Roadha Mihaaru
އަހަރެމެން ނުހުއްޓުވޭނެ، ރަފަހްއަށް އަރާނެ: ނަތަންޔާހޫ

އަހަރެމެން ނުހުއްޓުވޭނެ، ރަފަހްއަށް އަރާނަން: ނަތަންޔާހޫ

18 މާޗް 2024

އިޒްރޭލުން ކުރިން ވެސް ނިންމާފައިވާ ގޮތަށް ޣައްޒާގެ ރަފަހް އަށް ސިފައިން އަރާނެ ކަމަށާއި ބައިނަލްއަގުވާމީ މުޖުތަމައުން ކިތަންމެ ޕްރެޝަރެއް ކުރިޔަސް އިޒްރޭލު ނުހުއްޓުވޭނެ ކަމަށް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އިންޒާރު ދީފި އެވެ.

އިޒްރޭލުން ކުރިން ވެސް ނިންމާފައިވާ ގޮތަށް ޣައްޒާގެ ރަފަހް އަށް ސިފައިން އަރާނެ ކަމަށާއި ބައިނަލްއަގުވާމީ މުޖުތަމައުން ކިތަންމެ ޕްރެޝަރެއް ކުރިޔަސް އިޒްރޭލު ނުހުއްޓުވޭނެ ކަމަށް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އިންޒާރު ދީފި އެވެ.

ޣައްޒާއަށް އިޒްރޭލުން ދެމުންދާ ހަމަލާތަކުން ސަލާމަތްވާން އާންމުންނަށް މިހާރު އޮތް ހަމައެކަނި ސަރަހައްދު ކަމަށްވާ ރަފަހް އަށް ސިފައިން އަރައިފި ނަމަ އިންސާނީ ބޮޑު ކާރިސާއެއް ކުރިމަތިވާނެ ކަމަށާއި އެކަން އެގޮތަށް ނުކުރުމަށް އިޒްރޭލުގެ އެކުވެރި އެމެރިކާ އާއި އދ. އަދި އެހީގެ އެކި ޖަމާއަތްތަކުން އަންނަނީ އިލްތިމާސްކުރަމުންނެވެ.

"އަހަރެމެންގެ ހަނގުރާމައިގެ މަގްސަދު ހާސިލްކުރުން ދުނިޔޭގެ އެއްވެސް ބާރަކަށް ނުހުއްޓުވޭނެ. އެއީ ހަމާސް ނައްތާލުމާއި ރަހީނުކޮށްފައި ތިބި އެންމެން ސަލާމަތްކުރުމާއި ޣައްޒާ އަކީ އިޒްރޭލަށް ނުރައްކަލެއް ނެތް ތަނެއްކަން ކަށަވަރުކުރުން،" އިއްޔެ އޮތް ކެބިނެޓް ބައްދަލުވުމެއްގައި ނަތަންޔާހޫ ބުންޏެވެ.

"މިކަން ހާސިލްކުރުމަށް، ރަފަހް އަށް ވެސް އަރާނެ."

މިހެން ބުނެފައި މި ވަނީ އިޒްރޭލުން ޣައްޒާއަށް ދޭ ހަމަލާތައް ހުއްޓުމަކަށް ގެނެވޭތޯ ގަތަރުގެ ވެރިރަށް ދޯހާގައި ސުލްހައިގެ ވާހަކަތައް އަލުން ފެށުމުގެ އިޝާރާތްތަކެއް ދީފައި ވަނިކޮށެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ޣައްޒާއަށް އިޒްރޭލުން ހަމަލާދެމުން ދާއިރު މިހާތަނަށް 31،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފަ އެވެ. މި ހަމަލާތަކުން ސަލާމަތްވާން ގިނަ މީހުން ގޮސް ތިބީ ރަފަހް ސިޓީގަ އެވެ. އެތަނުގައި މިލިއަނަކަށްވުރެ ގިނަ މީހުން ތިބި އިރު ސިފައިން އަރައި އަސްކަރީ ހަރަކާތްތައް ހިންގަން ފަށައިފި ނަމަ އެތައް ބަޔަކު މަރުވެދާނެ ކަމުގެ ބިރު އެބަ އޮތެވެ. -- އޭއެފްޕީ