10 ޖޫން 2024
ބިންވެރިޔާ ސްކީމަށް ހުޅުމާލެއިން ދޫކުރި ބިމުގެ ސަބަބުން އެޗްޑީސީއަށް 10.5 ބިލިއަން ރުފިޔާގެ ގެއްލުން ލިބޭނެ ކަމަށް އޮޑިޓް އޮފީހުން މިއަދު ބުނެފި އެވެ.
ބިންވެރިޔާ ސްކީމަށް ހުޅުމާލެއިން ދޫކުރި ބިމުގެ ސަބަބުން އެޗްޑީސީއަށް 10.5 ބިލިއަން ރުފިޔާގެ ގެއްލުން ލިބޭނެ ކަމަށް އޮޑިޓް އޮފީހުން މިއަދު ބުނެފި އެވެ.
އޮޑިޓް އޮފީހުން އާންމުކުރި މިދިޔަ އަހަރުގެ ބަޖެޓު ރިވިއުގައި، ހުޅުމާލެއިން "ބިންވެރިޔާ" ސްކީމުގެ ދަށުން ލިބޭ ގެއްލުމުގެ އަދަދު 7.2-10.5 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކޮށްފައިވެ އެވެ. އެއީ ބިމުގެ އަގު ކަމުގައިވާ 7.7 ބިލިއަން ރުފިޔާ އާއި ދޫކުރި ބިމުން ލިބޭނެ ކަމަށް ލަފާކުރާ 3.3 ބިލިއަން ރުފިޔާގެ އާމްދަނީ އެޗްޑީސީއަށް ގެއްލުމުންނެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެއިން 1،000 ގޯތި ވަނީ ދޫކޮށްފަ އެވެ. އެއީ 1.2 މިލިއަން އަކަފޫޓުގެ ބިމެވެ.
އޮޑިޓް އޮފީހުން ބުނީ، އެޗްޑީސީއަށް ލިބުނު ގެއްލުމުގެ ބަދަލު ދިނުމަށް "ގަލުފަޅު" އާއި މާގިރިފަޅު" ދީފައިވާ ކަމަށެވެ. އެއީ އެޗްޑީސީއަށް ގެއްލޭ އާމްދަނީގެ 3.3 ބިލިއަން ރުފިޔާ އެވެ.
އެޗްޑީސީއަށް ގެއްލިގެންދާ 7.7 ބިލިއަން ރުފިޔާގެ ބަދަލެއް ހޯދުމަށް ފިނޭންސް މިނިސްޓްރީއާ އެކު މަޝްވަރާތައް އަންނަނީ ކުރަމުންނެވެ.
ރާއްޖޭގެ އެންމެ އަގު ބޮޑު ބިމުން ހިލޭ ބިން ދޫކުރުމުގައި މުޅި ދައުލަތަށް މާލީ ބޮޑު ގެއްލުމެއް ކުރިމަތިވެފައިވާ ކަމަށާއި އެކަމުގެ ނޭދެވޭ އަސަރު ކުރިއަށް އޮތް އަހަރުތަކުގައި ވެސް ފެންނާނެ ކަމަށް އޮޑިޓް އޮފީހުން ބުންޏެވެ.
ހުޅުމާލެއިން ދޫކުރާ 1،000 ބިމާ އެކު މާލޭގެ ރަށްވެހިންނަށް 9،000 ގޯތި ދޫކުރަން ކުރީ ސަރުކާރުން ވަނީ ނިންމައިފަ އެވެ. އެ ގޯތިތައް ދޫކުރަނީ ހުޅުމާލެ އާއި ގުޅީފަޅާއި ގިރާވަރު ފަޅުންނެވެ.
ގޯތި ދޫކުރުމާ ބެހޭ ހާއްސަ އޮޑިޓެއް ހަދަން އަންގައިފި
އެޗްޑީސީގެ 10 ބިލިއަނުގެ ލޯނުން 6 ބިލިއަން ހިޔާއަށް
ހިޔާއަށް ނެގި ލޯނުތަކުގެ އިންޓަރެސްްޓަަށް 888 މިލިއަން
ފްލެޓްތަކުގެ އަގު ކަނޑައެޅި ގޮތުގެ ރިޕޯޓް ދިރާސާކުރަނީ
ހިޔާ ފްލެޓްގެ އަގުކުޑަކޮށްފި ނަމަ ގެއްލުންވާނެ: އޮޑިޓް
އެޗްޑީސީއަށް ބޭނުންވާ މުވައްޒަފުންގެ އަދަދު ބަލަނީ
ކެމްޕެއިނަށް ޖެހި ހޮޅިތައް ބޭރުކުރަނިކޮށް ހުއްޓުވައިފި
ހުޅުމާލޭގެ ފިތުރޯނުގަސްތައް ހުރި ބިން ވިޔަފާރިތަކަށް
އެޗްޑީސީ އަށް 14 ބިލިއަން ރުފިޔާ ލިބެންޖެހޭ: ފަޒުލް
އެސްޖޭގެ ބިމާ ގުޅޭ ސުވާލުތައް ހޫނުވެއްޖެ