18 އެޕްރީލް 2024
ރާއްޖޭގެ އެންމެ ބޮޑު ކުންފުނި، އެސްޓީއޯ އޮތީ "ރަނގަޅު ޓްރެކެއްގައި" ކަމަށާއި ދެން އޮތީ އިތުރު ވިޔަފާރިތަކަށް ފުޅާކުރުން ކަމަށް މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ އެންމެ ބޮޑު ކުންފުނި، އެސްޓީއޯ އޮތީ "ރަނގަޅު ޓްރެކެއްގައި" ކަމަށާއި ދެން އޮތީ އިތުރު ވިޔަފާރިތަކަށް ފުޅާކުރުން ކަމަށް މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވެއްޖެ އެވެ.
"އެސްޓީއޯގެ މާލީ ހާލަތު ރަނގަޅު،" މިދިޔަ ހަފުތާގައި "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވި އެވެ.
އެސްޓީއޯ އަށް މިދިޔަ އަހަރު ވެސް 16 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނެވެ. އަދި 800 މިލިއަން ރުފިޔާގެ ފައިދާ ހޯދި އެވެ.
ޝިމާދު ވިދާޅުވީ، މި ސަރުކާރު އައިސް އެސްޓީއޯ އާ ހަވާލުވި އިރު އެ ކުންފުނީގެ މާލީ ހާލަތު އޮތީ ވަރަށް ރަނގަޅު މިސްރާބެއްގައި ކަމަށެވެ. އެކަމަކު އެ ކުންފުންޏަށް ވެސް މާލީ ހާލަތު އިތުރު ހަރުފަތްތަކަށް ކުރިއަށް ގެންދިއުމަށް ދައުލަތުގެ އެހެން ކުންފުނިތަކާއި މުޅި ގައުމުގެ އިގްތިސާދު ވެސް ރަނގަޅުވުން މުހިންމު ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ބައެއް މިސާލުތަކަށް އޭނާ ވިދާޅުވި އެވެ.
"ފެނަކަ ރަނގަޅު ވާން ޖެހޭ. އެމްޓީސީސީ ރަނގަޅު ވާން ޖެހޭ. ދެން ހުރި ކުންފުނިތައް ވެސް ރަނގަޅުވާން ޖެހޭ،" އެސްޓީއޯގެ ވިޔަފާރިތައް ވެސް އޮތީ އެހެން ކުންފުނިތަކާ ގުޅިފައި ކަން ފާހަގަ ކުރައްވައި، އޭނާ ވިދާޅުވި އެވެ.
ޝިމާދު އިންޓަވިއުގައި ވާހަކަދައްކަވަނީ. އޭނާ ވިދާޅުވީ، ކުންފުނީގެ މާލީ ހާލަތު ރަނގަޅު ކަމަށް -- ފޮޓޯ: ނިޝާން އަލީ / މިހާރު
އޭނާ ވިދާޅުވީ އެސްޓީއޯގެ ވިޔަފާރި ފުޅާކުރެވޭނެ ގޮތްތައް ވެސް ބަލަމުން އަންނަ ކަމަށެވެ. އޭގެ ތެރޭގައި، އޭވިއޭޝަން ފިއުލް ފޯރުކޮށްދޭ އަގު ވީހާ ވެސް ކުޑަ ކުރެވޭނެ ގޮތްތައް ހޯދައިދޭން އެމްއޭސީއެލްއާ އެކު ވާހަކަ ދައްކަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ ވެސް އެސްޓީއޯގެ އާމްދަނީ ވަރަށް ރަނގަޅު ކުރެވިދާނެ ވިޔަފާރިއެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ތެލުގެ ވިޔަފާރިއަކީ އެ ކުންފުންޏަށް އެންމެ ބޮޑު އާމްދަނީއެއް ވަންނަ ވިޔަފާރި އެވެ.
"މިހާރު ވާ ގޮތަކީ ބޮޑެތި ބޯޓުތައް މިއަންނަނީ ތެޔޮ އަޅައިގެން. ކިރިޔަ ކިރިޔާ އަނބުރާ ދެވޭ ވަރަށް ތެޔޮ އަޅައިގެން. މިކޮޅުން ނަގާނީ ވަރަށް ކުޑަ އެތިކޮޅެއް،" އޭނާ ވިދާޅުވި އެވެ.
ޝިމާދު ވިދާޅުވީ، އެ ކުންފުނިން މިހާރު ހިންގަމުން އަންނަ ވިޔަފާރިތަކުގެ އިތުރުން ބައިނަލްއަގުވާމީ ވިޔަފާރިތަކަށް ދިއުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ، ބަންކަރިން ހިދުމަތަކީ ވެސް އިންޓަނޭޝަނަލް ހިދުމަތެއް ކަމަށާއި އޭގެ ސަބަބުން ފޮރިން އިންފްލޯ ނުވަތަ ބޭރު ފައިސާ ގައުމަށް ވަންނާނެ ކަމަށެވެ. މިކަމުގެ ސަބަބުން، އިގްތިސާދު ބޭރު ފައިސާ އަށް ބަރޯސާވާވަރު ކުޑަ ކުރެވޭނެ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.
"ވަރަށް ބޮޑު ވިޝަންއެއް މިއީ. ބޭރު ފައިސާ އަށް ބަރޯސާވެފައި އޮތުން ކުޑަ ކުރުން. ބަންކަރިން މިއީ އެއް ކަންތައް. އަދި ދަނޑުވެރިކަން އެގްރިކަލްޗާ އިކޮނޮމިކް ޒޯން ކާމިޔާބު ވެއްޖެ ނަމަ ވަރަށް ބޮޑު އެއްޗެއް ސޭވްވާނެ،" އޭނާ ވިދާޅުވި އެވެ.
އެސްއީޒެޑްގައި އިގްތިސާދީ މަސައްކަތްތައް ކުރުމަށް އެކުލަވާލި މައި ކުންފުނީގައި އެސްޓީއޯ ވެސް ބައިވެރިވެ އެވެ.
އެސްޓީއޯއިން ބަންކަރިން ހިދުމަތް ފެށުމަށް ވިޓޯލްއާ އެކު އެއްބަސްވުމެއްގައި ސޮއިކުރީ މިދިޔަ މަހުގެ ކުރީކޮޅު -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
މި ދެ ވިޔަފާރީގެ އިތުރުން އޮންލައިން ބޭންކިން ޕްރޮޖެކްޓަަށް ވެސް އެ ކުންފުނިން ވަރަށް ބޮޑު އިސްކަމެއްދޭ ކަމަށް އޭނާ ވިދާޅުވި އެވެ. ޝިމާދު ވިދާޅުވީ، ރާއްޖޭގައި ބޮޑަށް މިއޮތީ ރީޓެއިލް ބޭންކިން އާއި ކޯޕަރޭޓް ބޭންކިން ކަމަށާއި އިންވެސްޓްމެންޓް ބޭންކެއް ގާއިމްކުރުން އެސްޓީއޯ އަށް ވަރަށް މުހިންމު ކަމަށެވެ
އޭނާ ވިދާޅުވީ، އިންޓަނޭޝަނަލް ވިޔަފާރިތަކަށް ގޮސް، ބޭރު ފައިސާ ރާއްޖެއަށް ވަންނާނެ ގޮތްތައް ހޯދުމުގެ އިތުރުން ވާދަވެރި މާހައުލެއްގެ ތެރެއިން އެ ކުންފުނީގެ މާލީ ހާލަތު އިތުރަށް ރަނގަޅު ކުރަން ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމަށެވެ.
ބަންކަރިން އިން 1.5 މިލިއަންގެ އާމްދަނީ ލިބިއްޖެ
އިކޮނޮމިކްގޭޓްވޭގެ ފްރޭމްވޯކް އެއްބަސްވުމުގައި ސޮއިކޮށްފި
ހުރިހާ އަތޮޅެއްގައި އެސްޓީއޯގެ ރޭޓުން ތެޔޮ ވިއްކަނީ
"ބޯޓުތަކަށް ރަނގަޅު އަގެއްގައި ތެޔޮ ފޯރުކޮށްދެވޭނެ"
"ބަންކަރިންއަށް 20 މިލިއަން ޑޮލަރު އިންވެސްޓްކުރި"
ރާއްޖޭގައި އިންޓަނޭޝަނަލް ބަންކަރިންގެ ހިދުމަތް ފަށައިފި
އުތުރު ގޭޓްވޭގެ މައި އޮފީސް ހުޅުވައިފި
ފުރަތަމަ ހިދުމަތް ދެނީ "ވައިސީ ބެރިއާ" އަށް
ފެނަކައިގެ ޗެއާޕާސަނަކަށް ޝިމާދު އައްޔަންކޮށްފި
ބަންކަރިންއަށް ބޭނުންވާ ދެވަނަ ބޯޓު ވެސް ގެނެސްފި