21 ފެބުރުއަރީ 2017
އޭއެފްސީ ކަޕްގެ ޕްލޭއޮފް ބުރުގައި މިއަދު އިންޑިއާގެ މޯހަން ބަގާން އަތުން އަމިއްލަ ދަނޑުގައި މޮޅުނުވެވުމުން މުބާރާތުގެ ގްރޫޕް ސްޓޭޖުން ޖާގަ ހޯދަން ކުރަންޖެހޭ މަސައްކަތް ތިން ގުނަވެއްޖެ ކަމަށް ވެލެންސިއާގެ ހެޑް ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނެފި އެވެ.
އޭއެފްސީ ކަޕްގެ ޕްލޭއޮފް ބުރުގައި މިއަދު އިންޑިއާގެ މޯހަން ބަގާން އަތުން އަމިއްލަ ދަނޑުގައި މޮޅުނުވެވުމުން މުބާރާތުގެ ގްރޫޕް ސްޓޭޖުން ޖާގަ ހޯދަން ކުރަންޖެހޭ މަސައްކަތް ތިން ގުނަވެއްޖެ ކަމަށް ވެލެންސިއާގެ ހެޑް ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނެފި އެވެ.
ގަލޮޅު ދަނޑުގައި މިއަދު ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ފެސްކޯ ބުނީ ބޭނުންވި ނަތީޖާ ނުނެރެވުނީ ބައިވަރު މައްސަލަ ދިމާވުމުންނެވެ.
"ހަގީގަތުގައި މި ފަދަ މުބާރާތަކަށް ތައްޔާރުވާން ޖެހޭ މިންވަރަށް ތައްޔާރުނުވެވުމުގެ ގެއްލުން މި މެޗުން ފެނިއްޖެ. އިދިކޮޅަށް ފެނުނީ ވަރަށް އޮގަނައިޒް ޓީމެއް. އެ ޓީމު ކައިރީގައި އަހަރެމެންނަށް ކުރެވުނު ހުރިހާ ކަމެއް ކުރިން އެކަމަކު އަމިއްލަ އަށް ހެދުނު ގޯސްތަކާ އެހެން ވެސް ގިނަ ކަންތައްތަކެއް ދިމާވުމުން މި މެޗުގައި މި ނުކުތީ ބޭނުންވި ނަތީޖާއެއް ނޫން،" މެޗަށް ފަހު ފެސްކޯ ބުންޏެވެ.
އޭއެފްސީ ކަޕަށް ވެލެންސިއާ އިން ތައްޔާރީތައް ފެށީ މުބާރާތުގެ ޕްރިލިމިނަރީ ބުރުގެ މެޗަށް ނުވަ ދުވަހަށް ވެފައިވަނިކޮށެވެ. އެ ބުރުގައި ވެލެންސިއާ ރަށުންބޭރުގައި ކުޅުނު މެޗުން ބޫޓާންގެ ތިމްޕޫއާ ވާދަކޮށް ލަނޑެއް ނުޖެހި އެއްވަރުވިއިރު، ޕްލޭއޮފް ބުރުން ޖާގަ ހޯދީ މާލޭގައި ތިމްޕޫ އަތުން 3-0 އިން މޮޅުވެގެންނެވެ.
ފެސްކޯ ބުނީ މިއަދުގެ މެޗުގައި ލިބުނު ފުރުސަތުތަކަށް ބަލާނަމަ ވެލެންސިއާ އަށް ވެސް މޮޅެއް ހައްގުވާ ކަމަށެވެ.
"ފެނިގެން ހިނގައްޖެ އެންމެ ފަހު ވަގުތާ ހަމައަށް ވެސް ކުޅުންތެރިން ކުރި މަސައްކަތް. ދެ ޓީމަށް ވެސް ލިބުނު ފުރުސަތުތައް އަޅާކިޔާނަމަ ވެލެންސިއާ އަށް ވެސް މޮޅެއް ހައްގު،" ފެސްކޯ ބުންޏެވެ "އަމިއްލަ ދަނޑުގައި މޮޅުވި ނަމަ އަމާޒަށް ވާސިލްވާން 80 ޕަސެންޓް މަސައްކަތް ކުރެވުނީ. އެކަމަކު މޮޅުނުވެވުމުން މިހާރު މި ޖެހުނީ ތިން ގުނަ މަސައްކަތް ކުރަން."
އިންޑިއާގެ އައި ލީގުގެ ދެ ވަނައިގައި މި ވަގުތު އޮތް މޯހަން ބާގަން އަކީ އަމިއްލަ ދަނޑުގައި ފާއިތުވި މެޗުތަކުގައި ރަނގަޅު ނަތީޖާ ނެރެފައިވާ ޓީމެކެވެ. ފެސްކޯ ބުނީ މިހާރު އޮތް ގޮތުން ވެލެންސިއާ އަށް ދެން އޮތް ބުރުގެ ޖާގައެއް ލިބެން އޮތީ މޮޅުވެގެން ކަމަށާއި އެ ނަތީޖާ ނެރެވޭނެ ކަމަށެވެ.
"މިހާރު މި އޮތީ މޮޅުވެގެން އަނެއް ބުރަށް (ގްރޫޕް ސްޓޭޖަށް) ދެވެން. މިއަދުގެ މެޗުން މޮޅުވިނަމަ އަވޭ މެޗު އެއްވަރުކޮށްލައިގެން ވެސް އަމާޒަށް ވާސިލްވެވޭނެ. އެކަމަކު މިހާރު މި އޮތީ އެންމެ އުނދަގޫ ގޮތް. ކުޅުންތެރިންގެ ހިތްވަރާ އެކު މޮޅުވެވޭނެ،" ފެސްކޯ ބުންޏެވެ.
މެޗަށް ފަހު މޯހަން ބާގަންގެ އެސިސްޓަންޓް ކޯޗު ޝަންކަރުލާލް ވާހަކަ ދައްކަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
ގާތްގާތުގައި އައި ލީގުގައި ގިނަ މެޗުތަކެއް ކުޅެން ޖެހުމުން މޯހަން ބާގަން މި މެޗަށް އައީ ޓީމުގެ ބައެއް މުހިއްމު ކުޅުންތެރިން ނުލަ އެވެ. އޭގެ ތެރޭގައި އިންޑިއާ ގައުމީ ޓީމުގެ ފޯވާޑް ޖޭޖޭ ލާލްޕެކުލާ އާއި ޕްރިތަމް ކޯޓާލް އަދި ސޮނީ ނޯޑޭ ހިމެނެ އެވެ. އަދި އަމިއްލަ ސަބަބުތަކާ ހުރެ މޯހަން ބާގަންގެ ހެޑް ކޯޗު ސަންޖޯއީ ސެން ވެސް ރާއްޖެ ނާދެ އެވެ. މިއަދުގެ މެޗުގައި އެ ޓީމަށް އިރުޝާދުދިނީ އެސިސްޓަންޓް ކޯޗު ޝަންކަރުލާލް ޗަކުރަބޯތީ އެވެ.
މެޗަށް ފަރިތަކުރުމަށް އިއްޔެ މޯހަން ބާގަން ފަރިތަކުރުންތައް ބޭއްވީ މެންދުރު ގަލޮޅު ދަނޑުގަ އެވެ. މިއަދުގެ މެޗަށް ފަހު ޝަންކަރުލާލް ބުނީ އިއްޔެ އެ ވަގުތުގައި ފަރިތަކުރުންތައް ބޭއްވުމުގެ ފައިދާ އެ ޓީމަށް ކުރި ކަމަށެވެ.
"އިއްޔެ އެ ވަގުތުގައި ފަރިތަކުރުންތައް ބޭއްވީ ޓީމަށް އަރާމްކުރަން ފުރުސަތު ދިނުމުގެ އިތުރުން ރާއްޖޭގެ ހޫނު މިނަށް ހޭނިލުމަށް. އޭގެ ފައިދާ މި މެޗުގައި ކުރި،" ޝަންކަރުލާލް ބުންޏެވެ.
އޭނާ ބުނީ މި ނަތީޖާއާ އެކު މުބާރާތުގެ ގްރޫޕް ސްޓޭޖުން ޖާގަ ލިބުމުގެ އުއްމީދު ބޮޑުވެއްޖެ ކަމަށެވެ.
"އަވޭ މެޗެއްގައި މިއީ ވަރަށް ރަނގަޅު ނަތީޖާއެއް. ވަރަށް ކޮންފިޑެންސް އެބައޮތް އަނެއް ބުރަށް (ގްރޫޕް ސްޓޭޖަށް) ދެވޭނެ ކަމުގެ. މި މަހު 28 ގައި ކުޅޭ މެޗުން އަހަރެމެންނަށް ރަނގަޅު ނަތީޖާއެއް ނެރެވޭނެ،" ޝަންކަރުލާލް ބުންޏެވެ.
އޭނާ ބުނީ މި މެޗުން މޮޅުވާން އެ ޓީމަށް ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔަ ކަމަށާއި އޭގެ ބޭނުން ނުހިފުނަސް އެއީ މި މެޗުން ނުކުތް ނަތީޖާއަށް ބަލާއިރު ކަންބޮޑުވާ ކަމެއް ނޫން ކަމަށެވެ.
"މި މެޗު ދިޔަގޮތް އަހަރެމެންނަށް ފެނިއްޖެ. ހަޔެއްކަ ހުސް ފުރުސަތު ލިބިއްޖެ ލަނޑު ޖަހަން. އެ ކާމިޔާބު ނުވިޔަސް ކަންބޮޑުނުވަނީ ހިތްހަމަ ޖެހޭ ނަތީޖާއެއް ނުކުތުމުން. އަހަންނަށް އެނގޭ ދެން މެޗެއްގައި އެ ފުރުސަތުތަކުގެ ބޭނުން ކުޅުންތެރިން ހިފާނެކަން،" ޝަންކަރުލާލް ބުންޏެވެ.
މި މަހު 28 ވަނަ ދުވަހު ކަލްކަތާގައި ކުޅޭ މެޗުގައި މި މެޗުން ނުފެންނަ ކުޅުންތެރިން ބޭނުންކުރުމާ މެދު ގޮތެއް ނިންމާނީ އެ ޓީމުގެ ފަރިތަކުރުންތަކަށް ފަހު ކަމަށް އޭނާ ވަނީ ބުނެފަ އެވެ.
ދެ ވަނަ ލެގުގެ މެޗަށް ވެލެންސިއާ ފުރުން އަވަސްކޮށްފައިވުމުން އަންނަ ހޮނިހިރު ދުވަހު ކުޅެން ނިންމާފައިވާ ވެލެންސިއާ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރާ މާލޭ ލީގުގެ މެޗު ވަނީ ފަހުގެ ތާރީހަކަށް ފަސްކޮށްފަ އެވެ.
މޯހަން ބަގާން އަތުން ބަލިވެ ވެލެންސިއާ ކަޓައިފި
ގްރޫޕް ސްޓޭޖުގެ އުއްމީދުގައި ވެލެންސިއާ ބޮޑު މެޗަކަށް
މޯހަން ބަގާންއާ ވެލެންސިއާ އެއްވަރުކޮށްފި
ދަނޑަށް އަަރުވާނީ ނަތީޖާ ނެރެވޭވަރުގެ ޓީމެއް: މޯހަން
އިންޑިއާ ޓީމުތަކުގެ އުކުޅު މިހާރު އެނގޭ: ފެސްކޯ
ޕްލޭއޮފުގައި ވެލެންސިއާ ވާދަކުރަން ޖެހޭނީ މޯހަން ބަގާންއާ
އެންމެ ބޮޑު އަމާޒަކީ މޮޅެއް ހޯދުން: ފެސްކޯ
ވެލެންސިއާ އާއީ ޓީސީގެ ހާލަތު ބަދަލެއް ނުވި
ތަށި ދިފާއު ކުރެވޭ ފެންވަރެއް ޓީމުގައި ނެތް: ފެސްކޯ
ކޯޗެއްގެ ގޮތުގައި ފެސްކޯ އެނބުރި ވެލެންސިއާ އަށް