Roadha Mihaaru
ނުޖޫމް ޕްރީ ސްކޫލުގެ އެޑްމިޝަން އަދިވެސް ކުރިއަށް

ނުޖޫމް ޕްރީ ސްކޫލުގެ އެޑްމިޝަން އަދިވެސް ކުރިއަށް

12 ޖޫން 2024

ސުންނަތާ އެއްގޮތަށް އިސްލާމީ ތައުލީމަށް އިސްކަންދޭ ޕްރީ ސްކޫލް ނުޖޫމުގައި އަދިވެސް އެޑްމިޝަނަށް ހުޅުވާލާފައިވާ ކަމަށް އެ ސްކޫލުން ބުނެފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ސުންނަތާ އެއްގޮތަށް އިސްލާމީ ތައުލީމަށް އިސްކަންދޭ ޕްރީ ސްކޫލް ނުޖޫމުގައި އަދިވެސް އެޑްމިޝަނަށް ހުޅުވާލާފައިވާ ކަމަށް އެ ސްކޫލުން ބުނެފި އެވެ.

އެ ސްކޫލުން ބުނި ގޮތުގައި މާލެ އާއި ހުޅުމާލޭގައި ހުންނަ ނުޖޫމް ސްކޫލުގެ އެކި ގްރޭޑުތަކުގައި އަދިވެސް ޖާގަ ހުރުމުން އެ ސްކޫލުން އެޑްމިޝަން ބަލައިގަންނަމުންދާ ކަމަށެވެ. އެ ސްކޫލަކީ ޕްލޭ ސްކޫލުން ފެށިގެން އެލްކޭޖީއާ ހަމައަށް ކިޔަވައިދޭ ސްކޫލެކެވެ.

ނުޖޫމް ސްކޫލުގެ ކްލާހެއްގައި ކިޔަވައި ދެނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

ނުޖޫމް ސްކޫލުގެ ކްލާހެއްގައި ކިޔަވައި ދެނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

ނުޖޫމް ސްކޫލުން ބުނި ގޮތުގައި އެ ސްކޫލަކީ ތުއްތު ކުދިންގެ ދުޅަހެޔޮކަމަށް އިސްކަންދީ، ބެލެނިވެރިންނަށް އެންމެ ފަސޭހަވާނެ ގޮތަށް ދަރިވަރުންނަށް ކިޔަވާ ދިނުމުގެ ކަންތައްތައް ބައްޓަންކޮށްފައިވާ ސްކޫލެކެވެ. ޓީވީ އަދި ކޮމްޕިއުޓާ ސްކްރީނަކީ ތުއްތުކުދިންގެ ހެދިބޮޑުވުމުގައި ނޭދެވޭ އަސަރުތައް ކުރާ ކަމެއްކަން ދިރާސާތަކުން ދައްކާތީ އެ ސްކޫލުގެ ކިޔަވައިދިނުން ކުރިއަށް ގެންދަނީ އެއްވެސް ސްކްރީން ޓައިމެއް ނުލާ ކަމަށް އެ ސްކޫލުން ބުންޏެވެ. އަދި އެ ސްކޫލުން ބެލިނެރިވެރިންނަށް ލުއިކޮށްދިނުމުގެ ގޮތުން އެއްވެސް ވަރަކަށް ކުދިންނަށް ހޯމްވޯކުވެސް ހަވާލުނުކުރާ ކަމަށް އެ ސްކޫލުން ބުންޏެވެ.

މި ސްކޫލުގައި ކިޔަވައިދޭ މާއްދާތަކުގެ ތެރޭގައި ގުރުއާން، އަރަބި، ތަރްބިޔާ، ދިވެހި، އިނގިރޭސި، ކްރިއޭޓިވް އާޓްސް، ސައިންސް، ސޯޝަލް ސްޓަޑީޒް އަދި ހިސާބު ހިމެނެ އެވެ. މި ސްކޫލުގައި ކިޔަވައިދެނީ ގުރުއާން ތަޖުވީދާއި ހިފްޒު ކިޔަވައިދެނީ ވޮށުފިލާ ކޮންސެޕްޓުގައި ކަމަށް އެ ސްކޫލުން ބުންޏެވެ.

ނުޖޫމް ސްކޫލުގެ ކްލާހެއްގެ ބައެއް ކުދިން. -- ފޮޓޯ: ނިޝާން އަލީ | މިހާރު

ނުޖޫމް ސްކޫލުގެ ކްލާހެއްގެ ބައެއް ކުދިން. -- ފޮޓޯ: ނިޝާން އަލީ | މިހާރު

ނުޖޫމް ސްކޫލަކީ ކެރެކްޓާ ބިލްޑިންއަށް އިސްކަންދީ ކުދިންނަށް ރަނގަޅު އާދަތައް ދަސްކޮށްދިނުމަށް އިސްކަންދޭ ސްކޫލެއް ކަމަށް އެ ސްކޫލުން ބުނެ އެވެ. އަދި އެ ސްކޫލުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ބޭނުންވާ ސަމާލުކަން ދޭ ކަމަށާއި މިދިޔަ އަހަރު އެކަނި ވެސް އެ ސްކޫލުން ކިޔެވި ސެން ކުދިންގެ ކިބައިން ކުރިއެރުން ފެނުނުކަން އެ ސްކޫލުން ފާހަގަކުރެ އެވެ.

ނުޖޫމް ސްކޫލުން ބުނި ގޮތުގައި އެ ސްކޫލުން މަޖާ ހަރަކާތްތަކާއި ސްކޫލުން ބޭރުގައި ވެސް އެކި ހަރަކާތްތައް ކުރިއަށް ގެންދާ ކަމަށް އެ ސްކޫލުން ބުންޏެވެ.

މި ސްކޫލަށް 1 އަހަރާއި 6 އަހަރާއި ދެމެދުގެ ކުދިންނަށް ވަދެވޭނެ އެވެ. ސްކޫލުގައި ކިޔަވައި ދެނީ ޕްލޭ ސްކޫލްއިން ފެށިގެން ޔޫކޭޖީއާ ހަމައަށެވެ. މި ސްކޫލުގައި ހަފްތާއަކު އެއް ގަޑިއިރަށް ޕްލޭ ސްކޫލަށް ގެންދާނަމަ ދައްކަން ޖެހޭނީ 500ރ. އެވެ. ހަފްތާއަކު ދެ ގަޑިއިރަށް ގެންދާނަމަ ދައްކަން ޖެހޭނީ 1000ރ. އެވެ. ބޭބީ ނާސަރީ އާއި ނާސަރީއަށް ދައްކަން ޖެހޭނީ 500ރ. އެވެ. ޔޫކޭޖީ އަދި އެލްކޭޖީއަށް ދައްކަން ޖެހޭނީ 1800ރ. އެވެ.

މި ސްކޫލުގެ މާލެ ކެމްޕަސް ހުންނަނީ ކިންގް ސަލްމާން މިސްކިތް ކައިރި، ރޯޝަނީ މަގުގަ އެވެ. ހުޅުމާލެ ރައްޔިތުންނަށް ލުއި ފަސޭހަ ކޮށްދިނުމުގެ ގޮތުން ދާދި ފަހުން ހުޅުވި ހުޅުމާލެ ކެމްޕަސް ހުންނަނީ ރެޑް ވޭވް މެގަ މޯލް ކައިރީގައި ހިތިގަސް މަގުގަ އެވެ.