19 މާޗް 2024
ޒަކާތުގެ ކަންކަން ބެލެހެއްޓުމަށް މި ސަރުކާރުން އުފެއްދި އާ އިދާރާ، މޯލްޑިވްސް ޒަކާތު ހައުސް އިން އެހީގެ ގޮތުގައި މިދިޔަ މަހު 700،000 އަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފި އެވެ.
ޒަކާތުގެ ކަންކަން ބެލެހެއްޓުމަށް މި ސަރުކާރުން އުފެއްދި އާ އިދާރާ، މޯލްޑިވްސް ޒަކާތު ހައުސް އިން އެހީގެ ގޮތުގައި މިދިޔަ މަހު 700،000 އަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފި އެވެ.
ޒަކާތު ހައުސް އިން ވަނީ އެ އިދާރާގެ މިދިޔަ މަހުގެ ތަފާސްހިސާބުތައް އިއްޔެ އާންމުކޮށްފަ އެވެ.
އެ ތަފާސްހިސާބުތަކުގައިވާ ގޮތުން ފަގީރުންނާއި މިސްކީނުންނަށް ބޭސްފަރުވާގެ އެހީގެ ގޮތުގައި މިދިޔަ މަހު ވަނީ 740،805.79ރ. މުޅި ޖުމްލަ ހަރަދުކޮށްފައިވެ އެވެ. އެއީ 69 މީހުންގެ ބޭސްފަރުވާގެ ހަރަދެވެ.
- 30 ޕަސެންޓް ހަރަދުކުރީ ކެންސަރުގެ ބަލީގެ ފަރުވާއަށް
- 9.2 ޕަސެންޓް ހަރަދުކުރީ ލިވާ ޓްރާންސްޕްލާންޓަށް
- ދެ ޕަސެންޓް ހަރަދުކުރީ ހިތުގެ އޮޕަރޭޝަނަށް
- އިތުރު ދެ ޕަސެންޓް ހަރަދުކުރީ ސިކުނޑީގެ އޮޕަރޭޝަނަށް
- ބާކީ 57.1 ޕަސެންޓް ހަރަދުކޮށްފައި ވަނީ އެހެނިހެން ބޭސްފަރުވާއަށް
ޒަކާތު ހައުސް އިން ބުނީ މިދިޔަ މަހު ކޮށްފައިވާ ހަރަދުތަކުގެ ތެރޭގައި ޖެނުއަރީ މަހު އެހީ ހަމަޖެހިފައިވާ މީހުންގެ ހަރަދުތައް ވެސް ހިމެނޭނެ ކަމަށެވެ.
ހާއްސަ ހާލަތްތައް މެދުވެރިވެގެން ހާލުގައި ޖެހޭ މީހުންނަށް ޒަކާތު ފަންޑުން ދޭ އެހީގެ ގޮތުގައި މިދިޔަ މަހު 12،7500ރ. ދީފައިވެ އެވެ.
ޒަކާތު ހައުސް އިން އިސްލާމްދީން ކުރިއެރުވުމަށާއި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް އެކިއެކި ޕްރޮގްރާމްތައް ހިންގުމަށް މިދިޔަ މަހު 374،950.28ރ. ހަރަދުކޮށްފައިވެ އެވެ. އަދި އެ އިދާރާގެ މުވައްޒަފުންގެ މުސާރައަށް 192،432.81ރ. އަދި ޖަލްސާތަކާއި ސެމިނާތައް ބޭއްވުމަށް 93،761.61ރ. ހަރަދުކޮށްފައިވެ އެވެ.
މުދަލު ޒަކާތުގެ ގޮތުގައި 12 މިލިއަން ރުފިޔާ ބަހައިފި
މުދަލު ޒަކާތް ބަހަން ފަށައިފި، މީހަކަށް 4،000ރ.
ފަގީރުންގެ ދަފްތަރުގައި ތިބި މީހުންގެ އަދަދު މަދުވެއްޖެ
ޒަކާތު ފަންޑުން މިދިޔަ މަހު ބޭސްފަރުވާ އަށް މިލިއަނެއް
މިނިސްޓަރަށް ޒަކާތުން ވައްކަމެއް ނުކުރެވޭނެ: ޝަހީމް
ޒަކާތު ފަންޑުން ކެންސަރުގެ ފަރުވާއަށް ބޮޑު އެހީއެއް
ޒަކާތު ފަންޑުން ގާޒާއަށް 100،000 ޑޮލަރު
ޒަކާތުގެ ގޮތުގައި 1.6 މިލިއަން ރުފިޔާ ލިބިއްޖެ
"މުއިއްޒަކީ ރާއްޖެއަށް މިވަގުތަށް ލިބުނު ނިއުމަތެއް"
މޯލްޑިވްސް ޒަކާތު ހައުސް: ޒަކާތަށް ހާއްސަ އިދާރާއެއް