06 އެޕްރީލް 2022
މުސާރަ ނުދޭ ކަމަށް ބުނެ ވެލެންސިއާ ދޫކޮށްލަން އެ ޓީމުގެ ކީޕަރު މުހައްމަދު ފައިސަލް ރިލީޒަށް އެދުނު ދަނޑިވަޅެވެ. އޭގެ ކުރިން ޓީމުުގެ ޕްރެކްޓިހަށް ނުކުތުން އޭނާ ހުއްޓައިލި އެވެ. ކްލަބަށް ވެސް މާލީ ގޮތުން ދަތި ދަނޑިވަޅެކެވެ. މުހިންމު ކުޅުންތެރިން އަނިޔާގެ ސަބަބުން ޓީމާ ދުރުގައިވީ ވަގުތެކެވެ. ސީނިއާ ކުޅުންތެރިޔަކު ޓީމު ދޫކޮށްލަން ނިންމުމުން ޓީމަށް ވެސް އިތުރު ގޮންޖެހުމަކަށްވި އެވެ. ކެޕްޓަން އަލީ ފާސިރު (ސެންޓޭ) ވެސް ހުރީ ޕްރެޒިޑެންޓްސް ކަޕްގައި ލިބުނު އަނިޔާގަ އެވެ. އޭއެފްސީ ކަޕް ކޮލިފައިން ކުރިމަތީގައި އޮތް އިރު ވެސް މުސާރަ ނުދީގެން ބިދޭސީ ކުޅުންތެރިން މެޗު ނުކުޅޭ ހާލަތެއްގައި ތިއްބައި ވިސްނުން ބަދަލު ކުރީ ފަހު ވަގުތު އެވެ.
މުސާރަ ނުދޭ ކަމަށް ބުނެ ވެލެންސިއާ ދޫކޮށްލަން އެ ޓީމުގެ ކީޕަރު މުހައްމަދު ފައިސަލް ރިލީޒަށް އެދުނު ދަނޑިވަޅެވެ. އޭގެ ކުރިން ޓީމުުގެ ޕްރެކްޓިހަށް ނުކުތުން އޭނާ ހުއްޓައިލި އެވެ. ކްލަބަށް ވެސް މާލީ ގޮތުން ދަތި ދަނޑިވަޅެކެވެ. މުހިންމު ކުޅުންތެރިން އަނިޔާގެ ސަބަބުން ޓީމާ ދުރުގައިވީ ވަގުތެކެވެ. ސީނިއާ ކުޅުންތެރިޔަކު ޓީމު ދޫކޮށްލަން ނިންމުމުން ޓީމަށް ވެސް އިތުރު ގޮންޖެހުމަކަށްވި އެވެ. ކެޕްޓަން އަލީ ފާސިރު (ސެންޓޭ) ވެސް ހުރީ ޕްރެޒިޑެންޓްސް ކަޕްގައި ލިބުނު އަނިޔާގަ އެވެ. އޭއެފްސީ ކަޕް ކޮލިފައިން ކުރިމަތީގައި އޮތް އިރު ވެސް މުސާރަ ނުދީގެން ބިދޭސީ ކުޅުންތެރިން މެޗު ނުކުޅޭ ހާލަތެއްގައި ތިއްބައި ވިސްނުން ބަދަލު ކުރީ ފަހު ވަގުތު އެވެ.
މި އުނދަގޫ ދަނޑިވަޅެއްގައި ވެލެންސިއާގެ ކެޕްޓަން ބޭންޑް އަޅައިގެން ޓީމު ލީޑުކުރީ ގޯލް ކީޕަރު ތޮލާލް ހަސަން (ޓޮޕްލަކް) އެވެ. ސެންޓޭ އަށް އަނިޔާވުމުން ސްޕެއިންގެ ފޯވާޑް ބޯހަސް މާޓިން އަށް ދިން ކެޕްޓަން ބޭންޑް، ތޮލާލްއާ ހަވާލުކުރީ ވެލެންސިއާގެ ކޯޗިން ޓީމަށް އޭނާ އަށް އިތުބާރު އޮތުމުންނެވެ. މެޗަށް ފަހު ވާހަކަ ދައްކަމުން ތޮލާލް ވެސް ބުނީ މިސީޒަނަކީ ވަރަށް ގޮންޖެހުން ބޮޑު ސީޒަނެއް ކަމަށެވެ.
"މިއަދާ ހަމައަށް ވެސް މި އައީ (ގެންޖެހުންތަކާ) ފޭސް ކުރަމުން. ޓީމެއް ގޮތަށް ފޭސް ކުރަމުން މިއައީ،" ތޮލާލް ބުންޏެވެ.
"ޓީމު ވޯކެއް އިނދޭ ޕްރެޒިޑެންޓް ކަޕަށް ފަހު. ޕްރެޒިޑެންޓް ކަޕް ވެސް ހޯދުނީ ވަރަށް ރަނގަޅަށް ޓީމު ވޯކް ޖައްސާލީމަ. ކުރިއަށް އޮތް ޗެލެންޖްތަކާ ކުރިމަތިލާއިރު ވެސް އެނގޭ ރޯދަ މަސްކަން ވަރުބަލިވާނެކަން. އެކަމަކު މި ޓީމަށް ނުވާނެ ވަރުގެ ކަމެއްކަމަށް ގަބޫލެއް ނުކުރަން. ބަންގަލަދޭޝް އަށް ގޮސް ޑާކާ އަބަހާނީ އަށް ރަނގަޅު ފައިޓެއް ދެވޭނެ."
އެންމެ އުނދަގޫ ޑަނޑިވަޅުގައި ޓީމު ލީޑު ކުރުމަށް އޭނާއާ ހަވާލުކުރި ބުރަ ޒިންމާ އަދާކުރެވުނު ކަމުގެ ހިތްހަމަޖެހުން ތޮލާލް ފާޅުކުރީ ބޫޓާންގެ ޕަރޯ އެފްސީގެ މައްޗަށް 2-1 އިން ރޭ ކާމިޔާބު ހޯދައި އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ މަރުހަލާގެ ދެވަނަ ބުރަށް ވެލެންސިއާ ކޮލިފައިކޮށްދީގެންނެވެ. ރޯދަ ވަރުބަލި ކަމުގައި ވެލެންސިއާގެ ކުޅުންތެރިން އަތުން މެޗުގެ ކޮންޓްރޯލް ގެއްލޭ ވަގުތު ގޯލްގައި ހުރެ ތޮލާލް ދެއްކި ކުޅުމާމެދު ވެލެންސިއާ މުޅި ޓީމުން ތިބީ ހިތްހަމަޖެހިފަ އެވެ.
ވެލެންސިއާގެ ކީޕަރު ތޮލާލް ހަސަން، އޭއެފްސީ ކަޕްގެ ޕްރިލިމިނަރީގެ ފުރަތަމަ ބުރުގައި ޕަރޯ އެފްސީން ފޮނުވާލި ހަމަލާއެއް ދިފާއު ކުރަން މަސައްކަތް ކުރަނީ: ރޭގެ މެޗުގައި އޭނާ ވަނީ މޮޅު ކުޅުމެއް ދައްކާފައި. --- ފޮޓޯ: ފަޔާޒު މޫސާ
"އަޅުގަނޑު ހަޔާތުގައި ވެސް މިއީ އޭއެފްސީ ކަޕްގައި ފުރަތަމަ 11 ގައި ސްޓާޓް ކުރި ފުރަތަމަ މެޗު، ވަރަށް ގިނައިން ހުންނާނެ ބެންޗުގައި އިނދެފައި. މި ޗާންސް ދިނީތީ ވަރަށް ޝުކުރުވެރިވަން. މިވަރަށް ޕާފޯމް ކުރެވުނީތީ ﷲ އަށް ހަމްދު ކުރަން،" ތޮލާލް ބުންޏެވެ.
"މިދިޔަ ސީޒަންގައި އެއްވެސް މެޗެއް ނުކުޅެ ހުރީ. ގޯލްކީޕަރު ޓްރޭނަރު ވެސް ވަރަށް ބޮޑަށް މަސައްކަތްކޮށްދިން. މީގެ ތެރޭގައި އުޅޭ ކޯޗިން ސްޓާފުން. ކޯޗު ހީނާ. މިއީ ޓީމެއް ހަގީގަތުގައި. ޓީމު ވޯކުން ރަނގަޅަށް ކުޅެވިފައި މި އިނީ ޓްރޭނިން ސެޝަންތައް ރަނގަޅަށް ގޮސްގެން."
ވެލެންސިއާގެ ހެޑް ކޯޗު އަހްމަދު މުޖްތަބާ ބުނީ، ޓީމު ލީޑުކުރުމުގެ ޒިންމާ ތޮލާލްއާ ހަވާލުކުރުމުން އެ ޒިންމާ ވަރަށް ރަނގަޅަށް އަދާކުރާނެކަން ކުރިން ވެސް އެނގޭ ކަމަށެވެ. އެސިސްޓެންޓް ކޯޗު އިސްމާއީލް އާސިފް ބުނީ މެޗުގައި ތޮލާލްގެ ސޭވްތަކާއި ރިދަމް ވެސް ރަނގަޅު ކަމަށެވެ.
"އޭނާ އެ ދެއްކި ކުޅުމުން އެބަ އެނގޭ ގައުމީ ޓީމުގައި ހިމެނެންޖެހޭ ފެންވަރުގެ ކީޕަރެއްކަން ޓޮޕްލެކް އަކީ،" ހިނާ ބުންޏެވެ.
ޕްރިލިމިނަރީގެ ދެވަނަ ބުރުގައި ވެލެންސިއާ ކުޅޭ މެޗު މި މަހު 12 ވަނަ ދުވުހު އޮންނާނީ ޑާކާގަ އެވެ. އަބަހާނީއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވާ ޓީމެއް ޕްލޭއޮފްގައި ވާދަކުރާނީ އިންޑިއާގެ މޯހަން ބަގާން ނުވަތަ ލަންކާގެ ބްލޫ ސްޓާގެ ތެރެއިން ޓީމަކާ ދެކޮޅަށެވެ.
ބޮޑު ޖޫރިމަނާ ވެލެންސިއާއިން ނުދައްކާތާ އަހަރެއް
މެޗު ދޫކޮށްލުން ގިނަވެ ފުޓްބޯޅައިގެ ސީރިއަސްކަން ނެތެނީ
ވެލެންސިއާގެ ޓިކެޓް ފައިސާ ރީފަންޑް ކުރެވޭނެ ގޮތެއްނެތް
ފައިސާ ނެތުމުން ވެލެންސިއާ ބަންގްލަދޭޝްއަށް ނުފުރުނު
ޕަރޯ ބަލިކޮށް ވެލެންސިއާ ޕްރިލިމިނަރީގެ ދެވަނަ ބުރަށް
ވެލެންސިއާގެ ބިދޭސީ ކުޅުންތެރިން ވިސްނުން ބަދަލުކޮށްފި
ވެލެންސިއާ ދޫކޮށްލަން ފައިސަލް ރިލީޒަށް އެދިއްޖެ
ގޮންޖެހުންތަކުން ވެލެންސިއާ އަރައިގަންނާނަން: ފެސްކޯ
އޭއެފްސީ ކަޕް ކޮލިފައިންގައި ވެލެންސިއާ އާއި ޕަރޯ
މޯހަން ބަގާންއާ ވެލެންސިއާ އެއްވަރުކޮށްފި