24 މާޗް 2024
އައިޖީއެމްއެޗް އިން ފަރުވާ ހޯދި ތުއްތު ކުއްޖެއް ގައިގައި ނެތް ބަލިތަކަކަށް ޑައިގްނޯސްކޮށް ނުބައި ބޭސްތަކެއް ދިން ކަމަށް ތުހުމަތު ކޮށްފި އެވެ.
އައިޖީއެމްއެޗް އިން ފަރުވާ ހޯދި ތުއްތު ކުއްޖެއް ގައިގައި ނެތް ބަލިތަކަކަށް ޑައިގްނޯސްކޮށް ނުބައި ބޭސްތަކެއް ދިން ކަމަށް ތުހުމަތު ކޮށްފި އެވެ.
ސޯޝަލް މީޑިއާގައި އެ ކުއްޖާގެ މަންމަ މިއަދު ކުރި ޕޯސްޓެއްގައި ބުނީ އުމުރުން ހަ ދުވަހުގެ ތުއްތު އަންހެން ކުއްޖާގައި ނެތް ގިނަ ބަލިތަކެއް ހުރި ކަމަށް އައިޖީއެމްއެޗް އިން ދިން ބޭސް ސިޓީގައި ލިޔެފައިވާ ކަމަށެވެ.
ނަމަވެސް ރިޕޯޓުތައް ލިބުނު އިރު އެފަދަ އެއްވެސް ބައްޔެއް ނެތް ކަމަށާއި އެ ހޮސްޕިޓަލަށް އެހެން ކުއްޖަކާ އޭނާގެ ދަރިފުޅާ އޮޅުނީ ކަމަށް އޭނާ ތުހުމަތު ކުރި އެވެ.
"ދަރިފުޅު ސިއްހަތު ރަނގަޅަށް ހުއްޓާ މި ހުރިހާ ދުވަހު އެންޓިބަޔޮޓިކް އެއް ދެމުން އައީ،" އޭނާ ބުންޏެވެ.
އެ ހޮސްޕިޓަލުން ދޫކޮށްފައިވާ ބޭސް ސިޓީތަކުގެ ފޮޓޯތަކުން ފެންނަ ގޮތުގައި ކުރިން އެ ކުއްޖާގެ ކްލަބް ފުޓް ނުވަތަ ފައިގެ މައްސަލަތަކެއް ހުރި ކަމަށް ބުނެފައި ވެ އެވެ. އެހެން ނަމަވެސް ފަހުން ދީފައިވާ ބޭސް ސިޓީގައި ވަނީ އެ ބައި އުނިކޮށްފަ އެވެ.
އެކަމާ ގުޅޭ ގޮތުން އައިޖީއެމްއެޗްގެ ބަހެއް އަދި ނުލިބެ އެވެ.
އިހުމާލުން ދަރިފުޅު މަރުވުމުން ދައުލަތުން ބަދަލު ދީފި
ގަދަކަމުން އެންޓިބަޔޮޓިކް ދޭން އުޅުނު ވާހަކަ ދޮގުކޮށްފި
ވިލިނގިލިން މާލެ ނުގެނެވި ލަސްވި ކުއްޖާ ނިޔާވެއްޖެ
މަރީގެ އާއިލާއަށް ލަފާދިނީ ގެއްލުމުގެ ބަދަލު ހޯދަން
މުއްދަތު ހަމަވި ވެކްސިން ޖެހި މުވައްޒަފުން ސަސްޕެންޑް
މުއްދަތުހަމަވި ވެކްސިން ޖެހި މީހުންނަށް ފިޔަވަޅު އަޅަނީ
ބަނަހަށް އެލާޖިކްވެ ހާލު ގޯސްވީ އިންޖެކްޝަން ދިންގޮތުން
މިޝްކާގެ ވަކިވުން: ގެއްލުނީ ޖަވާހިރެއް!
އެމްބިއުލާންސްގެ އިންތިޒާރުގައި ތިއްބާ ހޭނެތި، މަރު!
ދުވަސްނުފުރާ ވިހޭ ކުއްޖަކު މަރުވި މައްސަލަ ބަލަނީ