Roadha Mihaaru
އަނަންޔާ އާއި އަދިތުޔަ އެކުގައި އިޝްތިހާރެއް ކުޅެފި

އަނަންޔާ އާއި އަދިތުޔަ އެކުގައި އިޝްތިހާރެއް ކުޅެފި

30 މާޗް 2024

ސޯޝަލް މީޑިއާގައި މިހާރު އެންމެ ބޮޑު ސަމާލުކަމެއް ލިބެމުން އަންނަ ބޮލީވުޑްގެ ކަޕުލް، އަދިތިޔަ ރޯއީ ކަޕޫރާއި އަންނަޔާ ޕާންޑޭ އެކުގައި ފުރަތަމަ ފަހަރަށް އިޝްތިހާރެއް ކުޅެފި އެވެ.

ސޯޝަލް މީޑިއާގައި މިހާރު އެންމެ ބޮޑު ސަމާލުކަމެއް ލިބެމުން އަންނަ ބޮލީވުޑްގެ ކަޕުލް، އަދިތިޔަ ރޯއީ ކަޕޫރާއި އަންނަޔާ ޕާންޑޭ އެކުގައި ފުރަތަމަ ފަހަރަށް އިޝްތިހާރެއް ކުޅެފި އެވެ.

އެއީ އަނަންޔާ ބްރޭންޑް އެމްބަސެޑަރުކަން ކުރާ އަވިއައިނު އުފައްދާ ބްރޭންޑެއް ކަމަށްވާ ސްކޮޓް އައިވެއާގެ އިޝްތިހާރެކެވެ. މި އިޝްތިހާރާ އެކު އަދިތުޔަ އަކީ ވެސް އެ ބްރޭންޑްގެ އެމްބަސެޑަރަކަށް ވަނީ ހަމަޖައްސައިފަ އެވެ.

އަނަންޔާ ކުރިން މި ބްރޭންޑްގެ އިޝްތިހާރުތައް ކުޅެމުން އައީ ބޮލީވުޑްގެ އެކްޓަރު ސިދާތު މަލްހޯތުރާއާ އެކުގަ އެވެ. ސިދާތަކީ ވެސް މި ބްރޭންޑްގެ އެމްބަސެޑަރެކެވެ.

އަދިތުޔަ އާއި އަނަންޔާ ފުރަތަމަ ފަހަރަށް އެކުގައި އިޝްތިހާރެއް ކުޅުމުން ގިނަ ބައެއްގެ ސަމާލުކަން ވަނީ މި އިޝްތިހާރަށް ލިބިފަ އެވެ. އެ ދެމީހުން އެކުގައި އަދި ފިލްމެއް ވެސް ނުކުޅެ އެވެ. އަދި ޝޯއަކުން ވެސް އެކުގައި އަދި ނުފެނެ އެވެ.

އެ ދެމީހުންގެ މެދުގައި ލޯބީގެ ގުޅުމެއް އޮތަސް މިހާތަނަށް އަދި ދުވަހަކު ވެސް އެ ވާހަކަ އާންމު ތަނެއްގައި ނުދައްކަ އެވެ. ދެމީހުން އެކުގައި ޕާޓީތަކަށާއި ދަތުރުތަކުގައި ވެސް ދެ އެވެ.

އަދިތުޔަ އާއި އަނަންޔާގެ މެދުގައި ލޯބީގެ ގުޅުމެއް އޮތް ކަމަށް ބުނެ އެ އަޑުތައް އެންމެ ފުރަތަމަ ފެތުރުނީ 2022 ވަނަ އަހަރު ކްރިތީ ސެނޮންގެ ދިވާލީ ޕާޓީގައި ދެތަރިން އެކުގައި ފެނުނު ފަހުންނެވެ. އެ ވާހަކަ ވަރަށް ގަދައަށް ދެކެވެނިކޮށް، މިދިޔަ އަހަރު ދެތަރިން ވަނީ ސްޕެއިންގައި އޮތް ކޮންސެޓަކަށް ވެސް އެކީގައި ގޮސްފަ އެވެ.