05 އެޕްރީލް 2022
އޭއެފްސީ ކަޕް ކޮލިފައިންގެ ޕްރިލިމިނަރީ ބުރުގައި މިރޭ، ބޫޓާންގެ ޕަރޯ އެފްސީއާ ދެކޮޅަށް ވެލެންސިއާ ކުޅޭ މެޗުގައި އެ ކްލަބްގެ ބިދޭސީ ކުޅުންތެރިން ނުކުޅޭނެ ކަމަށް އިއުލާންކުރި ނަމަވެސް އެ ކުޅުންތެރިންގެ ވިސްނުން ބަދަލުކޮށް މެޗުގައި ކުޅެން ނިންމައިފި އެވެ.
އޭއެފްސީ ކަޕް ކޮލިފައިންގެ ޕްރިލިމިނަރީ ބުރުގައި މިރޭ، ބޫޓާންގެ ޕަރޯ އެފްސީއާ ދެކޮޅަށް ވެލެންސިއާ ކުޅޭ މެޗުގައި އެ ކްލަބްގެ ބިދޭސީ ކުޅުންތެރިން ނުކުޅޭނެ ކަމަށް އިއުލާންކުރި ނަމަވެސް އެ ކުޅުންތެރިންގެ ވިސްނުން ބަދަލުކޮށް މެޗުގައި ކުޅެން ނިންމައިފި އެވެ.
މެޗާ ގުޅިގެން އިއްޔެ ބޭއްވި ޕްރީ މެޗު ޕްރެސް ކޮންފަރެންސްގައި ވެލެންސިއާގެ ހެޑް ކޯޗު އަހްމަދު މުޖުތަބާ (ފެސްކޯ) ބުނީ މެޗުން ފެންނާނީ ސައްތައިން ސައްތަ ދިވެހި ކުޅުންތެރިންގެ ސްކޮޑެއް ކަމަށެވެ.
ބިދޭސީ ކުޅުންތެރިން ނުކުޅެނީ ކީއްވެގެންކަން ހާމަނުކޮށް ފެސްކޯ ބުނީ އެއީ މި ވަގުތުގެ ހާލަތު ކަމަށެވެ.
"މި ވަގުތު އަޅުގަނޑުމެންގެ މެއިން ފޯކަސް ހުރީ ދިވެހި ކުޅުންތެރިންލައިގެން ކުޅެން،" އިއްޔެގެ ޕްރެސް ކޮންފަރެންސްގައި ފެސްކޯ ބުންޏެވެ.
ބިދޭސީ ކުޅުންތެރިން ލައްވައި ނުކުޅުވަން ވެލެންސިއާ އިން ނިންމީ އެ ކުޅުންތެރިންނަށް މުސާރަ ނުދެވޭތީ އެވެ. މުސާރަ ނުދޭތީ އެ ކުޅުންތެރިން ވެސް އެންމެ ފުރަތަމަ ތިބީ ކުޅުމުގެ ވިސްނުމުގައެއް ނޫނެވެ. އެކަމަކު އެކަން ބަދަލުވީ މެޗަށް ހާއްސަކޮށް ރޭ ބޭއްވި ފަހު ޕްރެކްޓިހުގަ އެވެ. ފޯވާޑް ބޯހަސް މާޓިން އާއި މިޑްފީލްޑަރު ހަލީލް ޖަމާލް އަދި ޑިފެންޑަރު ހޯޒޭ އެންޓޯނިއޯ ވެސް ވަނީ މެޗުގައި ކުޅެން ނިންމައިފަ އެވެ. މިރޭގެ މެޗުގެ ފުރަތަމަ 11 ގައި އެ ތިން ކުޅުންތެރިން ވެސް ކުޅޭނެ ކަމަށް ބެލެވެ އެވެ.
ރޯދަ މަސް ފެށުމުގެ ކުރިން ދިވެހި ކުޅުންތެރިންގެ ތެރެއިން ގިނަ ކުޅުންތެރިންތަކަކަށް މުސާރައިގެ ބައެއް ވަނީ ދީފަ އެވެ. އެކަމަކު އަދިވެސް ބިދޭސީ ކުޅުންތެރިންނަށް މުސާރަ ނުދެ އެވެ.
ބޮޑު ޖޫރިމަނާ ވެލެންސިއާއިން ނުދައްކާތާ އަހަރެއް
މެޗު ދޫކޮށްލުން ގިނަވެ ފުޓްބޯޅައިގެ ސީރިއަސްކަން ނެތެނީ
ވެލެންސިއާގެ ޓިކެޓް ފައިސާ ރީފަންޑް ކުރެވޭނެ ގޮތެއްނެތް
ފައިސާ ނެތުމުން ވެލެންސިއާ ބަންގްލަދޭޝްއަށް ނުފުރުނު
އުނދަގޫ ދަނޑިވަޅު ލީޑަޝިޕް ނަގައި ދެއްކީ ހިތްވަރު
ޕަރޯ ބަލިކޮށް ވެލެންސިއާ ޕްރިލިމިނަރީގެ ދެވަނަ ބުރަށް
ވެލެންސިއާ ދޫކޮށްލަން ފައިސަލް ރިލީޒަށް އެދިއްޖެ
ގޮންޖެހުންތަކުން ވެލެންސިއާ އަރައިގަންނާނަން: ފެސްކޯ
އޭއެފްސީ ކަޕް ކޮލިފައިންގައި ވެލެންސިއާ އާއި ޕަރޯ
މޯހަން ބަގާންއާ ވެލެންސިއާ އެއްވަރުކޮށްފި