08 އެޕްރީލް 2024
ދައުލަތުން ގެއްލުމުގެ ބަދަލުގެ ގޮތުގައި 82 މިލިއަން ރުފިޔާ ހޭދަކޮށްފި އެވެ.
ދައުލަތުން ގެއްލުމުގެ ބަދަލުގެ ގޮތުގައި 82 މިލިއަން ރުފިޔާ ހޭދަކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން މިދިޔަ މަހުގެ 31 ގައި އާންމުކުރި މާލީ ތަފާސްހިސާބުތަކުން ދައްކާ ގޮތުން ވޭތުވެދިޔަ ތިން މަސް ތެރޭ ވަނީ ގެއްލުމުގެ ބަދަލަށް ކަނޑައެޅި ބަޖެޓުގެ 80 ޕަސެންޓް ހޭދަކޮށްފަ އެވެ.
މި އަހަރުގެ ބަޖެޓުގައި ބަދަލުގެ ގޮތުގައި ދޭން 101 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. މިދިޔަ އަހަރު ދައުލަތުން ވަނީ ބަޖެޓުކުރި އަދަދުގެ ފަސް ގުނަ، ބަދަލު ދިނުމަށް ހޭދަކޮށްފަ އެވެ. މިދިޔަ އަހަރު 101 މިލިއަން ރުފިޔާ ބަދަލު ދޭން ބަޖެޓު ކުރި އިރު އަހަރު ނިމުނު އިރު 557 މިލިއަން ރުފިޔާ ދީފައިވެ އެވެ.
ސަރުކާރުން ބަދަލުދީފައިވާ ފަރާތްތަކުގެ މައުލޫމާތު އޮޅުންފިލުވުމަށް މިދިޔަ ޖެނުއަރީ މަހު "މިހާރު"ން އެދުމުން ވަނީ ބަދަލު ދިން ފަރާތްތަކުގެ ނަމާއި އެ ފަރާތްތަކަށް ވަކިވަކިން ދޫކުރި އަދަދުތައް ހާމަ ނުކުރެވޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފަ އެވެ. އެ މިނިސްޓްރީން ބުނީ ބަދަލުދިން މުއާމަލާތްތަކަކީ ސިއްރު ހިފެހެއްޓުމުގެ އުސޫލުތަކުގެ ދަށުން ކުރިއަށް ގެންދެވޭ މުއާމަލާތްތަކަށް ވާތީ، އެ މައުލޫމާތު ހާމަކުރެވެން ނެތް ކަމަށެވެ.
ވޭތުވެދިޔަ ދިޔަ 13 އަހަރު ތެރޭ އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި ދައުލަތުން ހަރަދު ކުރީ 2.7 ބިލިއަން ރުފިޔާ އެވެ. އޭގެ ތެރެއިން 74 ޕަސެންޓް ދޫކޮށްފައި ވަނީ މިދިޔަ ފަސް އަހަރު އެވެ. މިދިޔަ ފަސް އަހަރު ބަދަލުގެ ގޮތުގައި ދެ ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.
ސަރުކާރުން ބަދަލުތައް ދޭންޖެހެނީ ސަރުކާރުން ވެފައިވާ އެއްބަސްވުންތައް ގާނޫނާއި ގަވާއިދާ ހިލާފަށް ބާތިލުކޮށްފައި ވުމުގެ ސަބަބުންނެވެ. އަދި ކޮންމެ އަހަރަކު ވެސް ބަޖެޓުކުރާ އަދަދަށް ވުރެ އިތުރަށް ބަދަލު ދޭން ހަރަދު ކުރެ އެވެ.
"އިގުތިސާދީ އިސްލާހީ ފިޔަވަޅުތައް ތަންފީޒު ކުރާނެ"
އަންނަ އަހަރު ހަރަދުން 6.6 ބިލިއަން ސަލާމަތް ކުރަނީ
އަންނަ އަހަރަށް ލަފާކުރާ ބަޖެޓު 64 ބިލިއަނަށް
ސަރުކާރުގެ ހިސާބުތައް އާންމުކުރަން ފަށައިފި
އަންނަ އަހަރުގެ ބަޖެޓު ހުށަހެޅުން ބުރާސްފަތި ދުވަހު
ކުންފުނިތަކުގެ ހަރަދު ކުޑަކުރަން ހަރުކަށި ފިޔަވަޅުތަކެއް
2.7 ބިލިއަން ކުޑަކުރަން އުނދަގޫވާނެ: އޮޑިޓް
ބަދަލުގެ ތަފްސީލު ހޯދަން މާލިއްޔަތު ކޮމިޓީން އެދިއްޖެ
ތަފާސްހިސާބު އާންމުނުކުރަނީ މައުލޫމާތު ފައިނަލް ކުރާތީ
ފިޔަވަޅުތަކުގެ ނަތީޖާ ރަނގަޅު، ހަރަދު ކުޑަވެއްޖެ