02 މެއި 2024
މިއީ އެހެން އެސޯސިއޭޝަންތަކުން ނުފެންނަ މަންޒަރެކެވެ. މި އަހަރު ގިނަ އެސޯސިއޭޝަންތަކެއްގެ އިންތިހާބު ކުރިމަތީގައި އެބައޮތެވެ. ބައެއް އެސޯސިއޭޝަންތަކުން އިންތިހާބު ބާއްވައިފި އެވެ. އަދި އެހެން ބައެއް އެސޯސިއޭޝަންތައް އޮތީ އިންތިހާބުގެ ތާރީހު އިއުލާންކޮށްފަ އެވެ.
މިއީ އެހެން އެސޯސިއޭޝަންތަކުން ނުފެންނަ މަންޒަރެކެވެ. މި އަހަރު ގިނަ އެސޯސިއޭޝަންތަކެއްގެ އިންތިހާބު ކުރިމަތީގައި އެބައޮތެވެ. ބައެއް އެސޯސިއޭޝަންތަކުން އިންތިހާބު ބާއްވައިފި އެވެ. އަދި އެހެން ބައެއް އެސޯސިއޭޝަންތައް އޮތީ އިންތިހާބުގެ ތާރީހު އިއުލާންކޮށްފަ އެވެ.
އެހެން ހުރިހާ އެސޯސޮއޭޝަންތަކުން ނުފެނު ތަފާތު މަންޒަރެއް ސްވިމިން އެސޯސިއޭޝަނުން ޕްރެކްޓިސް ކުރެ އެވެ. އަންނަ މަހު 1 ގައި އެ އެސޯސިއޭޝަނުގެ އިންތިހާބު ބާއްވަން އިއުލާން ކުރީ އިލެކްޓޯރަލް ކޯޑާއި އިންތިހާބުގެ ބައެއް އެހެން މައުލޫމާތުތައް ހުރި ޕޭޖް ވެސް ހާމަ އަށް ދެއްކުމަށް ފަހު އެވެ.
މި އަހަރު އިންތިހާބު ބާއްވަން އެންމެ ފުރަތަމަ އިއުލާން ކުރީ އެންމެ ގިނަ ވަސީލަތާއި އެންމެ ބޮޑު ބަޖެޓެއް ވެސް އޮތް އެފްއޭއެމް އެވެ. އިލެކްޓޯރަލް ކޯޑް ފެންނާނެ ގޮތަށް ހާމަ ނުކުރެ އެވެ. އަދި އެވަރަކުން ވެސް ނުނިމެ އެވެ. އިންތިހާބަށް ކުރިމަތިލި ކެންޑިޑޭޓަކު މައްސަލަ ހުށަހެޅުމުން، އެ މައްސަލަ ބަލާނެ ކޮމިޓީއެއް ވެސް އުފައްދާފައެއް ނެތެވެ.
މައްސަލަ ޖެހުނު ކެންޑިޑެސީ ބާތިލު ކުރީ އިލެކްޓޯރަލް ކޯޑްގެ މިވެނި އެވެނި މާއްދާއަކާ ހަވާލާދިނުމަށް ފަހު ކަމަށް ބުނެ އެވެ. އެކަމަކު އެއިން ގަވާއިދެއް އާންމުންނަށް ފެންނާނެހެން ހާމަކޮށްފައެއް ނެތެވެ. ވީއޭއެމާއި އެފްއޭއެމް ދެފަހަރަށް އިންތިހާބަށް އިއުލާން ކުރި އެވެ. އެއިން އެއްވެސް ފަހަރަކު އިލެކްޓޯރަލް ކޯޑަކީ އޮތް އެއްޗެއް ކަމެއް ވެސް އާންމުކޮށް ހާމައެއް ނުކުރެ އެވެ.
އެސޯސިއޭޝަންތައް އިންތިހާބު ކުރަން އިއުލާން ކުރި ފަހުން، ސްވިމިން އެސޯސިއޭޝަނުން ކުރިމަތި މިލަނީ ފަސްވަނަ އިންތިހާބަށެވެ. މި އިންތިހާބަށް ކުރިމަތިލުމުގެ އެންމެ ފަހު ދުވަހަކީ މި މަހު 23 އެވެ. ނުވަ މާއްދާ ހިމެނޭ އިލެކްޓޯރަލް ކޯޑްގައި މިހާރު ވެސް ވަނީ އިންތިހާބު ބާއްވާ ތަން ވެސް އިއުލާންކޮށްފަ އެވެ. އެގްޒެކެޓިވް ކޮމިޓީގެ ހަތް މަގާމަކަށް މެންބަރުން އިންތިހާބު ކުރާނެ އެވެ.
ވޯލްޑްޗެމްޕިއަންޝިޕްގައި ދިވެހި ފެތުންތެރިން ރެކޯޑްތަކެއް
ހަންގޭރީ މުބާރާތުން އާން އާއި ހަމްނާ އަށް 8 ރެކޯޑް
ހަންގޭރީގައި އާން އާއި ހަމްނާ އަށް އިތުރު ރެކޯޑްތަކެއް
އާން 8 އަހަރުވީ ރެކޯޑެއް މުގުރާލައިފި
ރަން މެޑަލް ރޭހުން ތަޒްކީ ހެދީ 10 އަހަރުވީ ރެކޯޑެއް
ދިގު ފެތުމުގެ ޗެމްޕިއަންކަން ރިހާން އާއި އަޔާނާ އަށް
ރެކޯޑް ކުރިއެރުންތަކެއް، ޗެލެންޖަށް އުލްޔާ ތައްޔާރު
ބީއެމްއެލްގެ ސްވިމިން ފެސްޓިވަލަށް ބޮޑު ތަރުހީބެއް
ސްވިމިން؛ އޮލިމްޕިކްސް ޖާގަ އުލްޔާ އާއި އާން އަށް
މެރާލް، 100 މީޓަރު ބަޓަފްލައިގެ ރެކޯޑް އާކޮށްފި