05 އެޕްރީލް 2022
ވެލެންސިއާ އިން މުސާރަނުދޭ ކަމަށް ބުނެ، ކްލަބުން ރިލީޒް ދިނުމަށް ކީޕަރު މުހައްމަދު ފައިސަލް ހުށަހަޅައިފި އެވެ.
ވެލެންސިއާ އިން މުސާރަނުދޭ ކަމަށް ބުނެ، ކްލަބުން ރިލީޒް ދިނުމަށް ކީޕަރު މުހައްމަދު ފައިސަލް ހުށަހަޅައިފި އެވެ.
އޭއެފްސީ ކަޕް ކޮލިފައިންގެ ޕްރިލިމިނަރީ ބުރުގައ މިރޭ، ބޫޓާންގެ ޕަރޯ އެފްސީއާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވާ ވެލެންސިއާގެ ޓީމުގެ ޕްރެކްޓިހަށް ވެސް ފައިސަލް ނުނިކުމެ އެވެ. ފައިސަލް ރޭ ބުނީ ރިލީޒަށް އެދުނީ ކްލަބުން އޭނާ އަށް ދޭން ޖެހޭ މުސާރަ ނުދޭތީ ކަމަށެވެ. އެކަމަކު ސީޒަނަށް އޭނާ އަށް ދޭން އެއްބަސްވެފައިވާ ޕޭމަންޓްގެ ބޮޑު ބައެއް ދީފައިވާކަން ވަނީ އެނގިފަ އެވެ.
އިއްޔެގެ ޕްރެސް ކޮންފަރެންސްގައި ވެލެންސިއާގެ ހެޑް ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނީ ފައިސަލް އަކީ އަދިވެސް ވެލެންސިއާގެ ކުޅުންތެރިއެއް ކަމަށެވެ. އޭނާ އަށް ރިލީޒް ދިނުމާއި ނުދިނުން ނިންމާނީ ކްލަބްގެ މެނޭޖުމެންޓުން ކަމަށް، މީގެ ކުރިން ވެސް އޭއެފްސީ ކަޕް ކޮލިފައިންގައި ވެލެންސިއާގައި ފައިސަލްއާ އެކު މަސައްކަތް ކުރި ކޯޗު ބުންޏެވެ.
ވެލެންސިއާގެ ކީޕަރު ޓޮޕްލަކް ޕްރެޒިޑެންޓްސް ކަޕުގެ ތަށި އުފުލާލަނީ: ފައިސަލްގެ ބަދަލުގައި ގޯލް ބަލަހައްޓާނީ އޭނާ --. ފައިލް ފޮޓޯ: ނިޝާން އަލީ | މިހާރު
ދެން އެކަމަކީ (ފައިސަލް އަށް ރިލީޒް ދިނުމާމެދު ގޮތް ނިންމުމަކީ) އަޅުގަނޑަށް މިތަނުގައި ނިންމޭނެ ނިންމުމެއް ވެސް ނޫން،" އޭއެފްސީ ކަޕް ޕްރިލިމިނަރީ ބުރުގައި ބޫޓާންގެ ތިމްޕޫ ސިޓީއާ ދެކޮޅަށް ތިމްޕޫގައި ކުޅުނު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ފައިސަލްއާ ބެހޭގޮތުން ފެސްކޯ ބުންޏެވެ.
ފައިސަލް އަށް ރިލީޒް ދިން ނަމަވެސް އޭނާ އަށް ކްލަބް ބަދަލު ކުރެވޭނީ ޓްރާންސްފާ ޕީރިއަޑްގަ އެވެ. ރާއްޖޭގެ ޓްރާންސްފާ ޕީރިއަޑް ދެން އޮންނާނީ އަންނަ މަހު އެވެ.
މިރޭގެ މެޗުގައި ވެލެންސިއާގެ ގޯލް ބަލަހައްޓާނީ ތޮލާލް ހަސަން (ޓޮޕްލެކް) އެވެ. އިއްޔެގެ ޕްރެސް ކޮންފަރެންސްގައި ޓީމުގެ ކުޅުންތެރިޔެއްގެ ހައިސިއްޔަތުން ވެސް ބައިވެރިވީ ތޮލާލް އެވެ. ޕްރެސް ކޮންފަރެންސްގައި އޭނާ ބުނީ ކޮލިފައިންގެ ފުރަތަމަ މެޗު އަމިއްލަ ދަނޑުގައި ކުޅެން ލިބުމަކީ ބޮޑު ހިތްވަރެއް ކަމަށެވެ. އަދި ޓީމު އޮތީ ރަނގަޅު ރޫހެއްގައި ކަމަށް ވެސް ތަޖުރިބާކާރު ކީޕަރު ބުންޏެވެ.
އޭއެފްސީ ކަޕް ޕްލޭއޮފްގައި މިދިޔަ އަހަރު އިންޑިއާގެ ބެންގަލޫރާ ދެކޮޅަށް މާލޭގައި އީގަލްސް ކުޅުނު މެޗުގައި ވެސް ގޯލް ބެލެހެއްޓީ ފައިސަލް އެވެ. އޭރު އޭނާ އެ ކްލަބަށް ބަދަލުވީ ލޯން އުސޫލުންނެވެ.
ދަ ގްރާންޑޭ އަށް ދެ އަހަރު ކުޅުމަށް ފަހު ފައިސަލް އަލުން ވެލެންސިއާ އަށް ބަދަލުވީ މިދިޔަ ސީޒަންގަ އެވެ. މި ސީޒަންގެ ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކޮށް ދިނުމުގައި ފައިސަލް ވަނީ ވެލެންސިއާ އަށް އެހީވެފަ އެވެ. އެ މުބާރާތުގެ ފަހުން ކުޅުން ހުއްޓާލަން އުޅޭ ކަމަށް ފައިސަލް އިއުލާންކުރި އެވެ. ނަމަވެސް އޭގެ ފަހުން ލީގުގެ ފުރަތަމަ ބުރުގައި ވެސް އޭނާ ކުޅުނެވެ. އަދި ބަންގްލަދޭޝްއާ ދެކޮޅަށް ގައުމީ ޓީމު ކުޅުނު އެކުވެރި ކަމުގެ މެޗުގައި ވެސް ގޯލް ބެލެހެއްޓީ އޭނާ އެވެ.
ބޮޑު ޖޫރިމަނާ ވެލެންސިއާއިން ނުދައްކާތާ އަހަރެއް
މެޗު ދޫކޮށްލުން ގިނަވެ ފުޓްބޯޅައިގެ ސީރިއަސްކަން ނެތެނީ
ވެލެންސިއާގެ ޓިކެޓް ފައިސާ ރީފަންޑް ކުރެވޭނެ ގޮތެއްނެތް
ފައިސާ ނެތުމުން ވެލެންސިއާ ބަންގްލަދޭޝްއަށް ނުފުރުނު
އުނދަގޫ ދަނޑިވަޅު ލީޑަޝިޕް ނަގައި ދެއްކީ ހިތްވަރު
ޕަރޯ ބަލިކޮށް ވެލެންސިއާ ޕްރިލިމިނަރީގެ ދެވަނަ ބުރަށް
ވެލެންސިއާގެ ބިދޭސީ ކުޅުންތެރިން ވިސްނުން ބަދަލުކޮށްފި
ގޮންޖެހުންތަކުން ވެލެންސިއާ އަރައިގަންނާނަން: ފެސްކޯ
އޭއެފްސީ ކަޕް ކޮލިފައިންގައި ވެލެންސިއާ އާއި ޕަރޯ
މޯހަން ބަގާންއާ ވެލެންސިއާ އެއްވަރުކޮށްފި