ސަރުކާރުން ކިޔަވާ ކުދިންނަށް ހާއްސަކޮށް ދޫކުރާ ލޯނުތަކަށް މި އަހަރުގެ މިހާތަނަށް 189 މިލިއަން ރުފިޔާ ހޭދަކޮށްފި އެވެ.
27 ޖޫން 2025
ސަރުކާރުން ކިޔަވާ ކުދިންނަށް ހާއްސަކޮށް ދޫކުރާ ލޯނުތަކަށް މި އަހަރުގެ މިހާތަނަށް 189 މިލިއަން ރުފިޔާ ހޭދަކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ހިސާބުތަކުން ދައްކާ ގޮތުން މި އަހަރު ކިޔަވާ ކުދިންގެ ލޯނަށް ދައުލަތުގެ ބަޖެޓުން 768 މިލިއަން ރުފިޔާ ހޭދަކުރަން ޖެހެ އެވެ.
ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި ސްޓޫޑެންޓް ލޯނު ނަގާފައިވާ ދަރިވަރުންގެ އަދަދު 10،000 އަރަ އެވެ. އޭގެ ތެރެއިން ގަވައިދުން ލޯނު ދައްކަނީ އެންމެ 10 ޕަސެންޓް ދަރިވަރުންނެވެ. އަދި ގަވައިދުން ނޫން ނަމަވެސް، 40 ޕަސެންޓު ދަރިވަރުން ލޯނު އަދާކުރާ އިރު ބާކީ 60 ޕަސެންޓު ކުދިން އެ ލޯނަށް ފައިސާ ނުދައްކަ އެވެ.
ސްޓޫޑެންޓް ލޯނުގައި އެކަނި ވެސް 1،650 ދަރިވަރުން ރާއްޖެ އިން ބޭރުގެ އެކި ގައުމުތަކުގައި މި ވަގުތު ވެސް ކިޔަވަމުން އެބަދެ އެވެ.
ސްޓޫޑެންޓް ލޯން ސްކީމްގެ ޕާފޯމަންސް އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އެކި ސްކީމުތަކުން 2014 އިން 2019 ގެ ނިޔަލަށް 1.8 ބިލިއަން ރުފިޔާގެ ލޯނު ދަރިވަރުންނަށް ދޫކޮށްފައިވެ އެވެ. ދަރިވަރުންނަށް ލޯނު ދޫކޮށް ދައްކަން ޖެހި ނުދައްކާ ހުރި ފައިސާގެ އަދަދު 173 މިލިއަން ރުފިޔާ އަށް އަރާ ކަމަށް ވެސް އޮޑިޓް ރިޕޯޓުން އެނގެ އެވެ.
ލޯނު ނުދައްކާ ފަރާތްތަކުގެ އަތުން އެ ފައިސާ ހޯދާނެ ގޮތްތައް ރާވަމުން އަންނަ ކަމަށް ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު މިދިޔަ މެއި މަހު މަޖިލީހުގައި ވިދާޅުވެފައިވެ އެވެ.
ލޯނު ލިބޭ ވަގުތީ ލިސްޓުގައި 806 ދަރިވަރުން
ސްޓޫޑެންޓް ލޯނުގެ 500 ފުރުސަތު ހުޅުވާލައިފި
ސްޓޫޑެންޓް ލޯނަށް އެދޭ މުއްދަތު އިތުރު ކޮށްފި
ސްޓޫޑެންޓް ލޯނަށް 1،300 ދަރިވަރުން ކުރިމަތިލައިފި
ފްލައިން ސްކޫލުން ދިވެހި ދަރިވަރުންނަށް އިހުމާލުވާކަމުގެ ތުހުމަތު
"ލޯނު ނުލިބުނީ ސެޓްފިކެޓްތަކުގެ ދެ ފުށް ހުށަނާޅާތީ"
މަތީ ތައުލީމުގެ ލޯނު ހަމަޖެހުނީ މަދު ބަޔަކަށް
ސްޓޫޑެންޓް ލޯނުގެ ވަގުތީ ލިސްޓަށް 195 ޝަކުވާ
ޝަރުތު ހަމަވި ހުރިހާ ކުދިންނަށް ލޯނު ދޭން އަންގަވައިފި
40 ޕަސެންޓް ދަރިވަރުން ލޯނު ދައްކާ: ހައިދަރު