ށ. އަތޮޅުގެ ބައެއް ރަށްތަކަށް މުދާ ހިފައިގެން ދަތުރުކުރާ ކަނޑިތީމު ބޯޓެއް މުދަލާ އެކު އަޑިއަށް ހިނގައްޖެ އެވެ.
03 ޖޫން 2024
ށ. އަތޮޅުގެ ބައެއް ރަށްތަކަށް މުދާ ހިފައިގެން ދަތުރުކުރާ ކަނޑިތީމު ބޯޓެއް މުދަލާ އެކު އަޑިއަށް ހިނގައްޖެ އެވެ.
ކަނޑިތީމުގެ އިތުރުން ބިލެއްފައްސާއި ނޫމަރާ އާއި ގޮއިދު އާއި ފޭދުއަށް ވެސް މުދާ އުފުލަނީ 2007 ގައި ދުއްވަން ފެށި "އުޅިއަށި" ކިޔާ މި ބޯޓުންނެވެ.
ކަނޑިތީމު ކައުންސިލްގެ ރައީސް އަހުމަދު އަހުސަން ވިދާޅުވީ އެ ބޯޓު އަޑިއަށް ދިޔައީ މުދާ ހުސްކުރުމަށް ބިލެއްފަހީގެ ފަޅަށް ވަންނަނިކޮށް ނެރުގައި ޖެހިގެން މިއަދު ހެނދުނު ކަމަށެވެ.
ކަނޑިތީމު "އުޅިއަށި ބޯޓު" ބިލެއްފަހީ ފަޅު ތެރެއަށް އަޑިއަށް ދާން ފެށުމުން އެ ރަށު ރައްޔިތުން ނިކުމެ އޭގައި ހުރި މުދާތައް ބާލަނީ.-- ފޮޓޯ: ބިލެއްފަހީ ކައުންސިލް
ބޯޓު ވަރަށް ބޮޑަށް ދިޔަވާން ފަށުމުން ބަނދަރާ ގާތްކުރިއިރު ބޯޓުގެ ބޮޑު ބައެއް އޮތީ ފެނު އަޑިއަށް ގޮސްފައި ކަމަށް އޭނާ ވިދާޅުވި އެވެ.
"އިއްޔެ މާލެއިން މުދާ ހިފައިގެން އައިސް ހުރިހާ ރަށަކަށް ތަރުކާރީ އާއި މޭވާތައް ބާލާފައި ރަށަށް އައީ. މިއދު ހެނދުނު އެ ރަށްތަކަށް މުދާ ބާލަން ގޮސް ބިލެއްފަހީ ފަޅަށް ވަންތަނާ އެ ހާދިސާ މި ހިނގީ،" އޭނާ ވިދާޅުވި އެވެ.
ބޯޓު އަޑިއަށް ދިޔައިރު އޭގައި ގިނަ އަދަދެއްގެ މުދާ ހުރިއިރު ބިލެއްފަހީ ރައްޔިތުން ނިކުމެ ވަނީ މަތީގައި ހުރި މުދާތައް ބަނދަރުމައްޗަށް ބާލައިފަ އެވެ. އޭގެ ތެރޭގައި ވިޔަފާރިވެރިންގެ މުދަލާއި އާންމުންގެ ގިނަ އަދަދެއްގެ މުދާ ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ކަނޑިތީމު "އުޅިއަށި ބޯޓު" ބިލެއް ފަހީ ފަޅު ތެރެއަށް އަޑިއަށް ދާން ފެށުމުން އެ ރަށު ރައްޔިތުން ނިކުމެ އޭގައި ހުރި މުދާތައް ބާލަނީ.-- ފޮޓޯ: ބިލެއްފަހީ ކައުންސިލް
"މިހާރު އެ އޮތީ އެއްކޮށް އަޑީގައި. މަތީގަ ހުރި މުދާކޮޅު ބޭލުނު، އަޑީގައި ހުރި މުދާތައް ސަލާމަތެއް ނުވި. ދެން އެ ބޭނުން ކުރެވޭނެހެން ހިޔެއް ނުވޭ،" އަހުސަން ވިދާޅުވި އެވެ.
އެ ބޯޓު ފުން ކުރުމަށް މިހާރު އޭގައި "ބެލޫން" ޖަހައިގެން މައްޗަށް ނެގުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ބޯޓު އަޑިއަށް ދިއުމުން ބިލެތްފަހިން ނަމޫނާ ދެއްކި!
ދަރިވަރުގެ ފަރުވާގެ ހަރަދުތައް އެކަޑަމީން ހަމަޖައްސަނީ
ހައިވޭގައި އެކްސިޑެންޓުވެ ކުއްޖަކާއި މީހަކު ޒަހަމްވެއްޖެ
އަނިޔާވި ދަރިވަރުގެ އިތުރު ބޮޑެތި ސާޖަރީތަކެއް ހަދަނީ
އައްޑޫގައި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ
ބޯޓެއްގެ ބުރަފަތީގައި ޖެހި ދަރިވަރަކު ޒަހަމްވެއްޖެ
ލާމު ލިންކު އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ
ސައިކަލަކާއި ފުލުސް ކާރެއް ޖެހި، އެކްސިޑެންޓުވެއްޖެ
ނައިޓްކްލަބެއްގެ ފުރާޅު ވެއްޓި 100 މީހުން މަރުވެއްޖެ
ކުޑަހުވަދޫގައި މުދާ އުފުލާ ޕިކަޕެއް ފަޅުތެރެއަށް ވެއްޓިއްޖެ