
މުހައްމާ ކުރިން ބުނެފައިވާ ގޮތުން މި އަހަރު އެމްއެފްއޭ އިން ވަރަށް ގިނަ ހަރަކާތްތަކެއް ހިންގާނެ އެވެ. އޭގެ ތެރޭގައި ފިލްމު ފެސްޓިވަލެއް ބޭއްވުމާއި ފިލްމީ ދާއިރާ އަށް ހާއްސަ މަޖައްލާއެއް ނެރުން ފަދަ ކަންކަން ހިމެނޭ ކަމަށް ވިދާޅުވެފައިވެ އެވެ.
ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އާ ގުޅިގެން އެމްއެފްއޭގެ ފިލްމު އެވޯޑްސް މި މަހު ބާއްވަން އިއުލާން ކުރިޔަސް އެކަން ކުރިޔަކަށް ނުދެ އެވެ. އެއީ ވެސް ފިލްމީ ދާއިރާގެ ބައެއް މީހުންގެ ކަންބޮޑުވުމެކެވެ.
މިކަންކަމާ ބެހޭ ގޮތުން މުހައްމާގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.
އެމްއެފްއޭއަށް މަޖިލީހުގެ ތިން މެންބަރުންގެ ކޮމިޓީއެއް
ފިލްމު އެސޯސިއޭޝަންގެ ބައި-އިލެކްޝަން އަންނަ މަހު
ފިލްމު އެސޯސިއޭޝަންގެ ޗެއާއަކަށް މުއާ
އެމްއެފްއޭ އިން މާދަމާ މަހަށް؛ ފައިސާ ފަލަސްތީނަށް
ސެޕްޓެމްބަރު މަހު އޮލިމްޕަސް ހުޅުވޭތޯ މަސައްކަތް ކުރަނީ
ސިލްސިލާ "ރޭޝަމް" ބައިސްކޯފަށް
ފިލްމު އެސޯސިއޭޝަން ވެސް ރޭޕާ ދެކޮޅަށް ނުކުމެއްޖެ
"ތިއޭ މި ހިތުގެ ވިންދަކީ" ބައިސްކޯފުން
"ފުރަބަންދު" އަންނަމަހު 3 ގައި؛ ޓީޒާ ދައްކާލައިފި
މުހައްމާގެ އާ ޕްރޮޖެކްޓަކީ "ފުރަބަންދު"