ހައްޖުގެ އަޅުކަމަށް ރަޖިސްޓްރީނުވެ މައްކާގައި އުޅެމުން ދިޔަ 300،000 އަށް ވުރެ ގިނަ މީހުން ފޮނުވާލާފައިވާ ކަމަށް ސައޫދީ އަރަބިއްޔާއިން އިއްޔެ ބުނެފި އެވެ.
ހައްޖުގެ އަޅުކަމަށް ރަޖިސްޓްރީނުވެ މައްކާގައި އުޅެމުން ދިޔަ 300،000 އަށް ވުރެ ގިނަ މީހުން ފޮނުވާލާފައިވާ ކަމަށް ސައޫދީ އަރަބިއްޔާއިން އިއްޔެ ބުނެފި އެވެ.
އަންނަ ހަފްތާގައި ހައްޖުގެ އަޅުކަން ފެށުމަށް އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ އިރު ކޮންމެ ފަހަރަކު ވެސް ސަލާމަތީ ގޮތުން އެންމެ ބޮޑު މަސައްކަތަކަށް އޮންނަނީ މީހުންގެ ތޮއްޖެހުން ކުޑަކުރުމެވެ. މިދިޔަ އަހަރު ވެސް 1.8 މިލިއަން މީހުން ހައްޖުގެ މަތިވެރި އަޅުކަމަށް މައްކާގެ ހަރަމްފުޅަށް ޖަމާވި އެވެ.
ސައޫދީ ޕްރެސް އެޖެންސީން ބުނި ގޮތުގައި މައްކާއިން ބޭރުކޮށްލި މީހުންގެ ތެރޭގައި ހައްޖު ވިސާ ނުނަގައި ޓޫރިސްޓު ވިސާގައި ގޮސް އުޅުނު 153،998 ބިދޭސީން ހިމެނެ އެވެ.
މީގެ އިތުރުން ސައޫދީގައި ދިރިއުޅޭ އެހެން ގައުމުތަކުގެ 171،587 މީހަކު ވެސް ރަޖިސްޓްރީ ނުވެ ހައްޖުގެ އަޅުކަމުގައި ބައިވެރިވާން އުޅުނު ކަމަށް ބެލެވޭތީ ވަނީ މައްކާއިން ނެރެފަ އެވެ.
އޭއެފްޕީއާ ވާހަކަ ދެއްކި އެކި ގައުމުތަކުގެ މީހުން ބުނެފައިވާ ގޮތުގައި ހުއްދަ ނެތަސް ހައްޖުގެ އަޅުކަމުގައި ބައިވެރިވެވޭތޯ ބަލަނީ ގައުމުތަކުގެ ރަސްމީ އިދާރާތައް މެދުވެރިކޮށް ހައްޖަށް ދާން ބަލާއިރު އަގު ބޮޑުވުމާއި އެގޮތަށް ރަޖިސްޓްރީކޮށްގެން ދާއިރު ފުރުސަތު ނުލިބި ކިއޫގައި އެތައް އަހަރެއް ވަންދެން ތިބެން ޖެހުން ފަދަ ކަންކަމާ ހެދި އެވެ.
ސައޫދީން ބުނެފައިވާ ގޮތުގައި މި އަހަރުގެ ހައްޖުގެ އަޅުކަމަށް ރަޖިސްޓްރީވެގެން ހޮނިހިރު ދުވަހުގެ ނިޔަަލަށް 1.3 މިލިއަނަށް ވުރެ ގިނަ މީހުން މިހާރު ވަނީ ސައޫދީއަށް އައިސްފަ އެވެ. -- އޭއެފްޕީ
171 ގައުމަކުން 1.6 މިލިއަން މީހުން ހައްޖުވި
ހައްޖާޖީންގެ ރައްކަލަށް އޭއައި، ޑްރޯން، ހާހުން ކެމެރާ
ހައްޖު ދުވަހު ހައްޖާޖީން ޓެންޓުތަކުގައި ތިބެން އެދެފި
ހޫނު ގަދަވެ 44 ހައްޖާޖީއަކަށް ހީޓް ސްޓްރޯކް ޖެހިއްޖެ
ހައްޖަށް ދާ ފުރަތަމަ ގްރޫޕް ފުރާނީ 26 ގައި
ހޫނު މޫސުމުގެ ހައްޖެއް އޮންނާނީ 16 އަހަރު ފަހުން
ހައްޖުގެ އަޅުކަމުގެތެރޭ 1301 މީހަކު މަރުވި: ސައޫދީ
ހައްޖަށް ދިޔަ 80 އަހަރުގެ ދިވެއްސަކު ނިޔާވެއްޖެ
އުމުރުން 130 އަހަރުގައި ހައްޖަށް
ބަލި މީހުންނަށް ހާއްސަ ހައްޖުގެ ޖާގަތަކަށް ހުޅުވާލައިފި