10 އެޕްރީލް 2024
އާ މެނޭޖްމެންޓުން ކުންފުންޏާ ހަވާލުވި އިރު ފެނަކައިން އެސްޓީއޯއަށް 1.9 ބިލިއަން ރުފިޔާ ދައްކަން އެބަ އޮތް ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވެއްޖެ އެވެ.
އާ މެނޭޖްމެންޓުން ކުންފުންޏާ ހަވާލުވި އިރު ފެނަކައިން އެސްޓީއޯއަށް 1.9 ބިލިއަން ރުފިޔާ ދައްކަން އެބަ އޮތް ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވެއްޖެ އެވެ.
"މިހާރު" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ޝިމާދު ވިދާޅުވީ، މަގާމާ ހަވާލުވި އިރު ފެނަކައިން ދެ ބިލިއަން ރުފިޔާއާ ގާތަށް ތެލަށް ފައިސާ ނުދައްކާ ހުރި ކަމަށެވެ. އޭނާ ވިދާޅުވީ، އެސްޓީއޯއިން ފެނަކައަށް ތެޔޮ ވިއްކަމުން އަންނަނީ ހާއްސަ ރޭޓެއްގައި ކަމަށާއި އެހެންވެ އެ ފައިސާ ނުދެއްކޭނެ ސަބަބެއް ނެތް ކަަމަށެވެ.
"އަޅުގަނޑުމެންނަށް ދިމާވި އެންމެ ބޮޑު ޗެލެންޖަކީ ފެނަކައިން 2021 އިން ފެށިގެން ފައިސާއެއް ނުލިބޭ. ބަރާބަރަކަށް ނުލިބެނީއެއް ވެސް ނޫން. އަނެއްހެން ނުވެސް ދޭ. އެ ބޭފުޅުން ގަބޫލު ނުކުރައްވަނީ ކަންނޭނގެ ކަރަންޓު އުފައްދަނީ ތެޔޮ ބޭނުން ކޮށްގެން ކަމެއް. އަޅުގަނޑުމެން މުޅިން ޖެހެނީ ސަރުކާރުން ފައިސާ ހޯދަން،" އޭނާ ވިދާޅުވި އެވެ.
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު "މިހާރު" އާ ވާހަކަދައްކަވަނީ -- ފޮޓޯ: ނިޝާން އަލީ / މިހާރު
ޝިމާދު ވިދާޅުވީ، ފެނަކައިން ފައިސާ ނުދައްކާ އޮތުމުން އެކަމުގެ ދަތިތައް ކުރިމަތިވަމުންދާ ކަމަށެވެ. އާ މެނޭޖްމެންޓުން ފެނަކައާ ހަވާލުވެ، ކުރީގައި ހުރި ދަރަނިތައް އަދި އެއްކޮށް ނުދެއްކުނު ނަމަވެސް، ފަހުން ހޯދާ ތެލަށް ޕޭމަންޓުތައް ދައްކަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިހާރު އެޓްލީސްޓް، ނަގާ ތެލަށް ކޮންމެވެސް ވަރަކަށް ޕޭމަންޓް ހަދާ،" އޭނާ ވިދާޅުވި އެވެ.
އެ މައްސަލަ ފިޔަވައި އިތުރު އެއްވެސް މާލީ ދަތިކަމެއް އެސްޓީއޯ އަސް ނެތް ކަން ޝިމާދު ފާހަގަކުރެއްވި އެވެ.
ފެނަކައިން އެސްޓީއޯއަށް ފައިސާ ނުދައްކާ މައްސަލައާ ގުޅިގެން ކުރީ ސަރުކާރުގައި އެ ކުންފުނީގެ ހިންގަން ތިއްބެވި ބޭފުޅުން ވެސް ވަނީ އެ މައްސަލަ ފާހަގަކުރައްވައިފަ އެވެ. މިދިޔަ އަހަރު އޭޕްރީލްގައި އެ މައްސަލައާ ގުޅޭ ގޮތުން އެސްޓީއޯއިން އާންމުކުރި މައުލޫމާތުތަކުން އެނގޭ ގޮތުން އޭރު ވެސް ފެނަކައިން އެސްޓީއޯއަށް 1.8 ބިލިއަން ރުފިޔާ ނުދައްކާ އޮތެވެ.
އެސްޓީއޯއަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އާމްދަނީ އެންމެ ބޮޑު އެއް ކުންފުންޏެވެ. މިދިޔަ އަހަރު އެކުންފުންޏަށް ވަނީ 16 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފަ އެވެ. އަދި ފައިދާގެ ގޮތުގައި 820 މިލިއަން ރުފިޔާ ލިބުނެވެ.
ފެނަކައިގެ ޗެއާޕާސަނަކަށް ޝިމާދު އައްޔަންކޮށްފި
ފެނަކައަކީ ފައިދާވާ ކުންފުންޏަކަށް ހެދޭނެ: އެސްޓީއޯ
އެސްޓީއޯގެ ދަށަށް ފެނަކަ ބަދަލުކުރުން ހުއްޓާލައިފި
ފެނަކައިގެ ހާލަތު ރަނގަޅުކުރަން އެހެން ހައްލެއް ހޯދަނީ
އިކޮނޮމިކްގޭޓްވޭގެ ފްރޭމްވޯކް އެއްބަސްވުމުގައި ސޮއިކޮށްފި
ހުރިހާ އަތޮޅެއްގައި އެސްޓީއޯގެ ރޭޓުން ތެޔޮ ވިއްކަނީ
އެސްޓީއޯގެ ދަށަށް ފެނަކަ ބަދަލުކުރަނީ
އެސްއޯއީތަކުގެ ގެއްލުން 2 ބިލިއަނަށް ވުރެ މަތީގައި!
ފުރަތަމަ ކުއާޓަރުގައި އެސްޓީއޯ އަށް 235 މިލިއަން
އެސްޓީއޯ ރަނގަޅު ހާލަތުގައި، ދެން އޮތީ ފުޅާކުރުން