21 ފެބުރުއަރީ 2017
އޭއެފްސީ ކަޕުގެ ޕްލޭއޮފުގެ ފުރަތަމަ ލެގުގައި މިއަދު ހަވީރު އިންޑިއާގެ މޯހަން ބަގާން މޮޅުވާން ދަނިކޮށް، ޕެނަލްޓީއަކުން އޮމަޑޫ ގޮޑްފްރޭ ވެސްޓް ވައްދާލި ލަނޑާ އެކު މެޗު 1-1 އިން އެއްވަރުކޮށް ކްލަބް ވެލެންސިއާ އިން ގްރޫޕް ސްޓޭޖަށް ދިއުމުގެ އުއްމީދު ދަމަހައްޓައިފި އެވެ.
އޭއެފްސީ ކަޕުގެ ޕްލޭއޮފުގެ ފުރަތަމަ ލެގުގައި މިއަދު ހަވީރު އިންޑިއާގެ މޯހަން ބަގާން މޮޅުވާން ދަނިކޮށް، ޕެނަލްޓީއަކުން އޮމަޑޫ ގޮޑްފްރޭ ވެސްޓް ވައްދާލި ލަނޑާ އެކު މެޗު 1-1 އިން އެއްވަރުކޮށް ކްލަބް ވެލެންސިއާ އިން ގްރޫޕް ސްޓޭޖަށް ދިއުމުގެ އުއްމީދު ދަމަހައްޓައިފި އެވެ.
މެޗު އެއްވަރުވި ނަމަވެސް، ރަށުން ބޭރުގައި ޖެހި ގޯލާ އެކު އަންނަ ހަފުތާގައި ކަލްކަތާގައި ކުޅޭ ދެ ވަނަ ލެގަށް ނުކުންނައިރު މޯހަން ބަގާން އޮންނާނީ އެއް ފިޔަވަޅު ކުރީގަ އެވެ. އެ މެޗު ލަނޑެއް ނުޖެހި އެއްވަރުކޮށްލައިގެން ވެސް، އިންޑިއާގެ އެންމެ ދުވަސްވީ ކްލަބަށް ގްރޫޕް ސްޓޭޖުން ފުރުސަތު ލިބޭނެ އެވެ.
ޕްރިލިމިނަރީ ބުރުގައި ބޫޓާނުގެ ތިމްޕޫ ސިޓީ އެފްސީގެ މައްޗަށް ކުރި ހޯދުމަށް ފަހު ޕްލޭއޮފުން ޖާގަ ހޯދި ވެލެންސިއާ އަށް މެޗު ފަށައިގެން ހަމަޖެހިނުލެވީސް މޯހަން ބަގާން އިން ވަނީ ލީޑު ނަގައިފަ އެވެ. ޝުބާޝިސް ބޮސް ދިން ބޯޅަ އޭރިއާ ތެރޭ ހުސްކޮށް ހުރި ޑަރީލް ޑަފް ގޯލަށް ވައްދާލީ ހަ ވަނަ މިނެޓުގަ އެވެ.
މި ލަނޑާ އެކު މޯހަން ބަގާން އިން ކުޅެން ފެށީ ލަސް އެކަމަކު އޯގަނައިޒް ކުޅުމެކެވެ. މޯހަން ބަގާންގެ މިޑްފީލްޑް ލައިން ފަހަނައަޅައި ވެލެންސިއާ އަށް ވަދެގަންނަން އުދަނގޫވުމުން އެ ޓީމުން ގޯލަށް ކޮންމެވެސް ވަރަކަށް ޝޫޓްކުރަން ވެސް މަސައްކަތްކުރި އެވެ. މެޗުގެ 24 ވަނަ މިނެޓުގައި އެ ޓީމުގެ ޝިންޒީ ކަކާ ފޮނުވާލި ބާރު ބޯޅަ މޯހަން ބަގާންގެ ޕައުލް ޝިލްޓަން ވަނީ ވެއްޓިގެންވެފައި މަތަކޮށްފަ އެވެ.
މޯހަން ބަގާންގެ ޑަފީ ގޯލް ޖަހަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
އޭގެ މިނެޓެއް ފަހުން ވެލެންސިއާ އިން މޯހަން ބަގާންގެ ކައުންޓާ އެޓޭކެއް ރޫޅާލުމަށް ފަހު ރަނގަޅު ހަމަލައެއް އުފެއްދި އެވެ. އެކަމަކު ވެސްޓް ބޯޅަ ހިފައިގެން އަރާ ޖެހުމުން ކީޕަރު ވަނީ މަތަކޮށްފަ އެވެ. ވެސްޓް ބޯޅަ ފޮނުވާލިއިރު ވެލެންސިއާގެ ދެ ކުޅުންތެރިޔަކު ހުހަށް އަރާ ތިއްބެވެ.
މެޗުގެ 31 ވަނަ މިނެޓުގައި ވެލެންސިއާ އިން އަނެއްކާ ވެސް ލަނޑެއް ޖެހުމާ ގާތަށް ދިޔަ އެވެ. މޯހަން ބަގާންގެ ޑިފެންޑަރެއްގެ އަތުން ދޫވި ބޯޅައެއް ވެލެންސިއާގެ ކަކާ ހޯދައިގެން އަރައި އޭރިއާ ތެރެއިން ޖަހަޖަހާ އޮއްވާ މޯހަން ބަގާން ކީޕަރު އެ ބޯޅަ އަތުލި އެވެ. ކަކާ އެ ބޯޅަ ކީޕަރު އަތުން އަލުން ހޯދައި ހުސްކޮށް އޮތް ގޯލަށް ޖަހަން މަސައްކަތްކުރި ނަމަވެސް ރެފްރީ ނިންމީ ކަކާ ފައުލްކޮށްފައިވާ ކަމަށެވެ.
ދެ ވަނަ ހާފު ފަށައިގެން 66 ވަނަ މިނެޓުގައި މޯހަން ބަގާން އިން ލީޑު ފުޅާކުރުމާ ވަރަށް ގާތަށް ދިޔަ އެވެ. ވެލެންސިއާގެ ކެޕްޓަން ޝާފިއު އަހުމަދު އަތުން ބޯޅަ އަތުލައި މޯހަން ބަގާންގެ ބަލްވަންތު ސިންގަ ފޮނުވާލި ބާރު ބޯޅަ ސަލާމަތްކޮށްދިނީ ވެލެންސިއާ ގޯލްކީޕަރު މުހައްމަދު ފައިސަލެވެ.
ވެލެންސިއާ އިން ނަތީޖާ ހަމަހަމަކުރީ އޭގެ ތިން މިނެޓު ފަހުން ލިބުނު ޕެނަލްޓީއަކުން ވެސްޓެވެ. މިއީ ވެލެންސިއާގެ ޔޫސުފް ރަމީޒް އަރިމަތިން ނެގި ހުރަހެއް މޯހަން ބަގާންގެ ޝުބާޝިސް ދިފާއުކުރަން އުޅުމުގެ ތެރޭ އަތުގައި ޖެހުމުން ދިން ޕެނަލްޓީއެކެވެ. އޭނާގެ އަތުގައި ބޯޅަ ޖެހުމަށް ފަހު ވެލެންސިއާގެ އިބްރާހިމް ހަމްދާނަށް ބޯޅަ ލިބުމުން އޭނާ ޖެހުމުން ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ. އޭރު އެސިސްޓަންޓް ރެފްރީ ދިދަ ނަގައިގެން ހުރުމުން ގިނަ މީހުން ނިންމައިގެން ތިބީ އޭނާ ދިދަ ނެގީ ހަމްދާން އޮފްސައިޑް ހުރުމުން ކަމަށެވެ.
ވެލެންސިއާގެ ހިސާމް (ކ) އާއި މޯހަން ބަގާންގެ ޕްރަބިރް ބޯޅައަށް މަސައްކަތްކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
ވެލެންސިއާ އިން އެއްވަރުކުރިތާ ތިން މިނެޓު ފަހުން 73 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގަން ރަނުގެ ފުރުސަތު ލިބި ވަނީ ބޭކާރުވެފަ އެވެ. ވެލެންސިއާގެ ވެސްޓް ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަންނަނިކޮށް އޭނާ އަތުން ޑިފެންޑަރު ބޯޅަ ހޯދި ނަމަވެސް ވެސްޓް ވަނީ އަލުން އެ ބޯޅަ ހޯދައިފަ އެވެ. އޭނާ އެ ބޯޅަ އޭރިއާ ތެރޭ ހުސްކޮށް ހުރި ހުސެއިން ނިހާނަށް ދިނުމުން އޭނާ ގޯލަށް ފޮނުވާލި ބޯޅަ މޯހަން ބަގާންގެ ޑިފެންޑަރަކު ވަނީ ބްލޮކްކޮށްފަ އެވެ. ނިހާން އެ ބޯޅަ ޖެހިއިރު މޯހަން ބަގާން ކީޕަރު ވެސް އޮތީ ވެއްޓިފަ އެވެ.
މެޗުގެ 80 ވަނަ މިނެޓުގައި ވެލެންސިއާގެ ވެސްޓް ބާރު ހަމަލައެއް ގޯލަށް އަމާޒުކުރިއިރު އެ ބޯޅަ ކީޕަރު ދިފާއުކުރި އެވެ. އަދި 84 ވަނަ މިނެޓުގައި މޯހަން ބަގާންގެ ކެޕްޓަން ޖަޕާނުގެ ކަޓްސުމީ ޔުސާ ބޮލުން ފޮނުވާލި ބާރު ބޯޅަ ދިޔައީ ގޯލް މަތިންނެވެ.
މި ދެ ޓީމުގެ ތެރެއިން ދެ ލެގުން ކުރި ހޯދާ ޓީމެއް ވާދަކުރަން ޖެހޭނީ ރާއްޖޭގެ މާޒިޔާ އާއި އިންޑިއާގެ ބެންގަލޯ އެފްސީ އާއި ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ އެއް ގްރޫޕެއްގަ އެވެ.
މޯހަން ބަގާން އަތުން މާޒިޔާ އަށް ބޮޑު މޮޅެއް
މާޔޫސްކަމުން އަރައިގަންނަން މާޒިޔާއާ ދެކޮޅަށް
ފަހަތުން އަރައި މޮޅުވެ މޯހަން ބަގާން ދެ ވަނަ އަށް
މޯހަން ބަގާން އަތުން ބަލިވެ ވެލެންސިއާ ކަޓައިފި
ގްރޫޕް ސްޓޭޖުގެ އުއްމީދުގައި ވެލެންސިއާ ބޮޑު މެޗަކަށް
ކުރަން ޖެހޭ މަސައްކަތް ތިން ގުނަވެއްޖެ: ފެސްކޯ
ދަނޑަށް އަަރުވާނީ ނަތީޖާ ނެރެވޭވަރުގެ ޓީމެއް: މޯހަން
އިންޑިއާ ޓީމުތަކުގެ އުކުޅު މިހާރު އެނގޭ: ފެސްކޯ
ޕްލޭއޮފުގައި ވެލެންސިއާ ވާދަކުރަން ޖެހޭނީ މޯހަން ބަގާންއާ
ފެސްކޯގެ އިތުބާރު ކުޅުންތެރިންގެ މަސައްކަތަށް