16 ޖެނުއަރީ 2018
ބިޒްނަސް ވިސާ އާއި ސްޕެޝަލް ވިސާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމް މާދަމާއިން ފެށިގެން އީމެއިލް މެދުވެރިކޮށް ހުށަހަޅަން ޖެހޭ ގޮތަށް މޯލްޑިވްސް އިމިގްރޭޝަނުން ހަމަޖައްސައިފި އެވެ.
ބިޒްނަސް ވިސާ އާއި ސްޕެޝަލް ވިސާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމް މާދަމާއިން ފެށިގެން އީމެއިލް މެދުވެރިކޮށް ހުށަހަޅަން ޖެހޭ ގޮތަށް މޯލްޑިވްސް އިމިގްރޭޝަނުން ހަމަޖައްސައިފި އެވެ.
އެ އިދާރާއިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެ ގެންނަ މީހުންގެ ވިސާ އެޕްލިކޭޝަން ފޯމާއި އެ ފޯމާއެކު ހުށަހަޅަން ޖެހޭ ލިޔުންތައް ރާއްޖެ އައުމަށް ހަމަޖެހިފައިވާ ތާރީޚުގެ ފަސް ދުވަސް ކުރިން އީމެއިލް ކުރަން ޖެހޭނެ ކަމަށެވެ. އީމެއިލް ފޮނުވަން ޖެހެނީ bv@immigration.gov.mv އަށެވެ.
އިމިގްރޭޝަނުން ބުނި ގޮތުގައި އީމެއިލް ފޮނުވުމުން، ވިސާ ގަބޫލު ކުރި ކަން ނުވަތަ ނޫން ކަން ބަޔާންކޮށް އެ އީމެއިލެއް މެދުވެރިކޮށް ޖަވާބު ލިބޭނެ އެވެ. އެކަމަކު، ފޯމާއެކު ހުށަހަޅަން ޖެހޭ ލިޔުންތައް ފުރިހަމަ ނުވާ ނަމަ ނުވަތަ ފޯމުގައި ބަޔާންކޮށްފައިވާ މައުލޫމާތު ފުރިހަމަނުވާ ނަމަ، އެޕްލިކޭޝަން ގަބޫލު ނުކުރާނެ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ.
ވިސާ ގަބޫލު ކުރި ކަމުގެ އީމެއިލް ލިބުމުން، އެ މީހަކު ރާއްޖެ އައުމުގެ އެއް ގަޑިއިރު ކުރިން ވިސާ އެޕްލިކޭޝަން ފޯމާއި އެ ފޯމާއެކު ހުށަހަޅަން ޖެހޭ ލިޔުންތަކުގެ އަސްލު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަ އިމިގްރޭޝަންގެ އޮފީހަށް ހުށަހަޅައި ވިސާ ފީ ދެއްކުމަށް އިމިގްރޭޝަނުން ވަނީ އެދިފަ އެވެ.
ދިގު މުއްދަތަކަށް ކުއްޔަށް އުޅޭ ނަމަ ވިސާ ދޭން އެދެފި
ވިސާގެ ޖޫރިމަނާ ދައްކަން ނުޖެހޭ މުއްދަތު އިތުރުކޮށްފި
ވިސާ ފީ ނުދެއްކުނު މީހުން ޖޫރިމަނާ ނުކުރަން ނިންމައިފި
ނުބައި މެޑިކަލް ރިޕޯޓަކުން ވިސާ ހައްދަން މީހަކު އުޅެފި
ބިދޭސީންނާ ގުޅޭ ކަންކަން އިކޮނޮމިކް މިނިސްޓްރީ އަށް
ބަންގުލަދޭޝް މީހުންގެ ވިސާ ރިޝްވަތުގެ ތެރެއިން؟
އިދިކޮޅު ހަރަކާތެއްގައި އުޅެފި ނަމަ ވިސާ ކެންސަލްކުރަނީ
ޓޫރިސްޓް ވިސާގައި މަސައްކަތް ކުރާތީ އިންޒާރު ދީފި
ބޯޑާ ކޮންޓްރޯލްގެ ސެކިއުރިޓީ ކޮމްޕްރޮމައިޒް ނުކުރާނަން
ބިދޭސީންގެ ފީއިން ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ހޯދައިފި