Roadha Mihaaru
ހައްޖު މިޝަންގެ މަންދޫބުންގެ ގޮތުގައި ދިވެހި ދަރިވަރުން

ހައްޖު މިޝަންގެ މަންދޫބުންގެ ގޮތުގައި ދިވެހި ދަރިވަރުން ހަރަކާތްތެރިވަނީ

11 ޖޫން 2024

ރާއްޖޭގެ ހައްޖު މިޝަންގެ ރަސްމީ މަންދޫބުންގެ ގޮތުގައި ފުރަތަމަ ފަހަރަށް، ސައުދީގައި ކިޔަވާ ދިވެހި ދަރިވަރުން ހަމަޖައްސައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ރާއްޖޭގެ ހައްޖު މިޝަންގެ ރަސްމީ މަންދޫބުންގެ ގޮތުގައި ފުރަތަމަ ފަހަރަށް، ސައުދީގައި ކިޔަވާ ދިވެހި ދަރިވަރުން ހަމަޖައްސައިފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ސައުދީގައި ކިޔަވާ ދަރިވަރުންނާ ބައްދަލު ކުރައްވައި ދަރިވަރުންނަށް މިފަދަ ފުރުސަތުތައް ތަނަވަސްކޮށްދެއްވާނެ ކަމުގެ ޔަގީންކަން ވަނީ ދެއްވައިފަ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިއަހަރުގެ ހައްޖުގެ ކަންކަމުގައި ރާއްޖޭގެ ހައްޖު މިޝަންއާ އެކު ދިވެހި ދަރިވަރުން ވެސް ހައްޖުވެރިންގެ ހިދުމަތުގައި މަސައްކަތް ކުރާނެ ކަމަށެވެ.

އަދި މި އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ދަރިވަރުންނަށް އެ ފުރުސަތު ދެއްވުމަށް އިސްލާމިކް މިނިސްޓަރު ޝަހީމް ނިންމަވާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

މިއަހަރު ރާއްޖެއަށް ވަނީ 1150 ހައްޖު ކޯޓާ ލިބިފަ އެވެ.

ރާއްޖެ އިން މި އަހަރު ހައްޖަށް ދާ މީހުންގެ ފުރަތަމަ ގްރޫޕްގައި، މިދިޔަ މަހުގެ 31 ގައި ފުރީ 298 މީހުންނެވެ. ދެވަނަ ގްރޫޕްގައި މި މަހު ތިން ވަނަ ދުވަހު ފުރީ 353 މީހުންނެވެ. ތިންވަނަ ގްރޫޕުން ދިޔަ 339 މީހުން ފުރީ މިދިޔަ ހުކުރު ދުވަހު އެވެ.

ރާއްޖެއަށް އިތުރަށް ލިބުނު ކޯޓާގައި 150 މީހުން އިއްޔެ ވަނީ ފުރައިފަ އެވެ.