Roadha Mihaaru
މުއްދަތުހަމަވި ވެކްސިން ޖެހި މީހުންނަށް ފިޔަވަޅު އަޅަނީ

މުއްދަތު ހަމަވެފައި ވެކްސިން ޖެހި މައްސަލާގައި އިހުމާލުވާ މީހުންނަށް ފިޔަވަޅު އަޅާނަން: އައިޖީއެމްއެޗް

27 މެއި 2022

މުއްދަތު ހަމަވެފައި ހުރި ވެކްސިންތަކެއް ވިލިމާލޭ ހޮސްޕިޓަލުން ކުޑަކުދިންތަކެއްގެ ގަޔަށް ޖެހި މައްސަލާގައި އިހުމާލުވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް އައިޖީއެމްއެޗުން މިރޭ ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މުއްދަތު ހަމަވެފައި ހުރި ވެކްސިންތަކެއް ވިލިމާލޭ ހޮސްޕިޓަލުން ކުޑަކުދިންތަކެއްގެ ގަޔަށް ޖެހި މައްސަލާގައި އިހުމާލުވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް އައިޖީއެމްއެޗުން މިރޭ ބުނެފި އެވެ.

އައިޖީއެމްއެޗްގެ ދަށުން ހިންގާ ވިލިމާލޭ ހޮސްޕިޓަލްގައި ޖެހީ މިދިޔަ ޖެނުއަރީ މަހު މުއްދަތު ހަމަވެފައިވާ ވެކްސިންތަކެކެވެ. އެކަމަކު އެއީ ކޮން ކަހަލަ ވެކްސިނެއް ކަމެއް ސާފެއް ނުވެ އެވެ.

އައިޖީއެމްއެޗުން މިރޭ ނެރުނު ބަޔާނެއްގައިވަނީ އެ މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި އެޗްޕީއޭއާ ގުޅިގެން ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި އެކަމުގައި އިހުމާލުވާ ފަރާތްތަކާ މެދު އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށާއި އެފަދަ ކަމެއް ތަކުރާރު ނުވާނެ ގޮތަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމުގެ ޔަގީންކަން ދޭ ކަމަށް އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައިވާ ގޮތުން ވިލިމާލޭ ހޮސްޕިޓަލްގައި ވެކްސިން ޖެހުން ވަގުތީ ގޮތުން ހުއްޓާލައިފަ އެވެ.