02 މެއި 2024
ފަލަސްތީނުގެ ނަސްލު ނައްތާލުމަށް އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ނުފެންނަ ކަމަށް ހެދިގެން ނުތިބެވޭނެ ކަމަށް ބުނެ، އދ. ގެ ސަލާމަތީ މަޖިލީހުގައި ވީޓޯ ކުރުމުގެ ބާރު އުވާލަން ރާއްޖެ އިން ގޮވާލައިފި އެވެ.
ފަލަސްތީނުގެ ނަސްލު ނައްތާލުމަށް އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ނުފެންނަ ކަމަށް ހެދިގެން ނުތިބެވޭނެ ކަމަށް ބުނެ، އދ. ގެ ސަލާމަތީ މަޖިލީހުގައި ވީޓޯ ކުރުމުގެ ބާރު އުވާލަން ރާއްޖެ އިން ގޮވާލައިފި އެވެ.
އދ. ގެ އާންމު މަޖިލީހުގެ 78 ވަނަ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން އިއްވި ބަޔާނުގައި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވީ އދ. ގެ އެންމެ ބާރުގަދަ ގުނަން ކަމަށްވާ، ސަލާމަތީ މަޖިލީހުން ފަލަސްތީނުގައި ހައްގުގައި ފިޔަވަޅެއް އެޅުމަށް، އެންމެ ގައުމެއްގެ ވޯޓުން ހުއްޓުވޭނެ މަގު އޮތުމަކީ ލަދުވެތިކަމެއް ކަމަށެވެ.
"ފަލަސްތީނުން އިންސާފަށް ހަރުއަޑުން ގޮވާލައި ގޮވާލުން އެންމެ ވޯޓަކުން އަޑުނީވޭ ކަމަށް ހެދުމަކީ ލަދުވަތި ކަމެއް،" ހައިދަރު ވިދާޅުވި އެވެ.
އދ. ގެ މެމްބަރުކަން ފަލަސްތީނަށް ދިނުމަށް އާންމު މަޖިލީހާ ހިސާބަށް މިދިޔަ މަހު ގެންދިއުމުގެ ކުރިން، އެމެރިކާ ވަނީ ސަލާމަތީ މަޖިލީހާ ހިސާބުން ވީޓޯ ބޭނުންކޮށްގެން ހުއްޓުވައިފަ އެވެ.
"އެ ވީޓޯއާއެކު އދ.ގެ ސަލާމަތީ މަޖިލީހުން ވަނީ ފަލަސްތީނުގެ ނަސްލު ނައްތާލުމަށް ހިންގާ ޖަރީމާ ހުއްޓުވަން ނުކުޅެދިފައި - މިނިސްޓަރު އަލީ ހައިދަރު
ހައިދަރު ވިދާޅުވި ގޮތުގައި އެ އެއް ވޯޓު ވަނީ ފަލަސްތީނަށް އިންސާފު ހޯދައިދިނުމަށް އދ. ގެ 140 މެމްބަރު ގައުމާއި ސަލާމަތީ މަޖިލީހުގެ 12 މެމްބަރު ގައުމުގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތަކެއް މިލިއަން މީހުން މަގުތަކަށް ނުކުމެ ކުރަމުންދާ ސުލްހަވެރި އިހުތިޖާޖުގެ އަޑު ކަނޑުވާލައިފަ އެވެ.
"އެ އެއް ވޯޓުން އދ. ސަލާމަތީ މަޖިލިސް އަނެއްކާވެސް ފެއިލް ވެއްޖެ. "އެ ވީޓޯއާ އެކު އދ.ގެ ސަލާމަތީ މަޖިލީހުން ވަނީ ފަލަސްތީނުގެ ނަސްލު ނައްތާލުމަށް ހިންގާ ޖަރީމާ ހުއްޓުވަން ނުކުޅެދިފައި،" ހައިދަރު ވިދާޅުވި އެވެ.
At today's meeting of #UNGA78 on the use of the veto, Minister Haidar reasserted the unequivocal support of the #Maldives?? for the right of #Palestine?? to be admitted to the United Nations, & called for immediate action to stop Israel's genocide in Gaza, & to abolish the veto. pic.twitter.com/Zj5uph4rJY
— Maldives Mission NY (@MVPMNY) May 1, 2024
މިނިސްޓަރު ވިދާޅުވި ގޮތުގައި، ކޮންމެ ދުވަހަކު ފަލަސްތީނުގެ ބިންތަކުގައި އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ އަނިޔާތައް ދުނިޔޭގެ ތާރީހުގައި ލިޔަމުން، ފެވެމުންދާ ކަމަށެވެ. އިޒްރޭލުން ދެމުންދާ ހަމަލާތަކުން ބިމާ ހަމަވެފައިވާ އިމާރާތްތަކުގެ ދަށުން އާއިލާ ސަލާމަތްކުރަން ތުއްތު ކުދިން އަމިއްލަ އަތުން މަސައްކަތް ކުރާ މަންޒަރު ކޮންމެ ދުވަހަކު ފެންނަމުންދާ ކަން އޭނާ ފާހަގަކުރެއްވި އެވެ.
"އެއްވެސް ހާލެއްގައި މިއީ ނުވާ ކަމަކަށް ހެދިގެން ނުތިބެވޭނެ،" ހައިދަރު ވިދާޅުވި އެވެ.
ސަލާމަތީ މަޖިލީހަށް ފަލަސްތީނުގެ ބިމުގައި އަޅުގަނޑު ވާހަކަ ދައްކަމުންދާ އިރު ވެސް، ހިންގަމުންދާ ޖަރީމާތައް ނޭނގޭ ކަމަށް ހަދައިގެން ނުތިބެވޭނެ."
ހައިދަރު ވިދާޅުވި ގޮތުގައި ސަލާމަތީ މަޖިލީހުން ފިޔަވަޅު އެޅުމަށް ނުކުޅެދުމުގެ ސަބަބުން، އިޒްރޭލުގެ ޖަރީމާތައް އާދައިގެ ކަމަކަށް ވަނީ ވެފަ އެވެ.
އަދި އިޒްރޭލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެ، ފަލަސްތީނު ނަސްލު ނައްތާލުމުގެ ހަތިޔާރަކަށް އެ ވީޓޯ ހަދާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެއާ އެކު، ފަލަސްތީނަކީ މިނިވަން މުސްތަގިއްލު ދައުލަތެއްގެ ގޮތުގައި ބަލައިގަނެ، އިޒްރޭލުން ވެރިވަގަނެގެން ތިބި ފަލަސްތީނުގެ ބިންތައް އަނބުރާ ހަވާލުކޮށް، 1948 ވަނަ އަހަރުން ފެށިގެން ރެފިއުޖީންގެ ގޮތުގައި ތިބި ފަލަސްތީނު ރައްޔިތުންނަށް އެ މީހުންގެ ބިންތައް އަނބުރާ ހަވާލުކުރަން އިޒްރޭލަށް މަޖުބޫރުކުރަން ހައިދަރު ހަރުއަޑުން ގޮވާލެއްވި އެވެ.
ފަލަސްތީނަށް އދ.ގެ އޮބްޒާވަރެއްގެ ދަރަޖަ ވެސް ލިބުނީ 2012 ވަނަ އަހަރު އެވެ. ފަލަސްތީނުން ވަނީ ފުރިހަމަ މެމްބަރުކަން ހޯދުމަށް އަހަރުތަކެއް ވަންދެން ލޮބީކޮށްފަ އެވެ. އެއީ ފުރިހަމަ މެންބަރުކަން ހޯދަން 2011 ވަނަ އަހަރު ހުށަހެޅުމުން އެކަމާ މެދު މިހާތަނަށް ވެސް އެއްވެސް ނިންމުމެއް ނުނިންމާ ބޭއްވުމަށް ފަހު އެވެ.
ރާއްޖެ ކުޑަޔަސް ފަލަސްތީނަށްޓަކައި އުފުލާ އަޑު ގަދަ
ނަތަންޔާހޫ ވާހަކަ ދައްކަން ފެށުމުން ޖަލްސާ ދޫކޮށްފި
ސަލާމަތީ މަޖިލީހުން ވީޓޯ އުވާލަން ރައީސް ގޮވާލައްވައިފި
އިޒްރޭލުން ހިންގަނީ ގަތުލުއާމެއް،ޖަވާބުދާރީ ކުރުވަންޖެހޭ
"ޣައްޒާގެ ގަތުލްއާންމު ހުއްޓުވާނެ ހިތްވަރު ބޭނުންވޭ"
1.29 މިލިއަން ޑޮލަރުގެ އެހީއެއް ފަލަސްތީނަށް ދެނީ
އާންމު މަޖިލީހުގެ އަޑުއަހަން ރާއްޖޭން ގޮވާލައިފި
ފަލަސްތީނުގެ ހައްގުގައި ތެދުވަން މުސްލިމް ވެރިންނަށް ގޮވާލައިފި
ގަރާރާއެކު ޣައްޒާއަށް އެހީ ވައްދަން ޒަމީރު ގޮވާލައިފި
ފެނަށް ޖެއްސުން އެކަނި އިޒްރޭލާ ދެކޮޅު ހެއްކަކަށް ފުދޭ