ރާއްޖެ އާއި ރާއްޖެ އިން ބޭރުގައި މަތީ ތައުލީމު ހާސިލްކުރަން މިދިޔަ މަހު ހުޅުވައިލި ސްޓޫޑެންޓް ލޯނަށް އެދުމުގެ މުއްދަތު ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން އިތުރު ކޮށްފި އެވެ.
25 އެޕްރީލް 2024
ރާއްޖެ އާއި ރާއްޖެ އިން ބޭރުގައި މަތީ ތައުލީމު ހާސިލްކުރަން މިދިޔަ މަހު ހުޅުވައިލި ސްޓޫޑެންޓް ލޯނަށް އެދުމުގެ މުއްދަތު ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން އިތުރު ކޮށްފި އެވެ.
ފެބްރުއަރީ 29 ގައި ހުޅުވައިލީ ސްޓޫޑެންޓް ލޯނުގެ 500 ޖާގަ އެވެ. ލޯނަށް އެދުމުގެ މުއްދަތު ހަމަވާނީ މިއަދެވެ.
އެކަމަކު، ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، ލޯނަށް އެދުމުގެ މުއްދަތު އަންނަ މަހުގެ ވަނަ ދުވަހުގެ ނިޔަލަށް އިތުރު ކޮށްފައިވާ ކަމަށެވެ. މިނިސްޓްރީން ބުނީ އެ ދުވަހުގެ މެންދުރު 1:30 އާ ހަމައަށް އެޕްލިކޭޝަން ހުށަހެޅޭނެ ނެކަމަށެވެ.
ލޯނުތަކަށް ހުޅުވައިލުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވީ މަތީ ތައުލީމް ހާސިލްކުރަން ބޭނުންވާ، ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ވެސް އިސްކަން ދީފައިވާނެ ކަމަށެވެ.
ހާއްސަ އެހީ އަށް ބޭނުންވާ މީހުންނަށް މީގެ ކުރިން ވެސް ލޯނު ދޫކުރެ އެވެ. ނަމަވެސް އޭގެ ތެރޭގައި ލޯނުގެ އިތުރަށް ހިނގާ ހަރަދެއް ނުހިމެނެ އެވެ.
ޑިޕްލޮމާ އިން ފެށިގެން ޕީއެޗްޑީ ފެންވަރަށް ކިޔެވުމުގެ ފުރުސަތު އެ ސްކީމުގައި ލިބޭއިރު، އޭގެ ތެރޭގައި ހުރިހާ ހަރަދެއް ހިމެނެ އެވެ.
ސްޓޫޑެންޓް ލޯނަށް 1،300 ދަރިވަރުން ކުރިމަތިލައިފި
ލޯނުގައި ކިޔަވާ ކުދިންނަށް ބޭންކު ރޭޓުގައި ޑޮލަރު ދެނީ
ސްޓޫޑެންޓް ލޯނުގެ 500 ފުރުސަތު ހުޅުވާލައިފި
ސްޓޫޑެންޓު ލޯނުގެ އިދާރީ ފީ ކަނޑާލައިފި
ސްޓޫޑެންޓު ލޯނުގެ އިދާރީ ފީ ކަނޑާލައި، ބަދަލުތަކެއް!
"ސްޓޫޑެންޓު ލޯނަށް އަވަހަށް އިއުލާންކުރެވޭތޯ ބަލަން"
ސްޓޫޑެންޓު ލޯނުގެ މައްސަލައިގައި މިނިސްޓަރާ ސުވާލުކުރަނީ
ރީރަޖިސްޓްރީނުކުރާ 101 ތަނެއްގެ ސަނަދު ގަބޫލުނުކުރާނެ
ދަރިވަރުންގެ ލޯނުގެ ބެކްލޮގް ހުސްކޮށްފިން: މިނިސްޓަރު
ޖަވާބު ދިނުން ލަސްވީ ދަރިވަރުން ގިނަވުމުން: މިނިސްޓަރު