Roadha Mihaaru
މާފުށީ ހިއްކި ބިމުން ރެކޯޑް އަގަކަށް ބިން ވިއްކަނީ

މާފުށީ ހިއްކި ބިމުން ރެކޯޑް އަގެއްގައި ބިން ވިއްކަން ހުޅުވާލައިފި

22 މާޗް 2024

ރާއްޖޭގައި ލޯކަލް ޓޫރިޒަމް އެންމެ ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ކ. މާފުށީގެ އަލަށް ހިއްކި ބިމުން ގޯތިތަކެއް ވިއްކަން ނިންމައި، ބިޑު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ރާއްޖޭގައި ލޯކަލް ޓޫރިޒަމް އެންމެ ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ކ. މާފުށީގެ އަލަށް ހިއްކި ބިމުން ގޯތިތަކެއް ވިއްކަން ނިންމައި، ބިޑު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މާފުށި ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ، އެ ރަށުގެ އަލަށް ހިއްކި ބިމުން ރަށުގެ ލޭންޑްޔޫސް ޕްލޭނާ އެއްގޮތަށް ހަ ގޯތި ވިއްކަން ބޭނުންވާ ކަމަށެވެ.

ވިއްކަން ހުޅުވައިލި ގޯތީގެ ސައިޒުތައް އުޅެނީ 1،961.42 އާއި 1،961.48 އަކަފޫޓާ ދެމެދުގަ އެވެ.

ކައުންސިލުގެ ބިޑު ޑޮކިޔުމަންޓުގައިވާ ގޮތުން، މާލެ ފިޔަވައި ބިމުގެ އަގު އެންމެ ބޮޑު މާފުށިން ވިއްކާ މި ހަ ގޯތީގެ ބީލަމުގެ އެންމެ ކުޑަ އަގަކީ އަކަފޫޓަކަށް 2،000ރ. އެވެ. މިއީ މާލެ ފިޔަވައި ރާއްޖޭގެ އެހެން ރަށަކުން ބިން ވިއްކާ އެންމެ ބޮޑު އަގެވެ.

ބީލަމުގައި ބައިވެރިވުމަށް ބިޑު ފޮތެއްގެ އަގު 30،000ރ. ގައި އުޅޭއިރު، ބިޑް ސެކިޔުރިޓީގެ ގޮތުގައި 100،000ރ. ބަހައްޓަންޖެހެ އެވެ.

ބިޑު ކާމިޔާބު ކުރާ ފަރާތްތަކުން 50،000ރ. ގެ އެޑްވާންސެއް ދައްކަންޖެހޭ އިރު، ބިޑު ކާމިޔާބުކުރާ ޖުމްލަ އަގު 30 ދުވަހުގެ ތެރޭގައި ކައުންސިލަށް ދައްކާ ހަލާސްކުރަންޖެހެ އެވެ.

ބިޑު ފޮތް ގަތުމުގެ ފުރުސަތު އަންނަ އާދިއްތަ ދުވަހުން ފެށިގެން އޭޕްރީލް 24 ގެ ނިޔަލަށް ހުޅުވާލެވޭ އިރު، ބިޑު ހުށަހެޅުން ހަމަޖަައްސާފައިވަނީ މެއި 5 ވަނަ ދުވަހަށެވެ.