Roadha Mihaaru
އާ ސަހަރާ ނިންމަން އާ ކުންފުންޏަކާ ހަވާލުކޮށްފި

އާ ސަހަރާ ނިންމަން އާ ކުންފުންޏަކާ އަނެއްކާ ވެސް ހަވާލުކޮށްފި

19 މެއި 2024

އާ ސަހަރާގެ މަސައްކަތްތައް ނިންމަން ހަވާލުކުރި ކުންފުންޏަށް އެކަން ނުވުމުން، އަނެއްކާ ވެސް އާ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އާ ސަހަރާގެ މަސައްކަތްތައް ނިންމަން ހަވާލުކުރި ކުންފުންޏަށް އެކަން ނުވުމުން، އަނެއްކާ ވެސް އާ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

މާލެ ސިޓީ ކައުންސިލުން "އެކްސް"ގައި ރޭ ކުރި ޕޯސްޓުގައި ބުނީ އާ ސަހަރާގެ ފިނިޝިން މަސައްކަތްތައް އެއްކޮށް ނިންމަން ހައިމަން ކޮންސްޓްރަކްޝަން ކުންފުންޏަށް 2.7 މިލިއަން ރުފިޔާއަށް ދީފައިވާ ކަމަށެވެ.

ދެ މަސް ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކުރި މަސައްކަތުގެ އެއްބަސްވުމުގައި، ސޮއިކުރެއްވީ ހައިމަން ކުންފުނީގެ ޑިރެކްޓަރު މުހައްމަދު އައިމަން އަދި ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ވަޖީހު ނަސީރެވެ.

އާ ސަހަރާގެ މަސައްކަތް ކުރަނީ.-- ފޮޓޯ: މިހާރު

އާ ސަހަރާގެ މަސައްކަތް ކުރަނީ.-- ފޮޓޯ: މިހާރު

އާ ސަހަރާއަށް ދާ މީހުން މަޑުކުރާނެ ޖާގަ އިތުރުކުރުމަށް، ދެ ބުރީގެ އިމާރާތެއް ހެދުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފެށީ މިދިޔަ ޖޫން މަހުގެ ތެރޭގަ އެވެ. އެކަން އޭރު ހަވާލުކުރީ ޕީއެންޕީ މޯލްޑިވްސް ނަމަކަށް ކިޔާ ކުންފުންޏަކަށް 4.9 މިލިއަން ރުފިޔާ އަށެވެ. އެކަމަކު އެއް މަސް ދުވަހަށް ހަވާލުކުރި އެ މަސަައްކަތް ނުނިމި، ދިގުލައިގެން ދިއުމުން ކައުންސިލުން އެއްބަސްވުން ބާތިލުކުރިޔަސް އޭރު އެ ކުންފުންޏަށް އޮތީ 3.6 މިލިއަން ރުފިޔާ ދީފަ އެވެ.

އަނެއްކާ މިދިޔަ ޑިސެމްބަރު މަހު އެ މަސައްކަތް ބީސިކްސް އިވެންސްޓްމަންޓަށް 4.6 މިލިއަން ރުފިޔާއަށް ހަވާލުކުރި އެވެ. ސިޓީ ކައުންސިލުން ބުނީ އެ ފަރާތާ ހަވާލުކުރީ އާ އިމާރާތުގެ ސްޓްރަކްޗާ ނިންމަން ކަމަށާއި އެކަން ނިންމާފައިވާ ކަމަށެވެ.

އެހެންވެ، ހައިމަން ކުންފުންޏަށް އެ ދިނީ ބާކީ ހުރި މަސައްކަތްތައް ނިންމާށެވެ.