Roadha Mihaaru
އުމުރުން 130 އަހަރުގައި ހައްޖަށް

އުމުރުން 130 އަހަރުގައި ހައްޖަށް

12 ޖޫން 2024

މި އަހަރު ހައްޖުގެ އަޅުކަން އަދާކުރާ އުމުރުން އެންމެ ދުވަސްވީ މީހާގެ ގޮތުގައި އުމުރުން 130 އަހަރުގެ އަލްޖީރިއާ އަންހެނަކު ސައޫދީ އަށް ހިނގައްޖެ އެވެ.

މި އަހަރު ހައްޖުގެ އަޅުކަން އަދާކުރާ އުމުރުން އެންމެ ދުވަސްވީ މީހާގެ ގޮތުގައި އުމުރުން 130 އަހަރުގެ އަލްޖީރިއާ އަންހެނަކު ސައޫދީ އަށް ހިނގައްޖެ އެވެ.

ސަރުހޫދާ ސިއްތީތު ސައޫދީ އަށް ފޭބުމާ އެކު ސައޫދީ އެއާލައިނުން ވަނީ އޭނާ އަކީ މި ފަހަރު ހައްޖުގެ އަޅުކަން އަދާކުރާ އުމުރުން އެންމެ ދުވަސްވީ މީހާ ކަމަށް ވާތީ، މި ހާއްސަކަން ފާހަގަކޮށް މަރުހަބާ ކިޔުމަށް އިވެންޓެއް ވެސް ބާއްވައިފަ އެވެ.

މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރާ އުމުރުން އެންމެ ދުވަސްވީ މީހާ އަށް ސައޫދީ އެއާލައިނުން މަރުހަބާ ކިޔަނީ

މި އިވެންޓުގެ ފޮޓޯތައް ސައޫދީ ގްރޫޕުން އެކްސްގައި ޕޯސްޓްކޮށްފައި ވާއިރު ސަރުހޫދާ އިނީ ހުދު ހެދުމެއްގައި، ފުރޮޅުލީ ގޮނޑިއެއްގަ އެވެ. އޭނާގެ ކަރުގައި މާފަތި އަޅުވައި ސައޫދީ އެއާލައިންގެ މުވައްޒަފުން ހަދިޔާ ދީފައިވެ އެވެ.

އުމުރުން ދުވަސްވީ ސަރުހޫދާ 2019 ވަނަ އަހަރު ފުރަތަމަ ފަހަރަށް އުމްރާގެ އަޅުކަން އަދާކުރުމަށް ސައޫދީއަށް ގޮސް ދިން އިންޓަވިއު

މިއީ ސަރުހޫދާ މައްކާގެ ހަރަމްފުޅަށް ދާ ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން 2019 ވަނަ އަހަރު ފުރަތަމަ ފަހަރަށް އުމްރާގެ އަޅުކަން ވެސް އޭނާ ފުރިހަމަކުރި އެވެ. އެ ފޮޓޯތައް ވެސް އޭރު ސައޫދީން އާންމުކޮށްފައިވެ އެވެ.

މިފަހަރު ހައްޖަށް ދިޔަ އުމުރުން އެންމެ ދުވަސްވީ މީހާ ކަމަށްވާ، 130 އަހަރުގެ ސަރުހޫދާ ސިއްތީތު އަށް ސައޫދީ އެއާލައިނުން މަރުހަބާ ކިޔަނީ

މިފަހަރު ހައްޖަށް ދިޔަ އުމުރުން އެންމެ ދުވަސްވީ މީހާ ކަމަށްވާ، 130 އަހަރުގެ ސަރުހޫދާ ސިއްތީތު އަށް ސައޫދީ އެއާލައިނުން މަރުހަބާ ކިޔަނީ

އޭގެ ފަހުން މިދިޔަ އަހަރު ވެސް އޭނާ އުމްރާގެ އަޅުކަން އަދާކުރި އެވެ. މިފަހަރު އޭނާ ހައްޖުގެ އަޅުކަން އަދާކުރާއިރު މިއީ އޭނާގެ ފުރަތަމަ ހައްޖުކަމެއް ނުވަތަ ނޫން ކަމެއް މީޑިއާ ރިޕޯޓްތަކުން ކަށަވަރެއް ނުވެ އެވެ.

އުމްރާގެ އަޅުކަން އަދާކުރުމަށް ސަރުހޫދާ މިދިޔަ އަހަރު މައްކާގައި

ސައޫދީން ބުނެފައިވާ ގޮތުގައި މި އަހަރުގެ ހައްޖުގެ އަޅުކަމަށް ރަޖިސްޓްރީވެގެން ހޮނިހިރު ދުވަހުގެ ނިޔަަލަށް 1.3 މިލިއަނަށް ވުރެ ގިނަ މީހުން މިހާރު ވަނީ ސައޫދީއަށް ގޮސްފަ އެވެ.