Roadha Mihaaru
ރުބިއަލެސް ދެ އަަހަރަށް ޖަަލަށްލާން އެދިއްޖެ

ބޮސް ދިން މައްސަލާގައި ރުބިއަލެސް ދެ އަަހަރަށް ޖަަލަށްލާން އެދިއްޖެ

28 މާޗް 2024

މެޑްރިޑް (މާޗް 20) –އަންހެން ކުޅުންތެރިޔަކަށް ބޮސް ދިން މައްސަލާއިގައި، ސްޕޭނުގެ އެފްއޭގެ ކުރީގެ ރައީސް ލުއިސް ރުބިއަލެސް އަށް ދެ އަހަރާއި ބައިގެ ޖަލު ހުކުމެއް ކުރުމަށް ޕްރޮސިކިއުޓަރުން އެދިއްޖެ އެވެ.

އެވަރުގެ މުއްދަތަކަށް ރުބިއަލެސް ޖަލަށް ލުމަށް ހުކްމްކޮށް ދިނުމަށް ސްޕޭނުގެ ދައުލަތުގެ ވާކީލުން އެދުނީ ގާނޫނީ ގޮތުން ދެ ކަމެއް ފާހަގަ ކުރުމަށް ފަހު އެވެ.

އެއީ ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި އެއް އަހަރުގެ ޖަލު ހުކުމެއް އަދި މަޖުބޫރުން ޖިންސީ ގުޅުން ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި އިތުރު ދޮޅު އަހަރުގެ ހުކުމެއް ކޮށްދިނުމަށެވެ.

މިދިޔަ ސެޕްޓެމްބަރު މަހު އަންހެނުންގެ ވޯލްޑް ކަޕް ފައިނަލް މެޗަށް ފަހު ރުބިއަލެސް ވަނީ ސްޕޭނުގެ ކުޅުންތެރިޔާ ޖެނީ ހާމޯސޯ ކައިރިއަށް ގެނެސް ބޮސް ދީފަ އެވެ.

އެ މައްސަލައިގައި ޕްރެޝަރު ކުރުމުން މަގާމުން އިސްތިއުފާ ދޭން ވެސް ރުބިއަލެސް ފުރަތަމަ ވެސް ދެކޮޅު ހެދި އެވެ. އެކަމަކު އޭނާ އަށް ފިޔަވަޅު އަޅަން ސްޕޭންގެ ސަރުކާރުން ނިންމުމުން މަގާމުން އިސްތިއުފާ ދިނެވެ. މިހާރު އޭނާ ހުރީ ފީފާގެ ވެސް ސަސްޕެންޝަނެއްގަ އެވެ.