06 ފެބުރުއަރީ 2017
އޭއެފްސީ ކަޕަށް ކްލަބް ވެލެންސިއާ އަށް ރަނގަޅަށް ތައްޔާރުނުވެވޭ ކަމަށާއި މުބާރާތުގެ ޕްރިލިމިނަރީ ބުރުގެ ފުރަތަމަ ލެގުގައި ބޫޓާނުގެ ތިމްޕޫ ސިޓީއާ 0-0 އިން އެއްވަރުވި މެޗުގައި ތަފާތަކަށްވީ ކުޅުންތެރިންގެ ހިތްވަރު ކަމަށާއި މާދަމާ ދެ ވަނަ ލެގަށް ނުކުންނައިރު ވެސް އެ ތަފާތުތަކާ އެކު މޮޅުވެވޭނެ ކަމަށް އުއްމީދުކުރާ ކަމަށް ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނެފި އެވެ.
އޭއެފްސީ ކަޕަށް ކްލަބް ވެލެންސިއާ އަށް ރަނގަޅަށް ތައްޔާރުނުވެވޭ ކަމަށާއި މުބާރާތުގެ ޕްރިލިމިނަރީ ބުރުގެ ފުރަތަމަ ލެގުގައި ބޫޓާނުގެ ތިމްޕޫ ސިޓީއާ 0-0 އިން އެއްވަރުވި މެޗުގައި ތަފާތަކަށްވީ ކުޅުންތެރިންގެ ހިތްވަރު ކަމަށާއި މާދަމާ ދެ ވަނަ ލެގަށް ނުކުންނައިރު ވެސް އެ ތަފާތުތަކާ އެކު މޮޅުވެވޭނެ ކަމަށް އުއްމީދުކުރާ ކަމަށް ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނެފި އެވެ.
މި ދެ ޓީމު މާދަމާ ހަވީރު ގަލޮޅު ދަނޑުގައި ކުޅޭ މެޗުން މޮޅުވާ ޓީމަކަށް އަނެއް ބުރުން ފުރުސަތު ލިބޭނެ އެވެ. ލަނޑެއް ނުޖެހި އެއްވަރުވެއްޖެ ނަމަ އިތުރު ވަގުތު ކުޅެ އަދި ޕެނަލްޓީ ޖަހާނެ އެވެ. ސްކޯ ޑްރޯއެއްވެއްޖެ ނަމަ ފުރުސަތު ލިބޭނީ ތިމްޕޫ އަށެވެ.
ފުރަތަމަ ލެގަށް ފަހު ޓީމާ ހަވާލުވި ފެސްކޯ ބުނީ ބައިނަލްއަގްވާމީ މުބާރާތަކަށް ތައްޔާރުވާން ޖެހޭ ފެންވަރަށް ވެލެންސިއާ އަށް ތައްޔާރުނުވެވުނު ކަމަށާއި އެ މެޗުގެ ކުރިން ކޮށްފައިވަނީ އެންމެ ހަތަރު ޕްރެކްޓިސް ކަމަށެވެ.
"އެކަމަކު ކުޅުންތެރިންގެ ކިބައިން ނުފެނޭ އެކަމެއް. ވަރަށް ބޮޑަށް މޮޅުވުމުގެ ރޫހު ކުޅުންތެރިންގެ ކިބައިން ފެނުނީ. ވަރަށް އުނދަގޫ ހާލަތެއްގައި މެޗު ކުޅުނީ. ރާއްޖޭގައި މުޅި އަހަރު 32 ޑިގްރީ ސެލްސިއަސްގައި އޮންނައިރު މި މެޗު ކުޅުނީ މައިނަސް އެކެއް ޑިގްރީ ސެލްސިއަސްގައި. އެ އުނދަގޫ ހާލަތުގައި ވެސް ކުޅުންތެރިން ވަރަށް ކޮމިޓްމަންޓްދީގެން ވަރަށް ޑިސިޕްލިންއާ އެކު ކުޅުނީ. ކުޅުންތެރިން މެންޓަލީ ވަރަށް ބޮޑަށް ތައްޔާރުވެފައި އޮތީ،" ވެލެންސިއާ އަށް 2001 ގެ ޕޮމިސް ކަޕް ކާމިޔާބުކޮށްދިން ފެސްކޯ ބުންޏެވެ.
ފެސްކޯ ބުނީ ޒުވާން ގިނަ ކުޅުންތެރިން ހިމެނޭ މި ޓީމަށް ތަޖުރިބާކާރު ކުޅުންތެރިން ކަމަށްވާ މުހައްމަދު ސިފާން (ކުޑައްޓޭ) އާއި ޝާފިއު އަހުމަދު (ޝާފީ) އަދި މުހައްމަދު ފައިސަލް ފަދަ ކުޅުންތެރިންގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނު ކަމަށެވެ.
"އަޅުގަނޑު ޝުކުރުއަދާކޮށް މަރުހަބާ ކިޔަން ކުޅުންތެރިން އެ ދުވަހު އެ ދެއްކި ކުޅުމަށް،" ފެސްކޯ ބުންޏެވެ.
އޭނާ ބުނީ ބޫޓާނަކީ ފުޓްބޯޅައިގެ ބަލިކަށި ގައުމެއްގެ ގޮތުގައި ބަލައި އެ ޓީމު އެއްވެސް ވަރަކަށް އަންޑައެސްޓިމޭޓް ނުކުރާނެ ކަމަށާއި ބޫޓާން އަންނަނީ ރާއްޖެއާ ހަމަކުރަން ތައްޔާރުވަމުން ކަމަށެވެ. އަދި ތިމްޕޫ ޓީމުގައި ބޫޓާން ގައުމީ ޓީމުގެ 14 ކުޅުންތެރިން ހިމެނޭ ކަމަށާއި މީގެ އިތުރުން ވެސް ބޫޓާން ގައުމީ ޓީމުން ރާއްޖެއާ ދެކޮޅަށް ފަހަކަށް އައިސް ކުޅުނު މެޗުތަކުން ފެންވަރު ސާބިތުކޮށްދީފައިވާ ކަމަށް އޭނާ ބުންޏެވެ.
"އަޅުގަނޑު އެއްގޮތަކަށް ވެސް ބޫޓާން އަންޑައެސްޓިމޭޓް ނުކުރާނަން. އެކަމަކު އަޅުގަނޑު މިހިރީ ވެލެންސިއާއާ މެދު ވަރަށް ބޮޑު އުއްމީދެއްގައި. އަޅުގަނޑު ކްލަބުގެ ސަޕޯޓަރުންނާއި ފުޓްބޯޅައަށް ލޯބިކުރާ ފަރާތްތަކަށް ދަންނަވާލަން އޮތީ ދަނޑަށް ވަޑައިގަންނަވާށޭ. މާޔޫސްވެވަޑައިގަންނަވަން ނުޖެހޭނެޔޭ،" ފެސްކޯ ބުންޏެވެ.
ބޫޓާނުގައި ގަދަ ފިނީގައި އަދި އެހާމެ އުހުގައި ކުޅެފައި މާދަމާ އަމިއްލަ ދަނޑުގައި ކުޅޭތީ އެޑްވާންޓޭޖް ނެގިދާނެތޯ އެހުމުން ފެސްކޯ ބުނީ އެއީ އޭނާ މާބޮޑު އެޑްވާންޓޭޖެއްގެ ގޮތުގައި ނަގާ ކަންކަމެއް ނޫން ކަމަށެވެ. އަދި އުހުގައި ކުޅެފައި ބިންތިރި ގައުމެއްގައި ކުޅެން ޖެހުމުން އޭގެ ފައިދާ އޮންނާނީ ބޫޓާން ޓީމަށް ކަމަށް ފެސްކޯ ބުންޏެވެ.
"އަޅުގަނޑުމެން ތިރީގައި ކުޅެފައި ގޮސް ބޫޓާނުގައި އުހުގައި ކުޅޭއިރު އަޅުގަނޑުމެންގެ ބްރީތިން ކެޕޭސިޓީ ދަށްވާނެ. ލަންގްސް ވަރަށް ބޮޑަށް ފިއްތާލާނެ. އެހެންވެ އަޅުގަނޑުމެންނަށް އުނދަގޫތަކެއް ވާނެ. އެކަމަކު ބޫޓާން ކުޅުންތެރިން އުހުގައި ކުޅެފައި ދެން އައިސް ރާއްޖޭގައި ތިރީގައި ކުޅޭއިރު އެ ކުޅުންތެރިންނަށް ފަސޭހަވާނީ. އެކަމަކު މިއީ އަޅުގަނޑު އެޑްވާންޓޭޖެއް ނުވަތަ ޑިސްއެޑްވާންޓޭޖެއްގެ ގޮތުގައި ކޮންސިޑާކުރާ ކަމެއް ނޫން،" ފެސްކޯ ބުންޏެވެ.
ފެސްކޯ ބުނީ ވެލެންސިއާއާ މި ފަހަރު ހަވާލުވިއިރު އެންމެ ބޮޑު ހިތްހަމަޖެހުމަކީ ކުރިން އޭނާއާ އެކު ކުޅެފައި އަދި މަސައްކަތްކޮށްފައި ތިބި އިސްމާއިލް އާސިފް (ކުޑަހީނާ) އާއި މުހައްމަދު އިގްބާލްއާ އެކު މަސައްކަތް ކުރަން ލިބުން ކަމަށެވެ.
"އަޅުގަނޑު އެންމެ ފުރަތަމަ ވެލެންސިއާއާ ހަވާލުވިއިރު ކުޑަހީނާ އަކީ ވެލެންސިއާގެ ކެޕްޓަން. އަދި އިގްބާލާއި ހީނާ އަކީ އަޅުގަނޑާ އެކު ވެލެންސިއާގައި ބޯޅަ ކުޅެފައި ތިބި ދެ ކުޅުންތެރިން. ފަހުން ހީނާއާ އެކު އޭވައިއެލް އާއި ވިޔަންސްގައި މަސައްކަތްކުރިން. އެހެންކަމުން މި ޓީމާ މެދު ވަރަށް ބޮޑަށް ހިތްްހަމެޖެހޭ،" ފެސްކޯ ބުންޏެވެ.
މޯހަން ބަގާންއާ ވެލެންސިއާ އެއްވަރުކޮށްފި
ބޮޑު ޖޫރިމަނާ ވެލެންސިއާއިން ނުދައްކާތާ އަހަރެއް
މެޗު ދޫކޮށްލުން ގިނަވެ ފުޓްބޯޅައިގެ ސީރިއަސްކަން ނެތެނީ
ވެލެންސިއާގެ ޓިކެޓް ފައިސާ ރީފަންޑް ކުރެވޭނެ ގޮތެއްނެތް
ފައިސާ ނެތުމުން ވެލެންސިއާ ބަންގްލަދޭޝްއަށް ނުފުރުނު
އުނދަގޫ ދަނޑިވަޅު ލީޑަޝިޕް ނަގައި ދެއްކީ ހިތްވަރު
ޕަރޯ ބަލިކޮށް ވެލެންސިއާ ޕްރިލިމިނަރީގެ ދެވަނަ ބުރަށް
ވެލެންސިއާގެ ބިދޭސީ ކުޅުންތެރިން ވިސްނުން ބަދަލުކޮށްފި
ވެލެންސިއާ ދޫކޮށްލަން ފައިސަލް ރިލީޒަށް އެދިއްޖެ
ގޮންޖެހުންތަކުން ވެލެންސިއާ އަރައިގަންނާނަން: ފެސްކޯ