މިހާރަކަށް އައިސް ކޮންމެ ގެއެއްގައި ވެސް ބުޅަލެއް ނުވަތަ ދޫންޏެއް ނުގެންގުޅޭ ގެއެއް ވަރަށް މަދެވެ. ނަމަވެސް އަހަރެމެންގެ ތެރޭގައި ހާއްސަކޮށް ކުޑަކުދިންގެ ހަމުގެ ބައްޔެއް ކަމަށްވާ އެކްޒީމާ ހުންނަ ކުދިން ވަރަށް ބައިވަރު އުޅެ އެވެ.
02 ޖޫން 2024
މިހާރަކަށް އައިސް ކޮންމެ ގެއެއްގައި ވެސް ބުޅަލެއް ނުވަތަ ދޫންޏެއް ނުގެންގުޅޭ ގެއެއް ވަރަށް މަދެވެ. ނަމަވެސް އަހަރެމެންގެ ތެރޭގައި ހާއްސަކޮށް ކުޑަކުދިންގެ ހަމުގެ ބައްޔެއް ކަމަށްވާ އެކްޒީމާ ހުންނަ ކުދިން ވަރަށް ބައިވަރު އުޅެ އެވެ.
މިފަދަ ކުދިންނަށް ބުޅާ ފަދަ ތަކެތި ގެންގުޅުމުން އެ ކުދިންނަށް އެއްވެސް ކަހަލަ ނުރައްކަލެއް ވެދާނެތޯ މިއީ އުފެދޭ ސުވާލެކެވެ.
އާންމުކޮށް އަހަރެމެންގެ ތެރޭގައި މި ގެންގުޅެނީ ބުޅަލެވެ. ބުޅަލަކީ އޭގެ ސަބަބުން އެކްޒީމާ ޖެހިދާނެ ކަމުގެ ހެއްކެއް އަދި ފެނިފައި ނުވާ ޖަނަވާރެއް ކަމަށް ވިޔަސް އެކްޒީމާ ހުންނަ ކުދިންގެ ހަންގަނޑަށާއި ނޭވާލުމުގެ ނިޒާމުން އަލާމާތްތައް ފެންނަން ފަށާނެ އެވެ.
ނަމަވެސް 2016 ވަނަ އަހަރު ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ގޭގައި ބުޅާ ގެންގުޅުމުން އެކްޒީމާ ޖެހުމުގެ ފުރުސަތު ބޮޑު ވެ އެވެ.
- ގޭގައި ގެންގުޅޭ ޖަނަވާރުގެ ކުންޏާއި އެ އެއްޗިހި ނިދަން ގެންގުޅޭ އެނދާއި އަދި ކުޅޭ އެއްޗިހި ކުދިން ދުރުކުރުން.
- ގޭގައި ގެންގުޅޭ ޖަނަވާރުގެ ގައިގައި އަތްލުމުން ކުދިންގެ އަތް ރަނގަޅަށް ދޮވެ ސާފުކޮށް ބެހެއްޓުން.
- ގޭގައި ގެންގުޅޭ ޖަނަވާރު ނިދާ ތަން ކުދިންގެ ނިދާ ކޮޓަރިއާ ވީހާ ވެސް ދުރެއްގައި ބެހެއްޓުން.
- ގޭތެރެ ގަވައިދުން ވެކިއުމްކޮށް ޑީޕް ކްލީންކުރުން.
- އެކްޒީމާ ހުންނަ ކުއްޖެއް ނަމަ ގަވައިދުން ޗެކަޕް ހެދުން.
ޕެޓެއް ގެންގުޅެން ބޭނުންވާ ނަމަ މި ހުރިހާ ކަމަކަށް ވިސްނާލުން ވަރަށް މުހިއްމު ވާނެ އެވެ.
މިއީ "ހެލްތުލައިން" ވެބްސައިޓުގައި ލިޔެފައިވާ ލިޔުމެއްގެ ތަރުޖަމާއެވެ.
ކުޑަކުދިންނަށް ރަނގަޅުވެދާނެ ޕެޓްތައް
ދަރިފުޅުގެ ހަންގަނޑާ ބެހޭ ގޮތުން އެނގެން ޖެހޭ
ފުރާނަ ސަލާމަތްކޮށްދޭނެ ސެންސާއެއް ވެހިކަލްތަކަށް
ދަރިންގެ ކިބައިގައި ތިން ސިފައެއް އަށަގެންނެވުން
އެމްއައިބީން "ރޯދަ ކެޗާ"ގެ ނަމުގައި ހާއްސަ ޗެލެންޖެއް
ކުދިންގެ ކަރާމާތް ނުގެއްލޭ ކޮންޓެންޓު ފޮނުވަން އެދިއްޖެ
މާޒް ސަލީމް ފުލުހަށް ހާޒިރުވާން އަންގައިފި
އެމްޑީޕީގެ އެއްވުމުގައި ހިނގި ކަންކަން ކުށްވެރިކޮށްފި
ކުދިންނަށް ހަތް ދުވަސް ވާ ދުވަހު ކޮށްދޭންޖެހޭ ކަންކަން
މުޒާހަރާގައި ދެއްކި ވާހަކައަށް ފިޔަވަޅުއަޅަން ގޮވާލައިފި