Roadha Mihaaru
ޑޮލަރު ވިއްކަން އުޅުނު ބިދޭސީންތަކެއް އަތުލައިގެންފި

ބްލެކް މާކެޓްގައި ޑޮލަރު ވިއްކި ހަތް ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

14 މާޗް 2024

ބްލެކް މާކެޓްގައި ޑޮލަރު ވިއްކަމުންދާ ބިދޭސީންނާ ދެކޮޅަށް އޮޕަރޭޝަނެއް ފަށައި، މިހާތަނަށް ހަތް މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ބްލެކް މާކެޓްގައި ޑޮލަރު ވިއްކަމުންދާ ބިދޭސީންނާ ދެކޮޅަށް އޮޕަރޭޝަނެއް ފަށައި، މިހާތަނަށް ހަތް މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

އިމިގްރޭޝަނުން މިއަދު ނެރުނު ބަޔާނެއްގައިވަނީ ކަޅު ބާޒާރުގައި ޑޮލަރު ވިއްކަމުންދާ ބިދޭސީންނާ ގުޅޭގޮތުން އަންނަމުންދާ ޝަކުވާތަކާ ގުޅިގެން މިދިޔަ ހަފުތާގައި ހިންގި އޮޕަރޭޝަންގައި ބޭންކް އޮފް މޯލްޑިވްސްގެ ޑޮލަރު އޭޓީއެމް ކައިރިން ހަތް ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

އިމިގްރޭޝަންގެ ބަޔާނުގައިވާ ގޮތުން އެ ހަތް މީހުންނަކީ ވެސް ހުއްދަ ނެތި ޑޮލަރުގެ ވިޔަފާރިކުރި މީހުންނެވެ. އަދި އޭގެ ތެރޭގައި ސައްހަ ވިސާއެއް ނެތް މީހުންނާއި ވިސާގެ ހުއްދައިގެ ބޭރުން މަަސައްކަތްކުރާ ބިދޭސީން ވެސް ހިމެނެ އެވެ.

އެ ބަޔާނުގައިވާ ގޮތުން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށްފަހު ފުރުވާލުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް އެފަދަ އޮޕަރޭޝަންތައް ހިންގަން ފަށާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.