13 ޖެނުއަރީ 2024
މާލޭގެ މޭޔަރުގެ އިތުރުން ތިން މެންބަރަކު އިންތިހާބުކުރުމަށް ބާއްވާ ބައި-އިލެކްޝަންގެ ވޯޓުލުން ފަށައިފި އެވެ.
މާލޭގެ މޭޔަރުގެ އިތުރުން ތިން މެންބަރަކު އިންތިހާބުކުރުމަށް ބާއްވާ ބައި-އިލެކްޝަންގެ ވޯޓުލުން ފަށައިފި އެވެ.
މާލޭގެ މޭޔަރުކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބުގައި މިދިޔަ އަހަރު ވާދަކުރައްވައި އިންތިހާބު ކާމިޔާބުކުރެއްވުމުންނެވެ. މޭޔަރުކަމުގެ އިތުރުން މާފަންނު ދެކުނު ދާއިރާ އާއި ހެންވޭރު ދެކުނު ދާއިރާ އާއި މެދުހެންވޭރު ދާއިރާގެ މެންބަރުކަމުގައި ތިއްބެވި ބޭފުޅުން ވެސް ސިޔާސީ މަގާމުތަކަށް އައްޔަންކުރެއްވުމުން ވަނީ ކައުންސިލް މެންބަރުކަމުން އިސްތިއުފާ ދެއްވައިފަ އެވެ.
މިއަދުގެ އިންތިހާބުގައި މޭޔަރު ކަމަށް ވާދަކުރައްވަނީ؛
- ވެރިކަންކުރާ ޕީއެންސީގެ ފަރާތުން ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު
- އިދިކޮޅު އެމްޑީޕީގެ ފަރާތުން އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް
- ޑިމޮކްރެޓްސްގެ ފަރާތުން ކައުންސިލްުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު ސައިފް ފާތިހް (އައިކޮ)
- އަމިއްލަ ގޮތުން ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެން ވަހީދު
- އަމިއްލަ ގޮތުން ޝުއައިބް އަލީ
2024 ޖަނަވަރީ 13 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބައި- އިލެކްޝަނުގައި ވޯޓުފޮށި ބަހައްޓާ ތަންތަން - މާލެ (1) pic.twitter.com/vMIOpcPo7r
— Elections Commission (@ElectionsMv) January 11, 2024
މިއަދު މާލޭގައި ވޯޓުލުން ކުރިއަށް ގެންދަން ކުރިން ހަމަޖައްސާފައި އޮތީ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ.
2024 ޖަނަވަރީ 13 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބައި- އިލެކްޝަނުގައި ވޯޓުފޮށި ބަހައްޓާ ތަންތަން - މާލެ (2) pic.twitter.com/mnuKpRGrUC
— Elections Commission (@ElectionsMv) January 11, 2024
ނަމަވެސް އިއްޔެ މާލެއަށް ކުރި ގަދަ ވިއްސާރައިގެ ސަބަބުން ފެން ބޮޑުވެ ދަތުރުފަތުރަށް ހުރަސް އެޅުމުން މިހާރު ވަނީ ވޯޓުލާ ނިންމާ ގަޑި އަކީ ހަވީރު 5:00 ކަމަށް ކަނޑައަޅައިފަ އެވެ.
2024 ޖަނަވަރީ 13 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބައި- އިލެކްޝަނުގައި ވޯޓުފޮށި ބަހައްޓާ ތަންތަން - މާލެ (3) pic.twitter.com/eQW4dBm34x
— Elections Commission (@ElectionsMv) January 11, 2024
މާލޭގެ އެކި ދާއިރާތަކުން ވޯޓު ދިނުމުގެ ހައްގު 54،680 މީހަކަށް ލިބިފައިވާ މި އިންތިހާބުގެ ވޯޓުލުން ފެށި އިރު ފޮށިތަކުގެ ކައިރީ މާ ގިނަ ބަޔަކު ވޯޓުލާން ކިޔޫއަކު ނެތެވެ.
މާލޭ ސިޓީ ކައުންސިލްގެ އިތުރުން ދެން މިއަދު ކުރިއަށްދަނީ މ. މުލަކު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަނެވެ.
މޭޔަރު އިންތިހާބު: ވޯޓުލާ މަރުކަޒުތައް ހުސްކޮށް
މާލޭ ސިޓީ ކައުންސިލްގެ ތިން ގޮނޑި ވެސް ޕީއެންސީއަށް
ބައި އިލެކްޝަން: 2ޖެހުމާ ހަމައަށް ވޯޓުލީ 17ޕަސެންޓް
މާލެ ސިޓީ ބައި-އިލެކްޝަނަށް ޕީއެންސީ، އެމްޑީޕީ
ސައިފް: "ރީތިކޮށް ބާރަށް، މާލެ ހައްލުކޮށްދޭނަން"
މޭޔަރު ކަމަށް ވާދަކުރާ ކެންޑިޑޭޓުން ނަން ތަރުތީބުކޮށްފި
މޭޔަރަކަށް ވާދަކުރައްވަން އާޒިމް ފޯމު ހުށަހަޅުއްވައިފި
މާލޭ މޭޔަރު ހޮވުމުގެ އިންތިހާބު ޖެނުއަރީ 13 ގައި
ގުރައިދޫ ބައި-އިލެކްޝަންގައި ވާދަކުރާނީ ތިން ކެންޑިޑޭޓް
ދެ ބައި އިލެކްޝަނުން ވެސް އެމްޑީޕީ އަށް ނާކާމިޔާބު