Roadha Mihaaru
ބަންގްލަދޭޝް ލޭބަރުންގެ އަދަދު ހަތަރު މަސްތެރޭ ހަމަވާނެ

ބަންގްލަދޭޝް ލޭބަރުންނަށް ހުއްދަ ދިން ފަހުން 5400 ޕާމިޓު ދޫކޮށްފި، ހަތަރު މަސްތެރޭ ލިމިޓު ހަމަވެދާނެ!

20 މާޗް 2024

ބަންގްލަދޭޝް އިން ލޭބަރުން ރާއްޖެ ގެނައުމަށް އަލުން ހުއްދަ ދިން ފަހުން މިހާތަނަށް 5400 ވޯކްޕާމިޓް ދޫކޮށްފައިވާ ކަމަށާއި ކުރިއަށް އޮތް ހަތަރު މަސްތެރޭގައި ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް މަސައްކަތްތެރިންގެ އަދަދު ގާނޫނުގައި ބުނާ އަދަދު ހަމަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ބަންގްލަދޭޝް އިން ލޭބަރުން ރާއްޖެ ގެނައުމަށް އަލުން ހުއްދަ ދިން ފަހުން މިހާތަނަށް 5400 ވޯކްޕާމިޓް ދޫކޮށްފައިވާ ކަމަށާއި ކުރިއަށް އޮތް ހަތަރު މަސްތެރޭގައި ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް މަސައްކަތްތެރިންގެ އަދަދު ގާނޫނުގައި ބުނާ އަދަދު ހަމަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ބިދޭސީންގެ މައްސަލައިގައި ސުވާލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް މިނިސްޓަރު އިހުސާން ވަނީ ހާޒިރުކޮށްފަ އެވެ.

ބަންގްލަދޭޝް ލޭބަރުންގެ އަދަދާ ގުޅޭ ގޮތުން އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން އިހުސާން ވިދާޅުވީ، 17 ޑިސެންބަރުގައި އެ ހުއްދަ ދިން ފަހުން 5400 އެކްޓިވް ވޯކްޕާމިޓް ދޫކުރެވުނު ކަމަށާއި އޭގެ ތެރެއިން 4000 މީހުން ރާއްޖެ އައިސްފައިވާ ކަމަށެވެ.

މިނިސްޓަރުގެ ޖަވާބާ ގުޅިގެން މެދުހެންވެއިރު ދާއިރާގެ މެންބަރު އަލީ އާޒިމް ވަނީ ރާއްޖެއަށް ބަންލަދޭޝް މީހުން އަންނަ ވަރާ ބަލާއިރު، ގާނޫނުގައި ބުނާ އަދަދު ހަމަވާނެ ކަމަށް ލަފާ ކުރެވެނީ ކޮން އިރަކުންތޯ ސުވާލުކުރައްވައިފަ އެވެ.

ވަޒީފާއާ ބެހޭ ގާނޫނުގެ 65 ވަނަ މާއްދާގެ (ހ) ގައި ބުނާ ގޮތުން ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމަށްޓަކައި އެއް ގައުމަކުން އެންމެ ގިނައިން ރާއްޖެ އަށް ގެނެވޭނެ އަދަދަކީ 100،000 މީހުންނެވެ.

އިހުސާން ވިދާޅުވީ މިހާރު އޮތް ރޭޓުގައި ބަލާނަމަ ކުރިއަށް އޮތް ހަތަރު މަސް ދުވަހުގެ ނިޔަލަށް އަދަދު ހަމަވެދާނެ ކަމަށެވެ. އޭނާ ވިދާޅުވީ، އެ އަދަދަށް ނުގެންދިއުމަށްޓަކައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ޑީޕޯޓުކުރުމުގެ މަސައްކަތަކީ އެއް މަސައްކަތް ކަމަށެވެ.

އޭނާ ވިދާޅުވީ މަސައްކަތް ކުރަމުން އަންނަނީ މިހާރު އެ މީހުން އަންނަ ޓްރެންޑު ދަށްކުރުމަށް ކަމަށެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން -- ފޮޓޯ: މަޖިލިސް

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން -- ފޮޓޯ: މަޖިލިސް

އިހުސާން ވިދާޅުވީ، މިވަގުތު ބަންގްލަދޭޝަށް ދޫކުރެވިފައިވާ އެކްޓިވް ވޯކްޕާމިޓްގެ އަދަދަކީ ޖުމްލަ 135،049 ކަމަށެވެ.

"ރާއްޖެ އަދި ނާންނަ ޕާމިޓްތަކަކީ ވެސް އެކްޓިވް ޕާމިޓް، އެ ޕާމިޓެއްގެ ދަށުން ރާއްޖެ އައިސްފައިވާ އަނބުރާ ދޫކޮށް ގޮސްފައި އެ ކުންފުންޏަކުން ކެންސަލް ނުކުރާ ނަމަވެސް އެއީ އެކްޓިވް ޕާމިޓް،" އޭނާ ވިދާޅުވި އެވެ.

މީގެ ތެރެއިން ގަވައިދުން ފައިސާ ދައްކަމުން އަންނަ ވެލިޑް އެކްޓިވް ވޯކްޕާމިޓަކީ 39،004 އެއް ކަމަށާއި ބާކީ ހުރި ހުރިހާ ވޯކްޕާމިޓަކީ ގަވައިދާ ގަވައިދާ ހިލާފަށް އުޅޭ ބައެއް ކަމަށް ބެލެވިދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ނަމަވެސް މީގެ ތެރެއިން ގިނަ މީހުންނަކީ މިހާރު ރާއްޖެ ދޫކޮށްފައި ގޮސްފައިވާ ކަމަށް ބޯޑާ ކޮންޓްރޯލް ސިސްޓަމުން ދައްކާ ކަމަށް އިހުސާން ވިދާޅުވި އެވެ.