Roadha Mihaaru
މާލެ ސިޓީ ބައި-އިލެކްޝަނަށް ޕީއެންސީ، އެމްޑީޕީ

މާލެ ސިޓީ ކައުންސިލްގެ ބައި-އިލެކްޝަންގައި ހަމައެކަނި ޕީއެންސީ އާއި އެމްޑީޕީގެ ކެންޑިޑޭޓުން

20 ޖޫން 2024

މާލެ ސިޓީ ކައުންސިލުން ހުސްވެފައިވާ ތިން ގޮނޑިއަށް ޕީއެންސީ އަދި އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓުން ކުރިމަތިލައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މާލެ ސިޓީ ކައުންސިލުން ހުސްވެފައިވާ ތިން ގޮނޑިއަށް ޕީއެންސީ އަދި އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓުން ކުރިމަތިލައިފި އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން އަންނަ މަހުގެ 20 ވަނަ ދުވަހު ބައި އިލެކްޝަން ބާއްވަނީ މައްޗަންގޮޅި މެދު ދާއިރާ، ހެންވޭރު ހުޅަނގު އަދި ހުޅުމާލެ ދާއިރާގެ ކައުންސިލް ގޮނޑި ފުރުއްވަމުން ގެންދެވި ތިން ބޭފުޅުން، 20 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމުންނެވެ.

އެހެންވެ، ހުސްވި ތިން ގޮނޑިތަކަށް ކުރިމަތިލާން ހުޅުވާލުމުން ވާދަކުރަން ފޯމު ހުށަހެޅި ޕީއެންސީގެ ތިން ކެންޑިޑޭޓަކާއި އެމްޑީޕީގެ ތިން ކެންޑިޑޭޓެކެވެ.

އެ ކެންޑިޑޭޓުންނަކީ؛

މައްޗަން ގޮޅި މެދު ދާއިރާ

- ފާތިނަތު އިޝާން އަލީ، އައިނާއެޑަމްސް/ ޕީއެންސީ

- ހައްވާ ޝިފާނާ، މއ. ރިހިރާޅު/ އެމްޑީޕީ

ހެންވޭރު ހުޅަނދު ދާއިރާ

- ފާތިމަތު ޝައުފާ ސަލީމް، ހ. އިސްފަހާން/ ޕީއެންސީ

- މުހައްމަދު ޢަލީ ޖިނާދު، ހ. ގްރީންޒެސްޓް/ އެމްޑީޕީ

ހުޅުމާލެ ދާއިރާ

- އަލީ އައިމަން، ހ. ފުޖޭރާ/ ޕީއެންސީ

- އަހުމަދު ރަޝީދު (ތުތީ)، ހުޅުމާލެ. މާވަހަރު 3/ އެމްޑީޕީ

އެ ކެންޑިޑޭޓުންގެ ނަންތައް ވަނީ މިދިޔަ ހަފުތާގައި ތަރުތީބުކޮށްފަ އެވެ.

މާލެ ސިޓީގެ މޭޔަރަކަށް ހުންނެވުމަށްފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު، ވެރިކަމުގެ ހުވާކުރެއްވުމުން ހުސްވި މޭޔަރުގެ މަގާމަށް ބޭފުޅަކު ހޮވަން މިދިޔަ ޖެނުއަރީ މަހު ވެސް ބައި-އިލެކްޝަން ބޭއްވި އެވެ. އެ ގޮނޑި ކާމިޔާބު ކުރެއްވީ އިދިކޮޅު އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވި އެމްޓީސީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް އެވެ.