Roadha Mihaaru
ގެދޮރު އިމާރާތްކުރަން އިސްލާމިކް ސްކީމެއް ތައާރަފްކޮށްފި

ގެދޮރު އިމާރާތްކުރަން ބީއެމްއެލް އިސްލާމިކް އިން ހާއްސަ ސްކީމެއް ތައާރަފްކޮށްފި

22 ފެބުރުއަރީ 2017

ގެދޮރު އިމާރާތް ކުރުމާއި މަރާމާތުކުރަން ބޭނުންވާ ފަރާތްތަކަށް އިސްލާމީ އުސޫލުތަކުގެ މަތިން މާލީ އެހީތެރިކަން ފޯރުކޮށްދޭ ސްކީމެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ތައާރަފްކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ގެދޮރު އިމާރާތް ކުރުމާއި މަރާމާތުކުރަން ބޭނުންވާ ފަރާތްތަކަށް އިސްލާމީ އުސޫލުތަކުގެ މަތިން މާލީ އެހީތެރިކަން ފޯރުކޮށްދޭ ސްކީމެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ތައާރަފްކޮށްފި އެވެ.

ބީއެމްއެލްގެ އިސްލާމިކްގެ ޑައިރެކްޓަރު ޒުލްގަރްނައިން ތަމަން ނޫސްވެރިންނާ ވާހަކަދައްކަވަމުން ވިދާޅުވި ގޮތުގައި އިސްލާމިކް ހޯމް ކޮންސްޓްރަކްޝަން ފައިނޭންސިންއަކީ ގެދޮރު ހަދަން ނުވަތަ މަރާމާތު ކުރަން ފައިސާ ނެތް މީހުންނަށް ލިބޭނެ ހައްލެކެވެ. އެގޮތުން މި ސްކީމްގެ ދަށުން ޕްރޮޖެކްޓްގެ 80 ޕަސެންޓާ ހަމަޔަށް އެ ބޭންކުން ފައިސާ ހަރަދު ކޮށްދޭން ނިންމާފައިވާ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

"މިއީ ބިން ގަތުމާއި އަލަށް ގެ އިމާރާތް ކުރުމާއި އާބާތުރަ ފިލުވަން ބޭނުންވާ މީހުންނަށް ހާއްސަ ޕްރޮޑަކްޓެއް،" އޭނާ ވިދާޅުވި އެވެ.

ބީއެމްއެލް އިސްލާމިކް ބޭންކްގެ ޑައިރެކްޓަރު އައިޝަތު މަނިކެ ވާހަކަ ދައްކަވަނީ: ހޯމް ކޮންސްޓްރަކްޝަން ފައިނޭންސްގައި ބައިވެރިވާން ބޭނުންވާ މީހުންނަށް އެ ފުރުސަތު ވަނީ ހުޅުވާލާފައި. - ފޮޓޯ: ނިޝާން އަލީ/ މިހާރު

ބީއެމްއެލް އިސްލާމިކް ބޭންކްގެ ޑައިރެކްޓަރު އައިޝަތު މަނިކެ ވާހަކަ ދައްކަވަނީ: ހޯމް ކޮންސްޓްރަކްޝަން ފައިނޭންސްގައި ބައިވެރިވާން ބޭނުންވާ މީހުންނަށް އެ ފުރުސަތު ވަނީ ހުޅުވާލާފައި. - ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭނާ ވިދާޅުވި ގޮތުގައި 20 އަހަރަށް ބަހާލައިގެން އަނބުރާ ދައްކަން ޖެހެނީ އަހަރަކު 9.5 ޕަސެންޓް ނުވަތަ 10.5 ޕަސެންޓް ޕްރޮފިޓް ރޭޓުގަ އެވެ. އަދި ކުރިމަގުގައި މާލީ ދާއިރާގެ އިތުރު ޕްރޮޑަކްޓްތަކެއް ތައާރަފް ކުރާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.

ބީއެމްއެލް އިސްލާމިކްގެ ޑައިރެކްޓަރު އައިޝަތު މަނިކެ ވިދާޅުވީ އެ ބޭންކަކީ މިހާރު އެންމެ ފުޅާ ދާއިރާގައި އިސްލާމިކް ބޭންކްގެ ހިދުމަތް ދޭ ބޭންކް ކަމަށެވެ. އެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ބީއެމްއެލްގެ 31 ބްރާންޗަކުން އިސްލާމިކް ބޭންކިންގެ ހިދުމަތް ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ގެދޮރު އިމާރާތްކުރަން ބޭނުންވާ މީހުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ތައާރަފް ކުރި ސްކީމަށް ހުށަހެޅުމަށް ބީއެމްއެލް އިސްލާމިކް މާލޭ ބްރާންޗުންނާއި ބީއެމްއެލްގެ އެހެން ހުރިހާ ބްރާންޗްތަކަށް ހުށަހެޅޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބީއެމްއެލް އިސްލާމިކްގެ ދަށުން، އެ ބޭންކުގެ ހުރިހާ ބްރާންޗްތަކުގައި މިހާރު ވެސް "ވަދީއާ"ގެ ނަމުގައި އަމިއްލަ މީހުންނަށް އަދި ވިޔަފާރިތަކަށް ވެސް އެކައުންޓް ހުޅުވައިދެ އެވެ. އަދި "ބީއެމްއެލް އިސްލާމިކް ވިސާ ޑެބިޓް ކާޑު"ގެ ނަމުގައި ކޭޝް ކާޑެއް ވެސް ދޫކުރެ އެވެ.

ބީއެމްއެލްގެ އިތުރުން އިސްލާމިކް ފައިނޭންސްގެ ހިދުމަތް ދޭ ތަންތަނުގެ ތެެރޭގައި މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) އާއި ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) ހިމެނެ އެވެ.