05 އެޕްރީލް 2017
ފަހަތުން އަރައި ބަންގްލަދޭޝްގެ ޑާކާ އަބަހާނީ އަތުން 3-1 އިން މޮޅުވެ އޭއެފްސީ ކަޕުގެ ގްރޫޕް އީ ގެ ދެ ވަނަ މަގާމަށް އިންޑިއާގެ މޯހަން ބަގާން އަރައިފި އެވެ.
ފަހަތުން އަރައި ބަންގްލަދޭޝްގެ ޑާކާ އަބަހާނީ އަތުން 3-1 އިން މޮޅުވެ އޭއެފްސީ ކަޕުގެ ގްރޫޕް އީ ގެ ދެ ވަނަ މަގާމަށް އިންޑިއާގެ މޯހަން ބަގާން އަރައިފި އެވެ.
މި ގްރޫޕުގެ އެއް ވަނައިގައި ހަ ޕޮއިންޓާ އެކު އޮތީ އިއްޔެ ހަވީރު ރާއްޖޭގެ މާޒިޔާ އަތުން މާލޭގައި 1-0 އިން މޮޅުވި އިންޑިއާގެ ޗެމްޕިއަން ބެންގަލޫރު އެފްސީ އެވެ. މޯހަން ބަގާން އާއި މާޒިޔާ އަށް ވެސް ތިން ޕޮއިންޓް ލިބިފައިވާއިރު ފައިދާ ލަނޑު ވެސް ދެ ޓީމަށް އެއްވަރެވެ. މޯހަން ބަގާން އަށް ކުރި ލިބެނީ ޖެހި ލަނޑު ގިނަވުމުންނެވެ. މާޒިޔާ ތިން ވަނައިގައި އޮތްއިރު ފުލުގައި އޮތް އަބަހާނީ އަށް ޕޮއިންޓެއް ނުލިބެ އެވެ.
ކަލްކަތާގެ ރަބިންދްރާ ސަރޯބަރް ސްޓޭޑިއަމުގައި އަބަހާނީ އާއި މޯހަން ބަގާން ކުޅުނު މެޗުގައި 21 ވަނަ މިނެޓުގައި އަބަހާނީން ވަނީ ލީޑު ނަގައިފަ އެވެ. މި ގޯލް ޖަހައިދިނީ ވޭލްސްގެ ޔޫތު ގައުމީ ޓީމަށް ކުޅެފައިވާ ފޯވާޑް ޖޮނަތަން ބްރައުން އެވެ. ފުރަތަމަ ހާފުގެ ފަހު މިނެޓުގައި މޯހަން ބަގާން އަށް އެއްވަރުކޮށްދިނީ އިންޑިއާ ގައުމީ ޓީމުގެ ފޯވާޑް ޖޭޖޭ ލަލްޕެކްލުއާ އެވެ.
ދެ ވަނަ ހާފު ފަށައިގެން ދެ ވަނަ މިނެޓުގައި މޯހަން ބަގާން އަށް ލީޑު ނަގައިދިނީ ބަލްވަންތު ސިންގެވެ. އެ ޓީމުގެ ތިން ވަނަ ލަނޑު 87 ވަނަ މިނެޓުގައި ޖެހީ ހެއިޓީ ގައުމީ ޓީމުގެ ފޯވާޑް ސޮނީ ނޯޑޭ އެވެ.
މި ގްރޫޕުގައި ދެން އެންމެ އަވަހަށް ކުޅޭ މެޗުގައި މިމަހުގެ 18 ވަނަ ދުވަހު ބެންގަލޫރުން އަމިއްލަ ދަނޑުގައި ނުކުންނާނީ އަބަހާނީއާ ދެކޮޅަށެވެ. އަދި 19 ވަނަ ދުވަހު މޯހަން ބަގާން އިން އަމިއްލަ ދަނޑުގައި މާޒިޔާއާ ވާދަކުރާނެ އެވެ. އަނެއް ބުރާ ހޮވޭނީ ހޯމް އެންޑް އަވޭ އުސޫލުން ދެ ލެގު ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމެކެވެ.
މޯހަން ބަގާން އަތުން މާޒިޔާ އަށް ބޮޑު މޮޅެއް
މާޔޫސްކަމުން އަރައިގަންނަން މާޒިޔާއާ ދެކޮޅަށް
މޯހަން ބަގާންއާ ވެލެންސިއާ އެއްވަރުކޮށްފި
މޯހަން ބަގާނުން އޭއެފްސީ ކަޕަށް އިހުތިރާމުނުކުރޭ: މިލޯ
މާޒިޔާއަށް ގެއްލޭނެ އެއްޗެއް ނެތް، ޖެހިލުމެއް ނުވާނެ
މާޒިޔާ ބަލިކޮށް މޯހަން ބަގާން އިންޓަ ޒޯން ސެމީ އަށް
ދެކުނު އޭޝިއާގެ އެއްވަނަ މޯހަން ބަގާން ހޯދައިފި
މުހިންމީ އެކަޑަމީތަކާއި ބިދޭސީ މޮޅު ކުޅުންތެރިން
ވީއޭއާރް ބޭނުންކުރަން ބެންގަލޫރުން ގޮވާލައިފި
މޯހަން ބަގާން އަތުން ބަލިވެ މާޒިޔާ ކަޓައިފި