Roadha Mihaaru
ދަރިފުޅުގެ ހަންގަނޑާ ބެހޭ ގޮތުން އެނގެން ޖެހޭ

އަލަށް އުފަންވާ ކުދިންގެ ހަންގަނޑާ ބެހޭ ގޮތުން އެނގެންޖެހޭ ބައެއް ކަންކަން

30 މެއި 2024

ކުޑަދަރިފުޅުގެ ހަންގަނޑަކީ ވަރަށް ނާޒުކު އެއްޗެކެވެ. އަދި އަލަށް އުފަންވާއިރު ދުޅަހެޔޮ ސިއްހަތެއްގައި ހުންނަ ކުއްޖެއްގެ ހަންގަނޑު ހުންނަނީ ރަތް ނުވަތަ މާމުއިކުލައިގެ ހަންގަނޑަކެވެ.

ހަފީޒާ އަހުމަދު ހަފީޒާ އަހުމަދު

ކުޑަދަރިފުޅުގެ ހަންގަނޑަކީ ވަރަށް ނާޒުކު އެއްޗެކެވެ. އަދި އަލަށް އުފަންވާއިރު ދުޅަހެޔޮ ސިއްހަތެއްގައި ހުންނަ ކުއްޖެއްގެ ހަންގަނޑު ހުންނަނީ ރަތް ނުވަތަ މާމުއިކުލައިގެ ހަންގަނޑަކެވެ.

ވަރަށް ގިނަ ކުދިންގެ ހަންގަނޑު ރޭޝްވެ، ހަންގަނޑު ހަލާކު ވެސް ވެއެވެ. މިއީ އެ ކުދިންގެ ހަންގަނޑާ ބެހޭ ގޮތުން ކޮންމެހެން ވެސް އެނގެން ޖެހޭނެ ކަންކަމެވެ.

ވިހާއިރު ހުންނަ އިސްތަށިކޮޅު

މި އަށް ކިޔަނީ ލަނޫގޯ އެވެ. އެއީ ވިއެމުގައި ހުންނަ ކުދި ލޯލި އިސްތަށިތަކެވެ. އަލަށް އުފަންވާ ކުއްޖެއްގެ ވާނިކްސް ހިފެހެއްޓުމަށް ލަނޫގޯ އަކީ މުހިންމު ދައުރެއް އަދާ ކުރާ އެއްޗެކެވެ.

ހުންނަނީ ރައްކާތެރި ކޯޓިންއެއް

އަލަށް އުފަން ކުދިން ދުނިޔެ އަށް އަންނަ އިރު ހުންނަނީ 100 ޕަސެންޓު މޮއިސްޗަރައިޒަރާ އެކުގަ އެވެ. ވާނިކްސް އިން ކުއްޖާ އަށް ރައްކާތެރި ކޯޓިންއެއް ލިއްބައިދެއެވެ. އަދި އެމްނިއޯޓިކް ފްލޫޑްގައި ހުންނަ އިލެކްޓްރޯނިކްސް ފަދަ މާއްދާތަކުން ހަންގަނޑު ރައްކާތެރި ކޮށްދެއެވެ. ނަމަވެސް ކުއްޖާ ފެންވަރުވައި، ގައިގައި އަތްލާ ވަރަކަށް ވާނިކްސް ފިލައިގެންދާނެ އެވެ.

ކުދިންގެ ހަންގަނޑު ތުނިވާނެ

ދިރާސާތަކުން ދައްކާ ގޮތުގައި އަލަށް އުފަންވާ ކުދިންގެ ހަންގަނޑާއި ބޮޑެތި މީހުންގެ ހަންގަނޑާ އެއްވަރުގެ ބޯމިނެއް ނުހުރެދާނެ އެވެ. މިހެން ތުނިވަނީ ބޮޑަށް ދުވަސްނުފުރާ ކުދިންގެ އެވެ.

ރޭޝެޝް ހުރުމަކީ އާންމުކަމެއް

އަލަށް އުފަންވާ ކުދިންގެ ގައިގައި ރޭޝެސް ހުރުމަކީ މައްސަލައެއް ނޫނެވެ. އާންމުކޮށް ވިިހާތާ 2-3 ދުވަސް ވާއިރު އެރީތެމާ ޓޮކްސިކަމް ކިޔާ ރޭޝެސް ހުރެއެވެ. އެ ހުންނާނީ ރަތްކުލަ ގަދަކޮށް ކުދި ބިހިތަކެއް ހުންނަހެންނެވެ. ދުވަސްކޮޅެއްގެ ތެރޭގައި އަމިއްލަ އަށް އެ ރޭޝެސްތައް ފިލައިގެން ދާނެ އެވެ.

ހަމުގެ ކުލަ ބަދަލުވުން

ބޮޑެތި މީހުންނާ ހިލާފަށް ތުއްތު ކުދިންގެ ހަންގަނޑު ތުނިވެފައި ޑްރައި ވާނެ އެވެ. އަދި އެ ކުދިންގެ ގައިގައި ހުންނަ މެލޭނިމް މަދުވާނެ އެވެ. މި ސަބަބަށްޓަކައި އެ ކުދިންގެ ހަމުގެ ކުލައަށް ބަދަލު އަންނާނެ އެވެ.

ގައިގައި ބިހިނެގުމަކީ މައްސަލައެއް ނޫން

ވިހާތާ 2-3 ހަފުތާގައި އެ ކުދިންގެ ގައިގައި ކުދި ރަތް ބިހި ނެގުމަކީ މައްސަލައެއް ނޫނެވެ. އާންމުކޮށް 20 ޕަސަންޓު ކުދިން ގަައިގައި އެ ބިހި ނަގާފައި ހުރެ އެވެ.

މިއީ އަލަށް އުފަންވާ ކުދިންގެ ހަމުގެ ހަންގަނޑާ ބެހޭ ގޮތުން މައިން ވިސްނާލަން ބައެއް ނުކުތާތަކެވެ.