Roadha Mihaaru
އާ ސަހަރާގައި އަލުން މީހުން ވަޅުލާން ފަށައިފި

ހުޅުމާލެ ސަހަރާގައި ފެން ބޮޑުވުމުން މީހުން ވަޅުލުން އާ ސަހަރާ އަށް

03 ޖެނުއަރީ 2024

މާލެ އަށް މިދިޔަ ހަފުތާގައި ކުރި ވިއްސާރައާ ގުޅިގެން، ހުޅުމާލެ ސަހަރާގެ ބިމު އަޑިން އަދިވެސް ފެންގަނޑު ނުހިނދޭތީ، އެ ތަނުގައި މީހުން ވަޅުލުން ވަގުތީ ގޮތުން މެދުކަނޑާލައި، މާލޭގެ އާ ސަރަހަރާ އަށް ވަގުތީ ގޮތުން ބަދަލުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މާލެ އަށް މިދިޔަ ހަފުތާގައި ކުރި ވިއްސާރައާ ގުޅިގެން، ހުޅުމާލެ ސަހަރާގެ ބިމު އަޑިން އަދިވެސް ފެންގަނޑު ނުހިނދޭތީ، އެ ތަނުގައި މީހުން ވަޅުލުން ވަގުތީ ގޮތުން މެދުކަނޑާލައި، މާލޭގެ އާ ސަރަހަރާ އަށް ވަގުތީ ގޮތުން ބަދަލުކޮށްފި އެވެ.

ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލް އާމިނަތު ޝަތުފާ ވިދާޅުވީ މީހުން ވަޅުލުމަށްޓަކައި ތިން ފޫޓަށް ކޮންނަން ޖެހޭ ކަމަށެވެ. ނަމަވެސް، ވިއްސާރަ އަށް ފަހު، އެ ތަނުގައި އެއް ފޫޓަށް ވަޅު ކޮންނައިރަށް ފެން އަރާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ މައްސަލަ ހައްލުވާން އަދި ހަފުތާއެއް ނަގާނެތީ، މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި މަރުވާ މީހުން މިދިޔަ ހޯމަ ދުވަހުން ފެށިގެން ވަޅުލަނީ އާ ސަރަހާގައި ކަމަށް ޝަތުފާ ވިދާޅުވި އެވެ. އެކަމަކު، މައްޔިތާގެ މޫނު ދެއްކުން އޮންނާނީ ހުޅުމާލެ ސަހަރާގަ އެވެ.

އާ ސަހަރާގައި މީހުން ވަޅުލުން މިހާތަނަށް ހުއްޓާލާފައި ވަނީ އެ ތަނުގައި އާ އިމާރާތްތަކެއް ހަދަމުން އަންނާތީ އެވެ.

އާ ސަރަހަރާ އަށް ދާ މީހުން މަޑުކުރާނެ ޖާގަ އިތުރު ކުރުމަށްޓަކައި ބައެއް ތަންތަން ތަޅާލައި، ދެ ބުރީގެ އިތުރު އިމާރާތެއް ހެދުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފެށީ މިދިޔަ ޖޫން 4 ގަ އެވެ. ނަމަވެސް، އެއް މަސް ދުވަހަށް ހަވާލުކުރި މަސައްކަތް ނުނިމި ވަނީ ދިގުލައިގެން ގޮސްފަ އެވެ.