ހިނގަމުންދާ ހައްސާސް މައްސަލަތަކުގައި ހަގީގަތް ބެލުމެއް ނެތި އެކި ވާހަކަ ފަތުރަމުން ދާތީ ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
23 އެޕްރީލް 2025
ހިނގަމުންދާ ހައްސާސް މައްސަލަތަކުގައި ހަގީގަތް ބެލުމެއް ނެތި އެކި ވާހަކަ ފަތުރަމުން ދާތީ ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ އިތުރު ސުވާލުކުރުމުގެ ވަގުތުގައި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުސްތަފާ އިބްރާހިމް ވަނީ ނޫސްވެރިކަމުގެ ނަމުގައި ހަގީގަތާ ހިލާފު ވާހަކަ ފަތުރާތީ އެކަމާ މެދު ފިޔަވަޅު އެޅުމާ މެދު މިނިސްޓަރުގެ ހިޔާލަކީ ކޮބައިތޯ ސުވާލުކުރައްވައިފަ އެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން އިހުސާން ވިދާޅުވީ، މިނިވަން ނޫސްވެރިކަމަށް އެއްވެސް ގޮތެއްގައި ހުރަސް އެޅުމަކީ މި ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށާއި ވިސްނުން ހުރީ ތަންމިނަށް ހުޅުވާލައިގެން އެކަން ކުރިއަށް ގެންދަން ކަމަށެވެ.
ނަމަވެސް ގައުމުގައި ހިނގަމުން އަންނަ ބޮޑެތި ހައްސާސް މައްސަލަތަކުގައި ހަގީގަތް ބެލުމެއް ނެތި ވާހަކަތައް ފެތުރުމަކީ ކަންބޮޑުވުން އޮތް މައްސަލައެއް ކަމަށް އިހުސާން ވިދާޅުވި އެވެ.
އިހުސާން ވިދާޅުވީ މިފަދަ ވާހަކަތައް ފެތުރުމުގެ ސަބަބުން، ފުލުހުންގެ ތަހުގީގަށް ހޯދަން ޖެހޭ ތެދު މައުލޫމާތު ހޯދައި، ރައްޔިތުންނާ ހަމައަށް ހަގީގަތް ހާމަ ކުރެވޭ ހިސާބަށް ދާއިރު، އޮންނަނީ ލަސްވެފައި ކަމަށެވެ. އަދި، ނަތީޖާއެއްގެ ގޮތުން އެ ހާލަތުގައި ރައްޔިތުންގެ ތިބެނީ ވަކި އެއްޗެއް ގަބޫލުކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ފުލުހުންގެ ތަހުގީގުތަކުން މައުލޫމާތު ރައްޔިތުންނާ ހިސާބަށް ހާމަކުރެވޭ ވަރު ވެގެން އެ މައުލޫމާތު ހާމަކުރެވޭ އިރުގައި މިހާރު މިކަންކަން އޮންނަ ގޮތުން ސައްހަ ނޫން މައުލޫމާތު ފެތުރެމުން ފެތުރެމުން ގޮސް މި ތިބެނީ ވަކި އެއްޗެއް ގަބޫލުކުރާ ހާލަތުގައި،" އިހުސާން ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު އިހުސާން -- ފޮޓޯ: މަޖިލިސް
މިފަދަ ކަންކަމުގެ ސަބަބުން މައްސަލަތަކުގައި ވިކްޓިމް ވާ ފަރާތް ނުވަތަ ވިކްޓިމްގެ އާއިލާތަކުގެ ކަރާމާތް ވެސް ގެއްލިގެން ދާ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ކަމަށް ހައްލެއް ގެނައުމަށް މަޖިލީހުން ގާނޫނީ ހައްލެއް ގެނައުމަކީ މުހިންމު ކަމެއްގެ ގޮތުގައި ދެކޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އިހުސާން މި ވާހަކަ ދެއްކެވި އިރު މިދިޔަ ހުކުރު ދުވަހު، ހެންވޭރުގައި ހުންނަ ގުދަނެއްގެ ފުރާޅު މައްޗަށް ޒުވާން އަންހެނަކު ވެއްޓިފައި އޮއްވައި ފެނުނު ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އެކި ގޮތްގޮތަށް ދަނީ ވާހަކަތައް ފެތުރެމުންނެވެ.
އެ މައްސަލާގައި ކަން ހިނގި ގޮތް ސާފުކޮށް ދޭން ރޭ ސިއްރު ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވި ނަމަވެސް، އެ ވާހަކަތައް ގަބޫލުނުކުރެވޭ ކަމަށް ވެސް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
ނަމަވެސް، އިހުސާން ޖަވާބުގައި އިޝާރާތް ކުރެއްވީ ސީދާ މި މައްސަލައަށް ކަމެއް ސާފެއް ނޫނެވެ.
ޒުވާނާ ވެއްޓިފައި އޮއްވައި ފެނުނު މައްސަލާގައި މިހާތަނަށް އެޅި ފިޔަވަޅުތަކާ ގުޅިގެން މަޖިލީހުގެ މިއަދުގެ ޖަލްސާގައި މައިނޯރިޓީ ލީޑަރު އިބްރާހިމް ނާޒިލް ސުވާލުކުރެއްވި ނަމަވެސް، މިއަދުގެ މައުލޫއާ ނުގުޅޭ ސުވާލަކަށް ވާތީ އެ ސުވާލަށް ޖަވާބެއް ނުދެއްވަ އެވެ.
ޝަމްއާން ފްރޭމް ނުކުރާކަން ކަށަވަރު: އިހުސާން
މުއްދަތު ފަހަނައަޅައި ދިޔައިރު ދެ ވަޒީރުން ހާޒިރުނުކުރި
ފަޒްނާގެ ފޮޓޯގައި ގެންގުޅެނީ އެމްޑީޕީ ވޯޓާސް ލިސްޓު!
އިހުސާންގެ އިތުބާރު ނެތް ކަމަށް ފާހެއް ނުވި!
އިހުސާނަށްވުރެ ގާބިލް ހޯމް މިނިސްޓަރެއް ރާއްޖެ ނުދެކޭ
އޮފީހުގައި ސިޔާސީ މަސައްކަތެއް ދެން ނުކުރާނެ: އިހުސާން
ނުފޫޒު އޮތްނަމަ ކުރީގެ ވެރިން ތިބޭނީ ޖަލުގައި:އިހުސާން
އިހުސާންގެ މައްސަލަ ހޫނުވެ މީކާއިލް ތަޅުމުން ނެރެފި
"ބެސްޓިނެޓް މައްސަލާގައި އިހުމާލުވީ ކުރީ ސަރުކާރުން"
އިހުސާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ މާދަމާ