04 ޖޫން 2024
އިއްޔެ ށ. ކަނޑިތީމުން ފުރައިގެން އެ އަތޮޅު ބިލެތްފަހި ފަޅަށް ވަންނަނިކޮށް ނެރުގައި ޖެހިގެން އަޑިއަށްދިޔަ ބޯޓުގައި ހުރި މުދާތައް ހުސްކުރުމާއި ބޯޓު ފުން ކުރުމުގައި އުޅުނު މީހުންނަށް ކައްކައި ކެއުމުގެ ކަންކަން ހަޖެއްސުމަށް އެހީވެ، ބިލެތްފަހީ ރައްޔިތުން ނަމޫނާ ދައްކައިފި އެވެ.

މީގެ 17 އަހަރު ކުރިން، 2007ގައި ކަނޑިތީމުގެ އިތުރުން ބިލެތްފައްސާއި ނޫމަރާ އާއި ގޮއިދު އާއި ފޭދުއަށް ވެސް މުދާ އުފުލަން ފެށި "އުޅިއަށި" ބޯޓު އަޑިއަށް ދާން ފެށީ އިއްޔެ ހެނދުނު 7:00 ހާއިރު އެވެ.
އެ ބޯޓު އަޑިއަށް ދާން ފެށުމުން އެންމެ ފުރަތަމަ ބޯޓުގައި ހުރި މުދާތައް ބަނދަރަށް ބޭލުމަށް ނިކުތީ އެ ރަށު ރައްޔިތުންނެވެ. އެއަށްފަހު އެ ރަށު ސްކޫލުގެ ސްކައުޓް ދަރިވަރުން ވެސް އެހީވާން ނިކުތެވެ.
ކަނޑިތީމު "އުޅިއަށި ބޯޓު" ބިލެތްފަހީ ފަޅު ތެރެއަށް އަޑިއަށް ދާން ފެށުމުން އެ ރަށު ރައްޔިތުން ނިކުމެ އޭގައި ހުރި މުދާތައް ބާލަނީ.-- ފޮޓޯ: ބިލެތްފަހި ކައުންސިލް
ކަނޑިތީމު ކައުންސިލްގެ ރައީސް އަހުމަދު އަހުސަން ވިދާޅުވީ އެ ދާއިރާގެ ރަށްތަކުގެ ރައްޔިތުން، ހާއްސަކޮށް ބިލެތްފަހީގެ ރައްޔިތުންގެ ފަރާތުން ބޯޓުގައި ހުރި މުދާ ހުސްކުރުމަށާއި ބޯޓު ފުންކުރުމުގައި ދިން އެހީތެރިކަން ހެޔޮހިތުން ބަލައިގަންނަ ކަމަށެވެ.
ކަނޑިތީމު "އުޅިއަށި ބޯޓު" ބިލެތްފަހީ ފަޅު ތެރެއަށް އަޑިއަށް ދާން ފެށުމުން އެ ރަށު ރައްޔިތުން ނިކުމެ އޭގައި ހުރި މުދާތައް ބާލަނީ.-- ފޮޓޯ: ބިލެތްފަހި ކައުންސިލް
"މި ދާއިރާގެ އެހެން ރަށްރަށުން ވެސް މީހުން އައި، އެހީވާން. ހާއްސަކޮށް ބިލެތްފަހީ ރައްޔިތުންނާއި އެ ރަށު ސްކޫލު ދަރިވަރުން. އެ ރަށު ރައްޔިތުން އެންގީމަ އަޅުގަނޑުމެންނަށް އެނގުނީ ކަމެއް ހިންގައިގެން އުޅޭކަން. އަޅުގަނޑުމެންނަށް އެ ރަށަށް ދެވުނުއިރު އެ ރަށު (ބިލެތްފަހީ) ރައްޔިތުން ހުރީ އެ ދޯނިން އެ މީހުންނަށް ނެގޭނެ ހުރިހާ މުދަލެއް ބަނދަރަށް ބާލައިދީފައި،" އޭނާ ވިދާޅުވި އެވެ.
ކަނޑިތީމު "އުޅިއަށި ބޯޓު" ބިލެތްފަހީ ފަޅު ތެރެއަށް އަޑިއަށް ދާން ފެށުމުން އެ ރަށު ރައްޔިތުން ނިކުމެ އޭގައި ހުރި މުދާތައް ބާލަނީ.-- ފޮޓޯ: ބިލެތްފަހި ކައުންސިލް
އަހުސަން ވަނީ ބިލެތްފަހީގެ ރައްޔިތުން ބެހެއްޓި މެހެމާންދާރީ އަށް ކަނޑިތީމު ރައްޔިތުންގެ ފަރާތުން ޝުކުރު އަދާކުރައްވައިފަ އެވެ.
"އަޅުގަނޑުމެން އެ ރަށަށް ގޮސް އަޑީގައި ހުރި މުދާތައް، ސިމެންތި، ކާޑުގެ ބާވަތްތައް، ގޭސް، ފިލާ ކަހަލަ އެއްޗެހި ހުސްކޮށް ބޯޓު ފުން ކުރަން އުޅުނު ހުރިހާ ވަގުތެއްގައި ވެސް އެ ރަށު ރައްޔިތުން ވަރަށް އެހީވި. ބޯޓު ފުން ކުރަން އުޅުނު އެންމެންނަށް ރަށުގެ އަންހެންވެރިން ބަނދަރުމަތީގައި އުނދުން ޖަހައިގެން ކެއްކީ،" އޭނާ ވިދާޅުވި އެވެ.
އަޑިއަށްދިޔަ ކަނޑިތީމު ބޯޓު ފުން ކުރުމަށް ހަރަކާތްތެރިވި މީހުންނަށް ބިލެއްފަހީ އަތިރިމަތީގައި ކެއުން ތައްޔާރުކޮށްފައި.-
ބިލެއްފަހީ ސްކޫލުގެ ޕްރިންސިޕަލް އަމްޖަދު ހުސެއިން އާއި އެ ސްކޫލުން ވަނީ އެ ސްކޫލުގެ ސްކައުޓް ދަރިވަރުން ކުރި މަސައްކަތަށް ވަނީ ތައުރީފު ކޮށްފަ އެވެ.
"އުޅިއަށި ބޯޓު ބިލެތްފަހީގެ ނެރުމައްޗަށް އަރައި ހިނގި ހިތާމަވެރި ހާދިސާ އާ ގުޅިގެން، އެ ބޯޓުގައި ހުރި މުދާ ހުސްކުރުމުގެ މަސައްކަތުގައި ބައިވެރިވި ސްކޫލްގެ ސްކައުޓް ދަރިވަރުންނަށް އައްސަރިބަހާއި ސާބަސް ރައްދުކުރަން،" ޕްރިންސިޕަލް ވިދާޅުވި އެވެ.
ކަނޑިތީމު "އުޅިއަށި ބޯޓު" ބިލެތްފަހީ ފަޅު ތެރެއަށް އަޑިއަށް ދާން ފެށުމުން އެ ރަށު ސްކައުޓް ދަރިވަރުން ނިކުމެ އޭގައި ހުރި މުދާތައް ބާލަނީ.-- ފޮޓޯ: ބިލެތްފަހި ކައުންސިލް
"ތިޔަ ދަރިވަރުންގެ ފަރާތުން ފެނިގެންދިޔައީ އެއްބައިވަންތަކަމާއި، އެހީ ފޯރުކޮށް ދިނުމުގެ ރީތި އާދަ އާއި ކުއްލިއަކަށް ދިމާވާ މިފަދަ ކަންކަމުގައި އެހީ ފޯރުކޮށްދިނުމުގައި ތިޔަ ދަރިވަރުން ތައްޔާރަށް ތިބިކަން."
ކަނޑިތީމު "އުޅިއަށި ބޯޓު" ބިލެތްފަހީ ފަޅު ތެރެއަށް އަޑިއަށް ދާން ފެށުމުން އެ ރަށު ސްކައުޓް ދަރިވަރުން ނިކުމެ އޭގައި ހުރި މުދާތައް ބާލަނީ.-- ފޮޓޯ: ބިލެތްފަހި ކައުންސިލް
ބިލެތްފަހީ ކައުންސިލްުން ވެސް ވަނީ އެ ރަށު ރައްޔިތުން ބެހެއްޓި މެހެމާންދާރީއަށް ޝުކުރު އަދާކޮށްފަ އެވެ.
ގިނަ އަދަދެއްގެ މުދަލާ އެކު ކަނޑިތީމު ބޯޓެއް އަޑިއަށް
"ފީބޯ ވަޅު" ހޯދަން ކުޑަދޫގައި
ލޯންޗުން ޖެހި މަރުވި މީހާ އޮތީ ދެބުރިވެފައި!
ޒަރީރުގެ ތާރީޚީ ހަޒާނާއިން ބައެއް ވާހަކަތައް
ކަނބުރުގެއިން އަޅިއެއް ނުބުރާނެ, ބައި ގަރުނުވެއްޖެ
ކަނޑިތީމަށް ހަމްދޫން އުދުއްސާލި އުފާވެރިކަން
އިދިކޮޅުން ހުރަސްއަޅައި އިސްކުރަނީ އަމިއްލަ މަސްލަހަތު
ލޯންޗު އެކްސިޑެންޓްގައި ރަޝީދު މަރުވި މައްސަލަ ބަލަނީ
އާބަންކޯ މުވައްޒަފުންގެ ވަޒީފާ ނުގެއްލޭނެ: މުއިއްޒު
ށ. އަތޮޅަށް ސަރުކާރުތަކުން އިހުމާލުވެއްޖެ: ރައީސް