މި އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ދަނޑުވެރިންނަށް 13 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށް ދަނޑުވެރިކަމާ ގުޅޭ މިނިސްޓްރީން ބުނެފި އެވެ.
27 މެއި 2024
މި އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ދަނޑުވެރިންނަށް 13 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށް ދަނޑުވެރިކަމާ ގުޅޭ މިނިސްޓްރީން ބުނެފި އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަވުމުގައި ސްޓޭޓް މިނިސްޓަރު މަރިޔަމް ވިޝާމާ ވިދާޅުވީ، މިދިޔަ އޭޕްރީލް މަހުގެ ނިޔަލަށް އަމިއްލަ ފަރުދުންނަށް ހަތަރު މިލިއަން ރުފިޔާ، އަދި ވިޔަފާރިތަކަށް އަށް މިލިއަން ރުފިޔާގެ ލޯނު ދޫކުރި ކަމަށެވެ.
"ޖުމްލަކޮށް 13 މިލިއަން ރުފިޔާގެ ލޯނު ވަނީ މިހާތަނަށް ދޫކޮށްފައި،" އޭނާ ވިދާޅުވި އެވެ.
ވިޝާމާ ވިދާޅުވި ގޮތުގައި "ދަނޑުވެރި ނަފާ" ގެ ނަމުގައި މި ލޯނު ސްކީމް ހިންގަނީ އެސްޑީއެފްއާ ގުޅިގެންނެވެ. އެ ލޯނު ދިނުމުގައި ޒަމާނީ ޓެކްނޮލޮޖީތަކާ އެކު ދަނޑުވެރިކަން ކުރަން އެހީތެރިވެދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިވަގުތު ރާއްޖޭގައި 7،600 ދަނޑުވެރިން ތިބި އިރު އޭގެ ތެރެއިން 55 ޕަސެންޓަކީ އަންހެނުންނެވެ.
ވިޝާމާ ވިދާޅުވީ، ހައިޑްރޯޕޯނިކްސް ފާމިން ފެށުމަށްޓަކައި އދ.އޮމަދު އާއި ފ. ދަރަނބޫދޫ ކަނޑައަޅައި އެ ދެ ރަށުގައި އެކަމުގެ މަސައްކަތްތައް ފަށާފައިވާ ކަމަށެވެ.
"މިއިން ކޮންމެ ރަށެއްގެ 10 ދަނޑުވެރިންގެ ތެރެއިން ކޮންމެ ދަނޑުވެރިއަކަށް 50 ލެޓިއުސް އިންދޭ ހޮޅި ސިސްޓަމަކާއި ކިއުކަމްބާ މެލަންގެ 25 ގަސް ހެއްދޭ ވަރުގެ ޓްރަފް ސިސްޓަމެއް ފޯރުކޮށްދެވޭނެ. މިހާރު ކުރިއަށްދަނީ މި ރަށްތަކުގައި ސިސްޓަމުތައް ގާއިމްކުރުމަށް ޕްރޮކިއުމެންޓް ކުރުމުގެ މަސައްކަތްތައް،" އޭނާ ވިދާޅުވި އެވެ.
އެ ދެ ރަށުގައި ހިންގާ ޕްރޮގްރާމު މި އަހަރުގެ ސެޕްޓެމްބަރުގައި ނިންމައި ދަނޑުވެރިންނާ މަސައްކަތް ހަވާލު ކުރެވޭނެ ކަމަށް ދަނޑުވެރިކަމާ ގުޅޭ މިނިސްޓްރީން ބުންޏެވެ. އެ ސިސްޓަމުން އެވްރެޖުކޮށް 12 ކިލޯގެ ފަތާއި، ކިއުކަމްބާ ސިސްޓަމުތަކުން 66 ކިލޯ އުފެއްދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ހައިޑްރޯޕޯނިކްސްގެ އިތުރުން ވާޓިކަލް ފާމިން މަސައްކަތް ފެށުމަށް ޅ.ނައިފަރާއި ރ.ހުޅުދުއްފާރު، ނ.ކެނދިކުޅުދޫ، ތ ކިނބިދޫ އެ މިނިސްޓްރީން ވަނީ ކަނޑައަޅައިފަ އެވެ. އެ ރަށްތަކުގައި 1،000 އަކަފޫޓުގެ ގްރީން ހައުސްއެއް ހަދާނެ އެވެ.
"ކޮންމެ ގްރީން ހައުސްއެއްގައި ހަތަރު އެރޮޕޯނިކްސް ސިސްޓަމާއި 12 ޕައިންއެޕަލް ޓަވާސް ހަރުކުރެވޭނެ. މުޅި އެކު 14 ސިސްޓަމް ހުންނާނެ. ބޮޑަށް އަޅުގަނޑުމެން ފޯކަސް ކުރަނީ ފަތްޕިލާވެލީގެ ބާވަތްތައް އިންދުމަށް،" އޭނާ ވިދާޅުވި އެވެ.
ޗައިނާއިން ރާއްޖެއަށް ދަނޑުވެރިކަމުގެ ސާމާނު ދީފި
އެގްރޯނެޓްގެ މަސައްކަތް އަލުން ފަށަނީ
އެގްރިކަލްޗާގެ ދާއިރާތަކުން ކިޔަވަން ސްކޮލާޝިޕްތަކެއް
ރުކުމަޑި ކޮންޓްރޯލް ކުރުމަށް ލެބޯޓަރީއެއް ހަދަނީ
ދަނޑުވެރިންގެ އުފެއްދުންތައް އުފުލުމަށް "އެގްރި ބޯޓް"
ނުވިކޭ ތަކެތި ބަހާލަން ވެސް ދަނޑުވެރިން ތައްޔާރު
"ހާލުގައި ޖެހިފައިވާ" 15 ބުޅާ އޮޅުހިޔާއަށް
ބުޅާ ފެސިލިޓީގެ ނެޓުތައް ބަދަލުކުރަން ފަށައިފި
ފެޒޫއާ އެކު މިހާރު ބަދިގެ: ތޮއްޑޫގެ ޖޭމުން ޕޭންކޭކް
ދަނޑުވެރިންގެ ދަފްތަރެއް އެކުލަވާލަނީ